15 ޖެނުއަރީ 2017
މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށްތައް ޗައިނާއަށް ބޭނުން ނުކުރެވޭ ގޮތް ހެދިދާނެ ކަމަށް، އެމެރިކާގެ އާ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ހުށަހަޅާފައިވާ ރެކްސް ތިލާސަން ވިދާޅުވުމުން ޗައިނާގެ ދައުލަތުގެ މީޑިއާއިން އިންޒާރު ދީފި އެވެ.
މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށްތައް ޗައިނާއަށް ބޭނުން ނުކުރެވޭ ގޮތް ހެދިދާނެ ކަމަށް، އެމެރިކާގެ އާ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ހުށަހަޅާފައިވާ ރެކްސް ތިލާސަން ވިދާޅުވުމުން ޗައިނާގެ ދައުލަތުގެ މީޑިއާއިން އިންޒާރު ދީފި އެވެ.
ތިލާސަން އަށް ރުހުން ހޯދުމަށް ސެނެޓްގައި ބޭއްވި ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތިލާސަން ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި ރަށްތަކެއް ހެދުމަކީ ރަޝިޔާ އިން ޔުކްރެއިނާއި ކްރައިމިއާ ވަކިކޮށްލުން ފަދަ އަމަލެއް ކަމަށެވެ.
"އެންމެ ފުރަތަމަ ޗައިނާ އަށް ދޭނީ އެ ރަށްތައް ބިނާކުރުން ހުއްޓާލަން ޖެހޭނެ ކަމުގެ މެސެޖު. އޭގެ ފަހުން، އެ ރަށްތައް ޗައިނާއަށް ބޭނުން ވެސް ނުކުރެވޭނެކަން އަންގާނަން،" އަސްކަރީ ބޭނުމަށް ޗައިނާ އިން ހަދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ރަށްތަކުގެ މައްސަލައާ ބެހޭ ގޮތުން ކުރި ސުވާލުތަކުގެ ޖަވާބުގައި ތިލާސަން ވިދާޅުވި އެވެ.
ޜެކްސް ތިލަސަން ސެނެޓްގައި
މި މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕުގެ ސެކްރެޓަރީ އޮފް ސްޓޭޓް ތިލާސަންގެ މި ވާހަކަތަކާ ގުޅިގެން ޗައިނާގެ ނޫސްތަކުގެ އެޑިޓޯރިއަލްގައި އިންޒާރުގެ މެސެޖުތައް ދީފައިވެ އެވެ. އެގޮތުން، ޓެބްލޮއިޑް ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސްގައި ބުނެފައި ވަނީ ތިލާސަން އެ ވިދާޅުވާ ގޮތަށް ކަންތައް ކޮށްފި ނަމަ ބޮޑުވެގެންވާ ހަނގުރާމައެއް ފެށޭނެ ކަމަށެވެ.
އެކަމަކު ޗައިނާއިން ރަސްމީ ސިފައެއްގައި މިކަމާ ބެހޭ ގޮތުން މާބޮޑު ވާހަކައެއް ނުދައްކަ އެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ "އަމިއްލަ ސަރަހައްދުގައި އާންމުކޮށް ކުރާ ހުރިހާ ކަމެއް ވެސް ކުރަމުން ގެންދާނެ" ކަމަށެވެ. ރަށްތައް ބޭނުންކުރުމަށް ހުރަސް އެޅުމާ ބެހޭ ގޮތުން ސުވާލުކުރުމުން ތަރުޖަމާނު ވިދާޅުވީ ޚިޔާލީ ކަންކަމާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.
ޗައިނާއިން ފަޅުތައް ހިއްކައިގެން ހަދާފައިވާ ރަށްތަކުގައި އަސްކަރީ ވަސީލަތްތައް ގާއިމުކުރަމުންދާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކަ އެވެ. އެ ރަށްތައް ހަދާފައި ވަނީ އެކި ގައުމުތަކުން މިލްކުވެރިކަމަށް ދައުވާކުރާ ސަރަހައްދެއްގަ އެވެ.
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި
ކަނޑުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ ޒުވާބަކަށް
"ސައުތު ޗައިނާ ކަނޑަށް އަތްގަދަކުރުން ގާނޫނާޚިލާފް"
ސައުތު ޗައިނާ ކަނޑަށް އެމެރިކާގެ މަނަވަރެއް ވަދެއްޖެ
ޗައިނާގެ ރަށްތަކާ އެމެރިކާގެ މަނަވަރެއް ކައިރިކޮށްފި
ސައުތު ޗައިނާ ކަނޑުގެ މައްސަލާގައި އެމެރިކާގެ އިންޒާރެއް
ސައުތު ޗައިނާ ކަނޑުގެ ރަށާ އެމެރިކާ މަނަވަރެއް ކައިރިކުރަނީ
ޗައިނާއަށް ވަޑައިގަންނަވަން ޓްރަމްޕް ބޭނުންވޭ: ޓިލާސަން
އެމެރިކާއިން ސައުތު ޗައިނާ ކަނޑު ބަލަހައްޓަން ފަށައިފި
ޗައިނާ އިން ހިފެހެއްޓި ޑްރޯން އެމެރިކާއާ ހަވާލުކޮށްފި