02 ޖުލައި 2017
ބެއިޖިން (ޖުލައި 2) - ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ވެރިކޮށްގެން އުޅޭ ރަށްތަކާ 12 މޭލަށް އެމެރިކާގެ މަނަވަރެއް މިއަދު ކައިރިކޮށްފި އެވެ.
ބެއިޖިން (ޖުލައި 2) - ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ވެރިކޮށްގެން އުޅޭ ރަށްތަކާ 12 މޭލަށް އެމެރިކާގެ މަނަވަރެއް މިއަދު ކައިރިކޮށްފި އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ތަމްރީނުތަކުގައި ޔޫއެސްއެސް ސްޓެތެމް މަނަވަރު ސައުތު ޗައިނާ ކަނޑުގެ ޓްރިޓޮން ރަށްތަކާ 12 މޭލަށް ކައިރި ކުރިއިރު ޗައިނާ އިން ބުނެފައި ވަނީ އެއީ އެ ގައުމުގެ ކަނޑުގެ ސަރަހައްދު ކަމަށެެވެ. ސައުތު ޗައިނާ ކަނޑުގެ ރަށްތަކަށް ޗައިނާ އިން ވެރިވެގަތް ނަމަވެސް އެމެރިކާ އިން އެކަން ބަލައިގެންފައެއް ނުވެ އެވެ. އެމެރިކާ އިން ބުނެފައި ވަނީ އެ ރަށްތައް ހިމެނެނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށާއި އެހެންވެ މިނިވަން ކަމާ އެކު ސަރަހައްދުގައި ދަތުރު ކުރެވޭނެ ކަމަށެވެ.
ސައުތު ޗައިނާ ކަނޑުގެ ތަމްރީނުތަކާ ބެހޭ ގޮތުން ޕެންޓަގަނުން ވަކި އެއްޗެއް ނުބުނެ އެވެ.
އެމެރިކާގެ މަނަވަރުތަކުން މީގެ ކުރިން ވެސް ވަނީ ޗައިނާ ކަނޑުގެ ރަށްތަކާ ކައިރިކޮށްފަ އެވެ. މެއި މަހު 24 ވަނަ ދުވަހު ވެސް އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް ވަނީ ސައުތު ޗައިނާ ކަނޑުގެ ރަށްތަކާ 12 މޭލަށް ކައިރިކޮށްފަ އެވެ. ޗައިނާ އިން އެ ފަހަރު ބުނެފައި ވަނީ އެ ގައުމުގެ ދެ މަނަވަރަކުން އިންޒާރު ދިނުމަށް ފަހު އެމެރިކާގެ މަނަވަރު ދުރަށް ޖައްސާފައިވާ ކަމަށެވެ.
އެމެރިކާ އިން މިއަދު ހިންގި އަސްކަރީ އޮޕަރޭޝަނުގައި ޗައިނާ ކަނޑުގެ ރަށްތަކާ ހަނގުރާމަމަތީ މަނަވަރެއް ކައިރިކުރުމާ ގުޅޭ ގޮތުން ޗައިނާ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި
ކަނޑުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ ޒުވާބަކަށް
"ސައުތު ޗައިނާ ކަނޑަށް އަތްގަދަކުރުން ގާނޫނާޚިލާފް"
ސައުތު ޗައިނާ ކަނޑަށް އެމެރިކާގެ މަނަވަރެއް ވަދެއްޖެ
ސައުތު ޗައިނާ ކަނޑުގެ މައްސަލާގައި އެމެރިކާގެ އިންޒާރެއް
ސައުތު ޗައިނާ ކަނޑުގެ ރަށާ އެމެރިކާ މަނަވަރެއް ކައިރިކުރަނީ
އެމެރިކާއިން ސައުތު ޗައިނާ ކަނޑު ބަލަހައްޓަން ފަށައިފި
ޗައިނާގެ ރަށްތަކަށް ހުރަސްނާޅަން އެމެރިކާއަށް އިންޒާރެއް
ޗައިނާ އިން ހިފެހެއްޓި ޑްރޯން އެމެރިކާއާ ހަވާލުކޮށްފި
ޗައިނާ އިން ހިފެހެއްޓި ޑްރޯން ދޭން އެއްބަސްވެއްޖެ