Roadha Mihaaru
ބްރެޒިލްގެ އުންމީދީ ޒުވާނާ އެންޑްރިކް ރެއާލް އަށް

ބްރެޒިލްގެ އުންމީދީ ޒުވާނާ އެންޑްރިކް 60 މިލިއަން ޑޮލަރަށް ރެއާލް އަށް

16 ޑިސެމްބަރ 2022

ސައޮ ޕޯލޯ (ޑިސެމްބަރު 16) - ބްރެޒިލްގެ ޕަލަމޭރަސް އަށް ކުޅެމުން އަންނަ އުމުރުން 16 އަހަރުގެ ފޯވޯޑް އެންޑްރިކް ފިލިޕޭ 60 މިލިއަން ޑޮލަރުގެ އަގަކަށް ރެއާލް މެޑްރިޑަށް ވިއްކާލަން ޕަލަމޭރަސް އިން އެއްބަސްވެއްޖެ އެވެ.

ސައޮ ޕޯލޯ (ޑިސެމްބަރު 16) - ބްރެޒިލްގެ ޕަލަމޭރަސް އަށް ކުޅެމުން އަންނަ އުމުރުން 16 އަހަރުގެ ފޯވޯޑް އެންޑްރިކް ފިލިޕޭ 60 މިލިއަން ޑޮލަރުގެ އަގަކަށް ރެއާލް މެޑްރިޑަށް ވިއްކާލަން ޕަލަމޭރަސް އިން އެއްބަސްވެއްޖެ އެވެ.

ޕަލަމޭރަސްގެ ޔޫތު މަރުހަލާގެ ތެރެއިން ތަމްރީންވި ސްޓައިކަރަކީ ކުރިމަގުގައި ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ކުޅުންތެރިޔެއް ކަމަށް ބްރެޒިލާއި ޔޫރަޕްގެ ފުޓްބޯޅަ ތަޖުރިކާރުން ވެސް ގަބޫލު ކުރެ އެވެ. އޭނާގެ ކުޅުމުގެ ސްޓައިލް އަޅާ ކިޔަނީ ބްރެޒިލްގެ ދެ ލެޖެންޑުން ކަމަށްވާ ރޮނާލްޑޯ އާއި ރޯމާރިއޯ އާއެވެ.

ސްޕެއިންގެ ނޫސް މާކާއިން ބުނީ އެންޑްރިކް އަކީ ރޮމާރިއޯ އާއި ރޮނާލްޑޯ އަށް ވުރެ ވެސް ހުނަރުވެރި މޮޅު ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ. ބްރެޒިލްގެ ލީގުގައި މިހާރު ވެސް އޭނާ ވަނީ ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ.

އެންޑްރިކް ރަސްމީކޮށް ރެއާލް އަށް ބަދަލު ވާނީ އޭނާ އަށް 18 އަހަރު ފުރުމުންނެވެ. ޖޫން 2024 ގައި ފަސް އަހަރުގެ އެއްބަސްވުމެއްގައި ރެއާލް އަށް އޭނާ ސޮއި ކުރުމަށް މިހާރު ވެސް ވަނީ ހަމަޖެހިފަ އެވެ.

އެންޑްރިކް އަކީ ބްރެޒިލްގެ ކުޅުންތެރިންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރެނީސް ރެއާލްއިން ސޮއި ކުރި ތިންވަނަ ކުޅުންތެރިޔާ އެވެ. ރެއާލްގެ މިހާރުގެ ތަރިންކަމަށްވާ ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރިގޯ ގޮއިސް އަކީ އުމުރުން 18 އަހަރު ނުވަނީސް ރެއާލް އަށް ބަދަލުވި ކުޅުންތެރިންނެވެ. އެކަމަކު އެ ދެ ކުޅުންތެރިން ވެސް ރެއާލް އަށް ސޮއި ކުރީ 18 އަހަރު ފުރުނު ފަހުންނެވެ.

ބްރެޒިލްގެ ނޭމާ ޖޫނިއާ 2013 ގައި ސޮއި ކުރަން ކުރި މަސައްކަތް ރެއާލް އަށް ކާމިޔާބު ނުވުމުން އެ ކްލަބުން ދަނީ ބްރެޒިލްގެ ޒުވާން ކުޅުންތެރިންނާ ހާއްސަ ސަމާލުކަމެއް ދީގެ ކުޅުންތެރިންނަށް ބަލުމުންނެވެ. ސްޕެއިންގެ ވިނީޝިއުސް އާއި ރޮޑްރިގޯ އަދި ލޯން އެއްބަސްވުމުގެ ދަށުން ޖިރޯނާ އަށް ކުލެމުން އަންނަ މިޑްފީްލޑާ ރެއިނިއާ ޖީސަސް އަކީ ވެސް ރެއާލްގެ ބްރެޒިލްގެ ސްކައުޓް މެދުވެރިކޮށް އެ ކްލަބުން ހޯދި ކުޅުންތެރިންނެވެ.