19 ފެބުރުއަރީ 2017
ވޮޝިންޓަން (ފެބްރުއަރީ 19) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ކާލް ވިންސަން އިން ސައުތު ޗައިނާ ކަނޑު ޕެޓްރޯލް ކުރަން ފަށައިފި އެވެ.
ވޮޝިންޓަން (ފެބްރުއަރީ 19) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ކާލް ވިންސަން އިން ސައުތު ޗައިނާ ކަނޑު ޕެޓްރޯލް ކުރަން ފަށައިފި އެވެ.
މަނަވަރުގެ ފްލީޓަކާ އެކު ސައުތު ޗައިނާ ކަނޑު މޮނިޓާ ކުރަނީ، އެމެރިކާ އިން ބުނިގޮތުގައި، "އާދައިގެ މަތިން ހިންގާ އޮޕަރޭޝަނެއްގައި" ކަމަށެވެ. އެމެރިކާގެ މަނަވަރުތައް ސައުތު ޗައިނާ ކަނޑަށް ފޮނުވާފައި މި ވަނީ އެ ސަރަހައްދުގައި ޗައިނާގެ މިނިވަން ކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ޗައިނާގެ ފޮރިން މިނިސްޓްރީން އެމެރިކާ އަށް އިންޒާރުކޮށްފައި ވަނިކޮށެވެ.
ސައުތު ޗައިނާ ކަނޑުގެ ފަރުތައް ހިއްކައިގެން ޗައިނާ އިން ހަދާ ރަށްތައް އަސްކަރީ ކަންކަމަށް ބޭނުން ކުރަމުންދާ ކަމަށް އެމެރިކާ އިން ބުނޭ. --ފޮޓޯ:ރޮއިޓާސް
ދެކުނު ޗައިނާ ކަނޑުގެ ވަރަށް ގިނަ ޖަޒީރާތައް ޗައިނާ އިން ވަނީ މިލްކުކޮށްފަ އެވެ. ޗައިނާ ކަނޑުގައި ޗައިނާ އިން ދަނީ ރަށްތަކެއް ހިއްކާ އަސްކަރީ ކަންކަމަށް ބޭނުން ކުރަން ތައްޔާރުވަމުންނެވެ.
އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު އެންމެ ފަހުން ސައުތު ޗައިނާ ކަނޑަށް ދަތުރު ކުރީ މީގެ ދެ އަހަރު ކުރިންނެވެ. އެ ފަހަރު ވަނީ މެލޭޝިއާގެ ކަނޑުގެ ސިފައިންނާ އެކު ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ކާލް ވިންސަން މަނަވަރުގެ 35 އަހަރުގެ ތާރީޚުގައި ސައުތު ޗައިނާ ކަނޑުގެ ސަރަހައްދަށް ވަނީ 16 ދަތުރެއް ކޮށްފަ އެވެ.
އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު 20 ވަނަ ދުވަހު ވަޑައިގަތުމަށް ފަހު ވަނީ ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ބާރުގަދަ ކުރަމުންދާ ދިއުން ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި
ކަނޑުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ ޒުވާބަކަށް
"ސައުތު ޗައިނާ ކަނޑަށް އަތްގަދަކުރުން ގާނޫނާޚިލާފް"
ސައުތު ޗައިނާ ކަނޑަށް އެމެރިކާގެ މަނަވަރެއް ވަދެއްޖެ
ޗައިނާގެ ރަށްތަކާ އެމެރިކާގެ މަނަވަރެއް ކައިރިކޮށްފި
ސައުތު ޗައިނާ ކަނޑުގެ މައްސަލާގައި އެމެރިކާގެ އިންޒާރެއް
ސައުތު ޗައިނާ ކަނޑުގެ ރަށާ އެމެރިކާ މަނަވަރެއް ކައިރިކުރަނީ
ޗައިނާގެ ރަށްތަކަށް ހުރަސްނާޅަން އެމެރިކާއަށް އިންޒާރެއް
ޗައިނާ އިން ހިފެހެއްޓި ޑްރޯން އެމެރިކާއާ ހަވާލުކޮށްފި
ޗައިނާ އިން ހިފެހެއްޓި ޑްރޯން ދޭން އެއްބަސްވެއްޖެ