25 މެއި 2017
ބެއިޖިން (މެއި 25) - ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށަކާ އެމެރިކާގެ މަނަވަރެއް ކައިރި ކުރަން ފަށައިފި އެވެ.
ބެއިޖިން (މެއި 25) - ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށަކާ އެމެރިކާގެ މަނަވަރެއް ކައިރި ކުރަން ފަށައިފި އެވެ.
ބައެއް ފަރާތްތަކާ ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ބުނީ ޔޫއެސްއެސް ޑެވޭ މަނަވަރު ސައުތު ޗައިނާ ކަނޑުގެ ރަށާ 12 މޭލަށް ކައިރިކޮށްފައިވާ ކަމަށެވެ.
ސައުތު ޗައިނާ ކަނޑާއި އެ ކަނޑުގެ ހުރިހާ ޖަޒީރާތަކެއްގެ މިލްކުވެރިކަމާ މެދު ޗައިނާ އިން ދައުވާ ކުރެ އެވެ. އަދި ޗައިނާ އިން ވަނީ ބައެއް ފަޅުތައް ހިއްކާ އަސްކަރީ މަރުކަޒުތައް ގާއިމް ކުރަން ފަށައިފަ އެވެ. ސައުތު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު އެހެން ގައުމުތަކުން ވެސް ދައުވާ ކުރެ އެވެ.
އެމެރިކާ އިން ބުނެފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އެ ގައުމަށް ކޮންމެ އޮޕަރޭޝަނެއް ވެސް ހިންގޭނެ ކަމަށެވެ. އަދި ޗައިނާ ކަނޑުގެ ރަށްތަކުގެ މައްސަލާގައި އެއްވެސް ކޮޅަކަށް ބުރަ ނުވާ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ. އަދި ޗައިނާ ކަނޑަށް މަނަވަރުތައް މީގެ ކުރިން ފޮނުވާފައި ވަނީ ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމުގެ ތެރޭން ކަމަށް އެމެރިކާ އިން ބުނެ އެވެ.
ޗައިނާ ކަނޑުގެ ސަރަހައްދުން އެމެރިކާގެ މަތިންދާ ބޯޓަކަށް ޗައިނާގެ ޖެޓްތަކުން މި މަހު ކުރީކޮޅު ވަނީ ހުރަސް އަޅައިފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ އެ ސަރަހައްދުގައި މަތިންދާ ބޯޓު ދަތުރު ކުރީ ނޯތު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެ ސަރަހައްދުގައި ރޭޑިއޭޝަންގެ އަސަރު ހުރިތޯ ބަލަން ކަމަށެވެ.
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި
ކަނޑުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ ޒުވާބަކަށް
"ސައުތު ޗައިނާ ކަނޑަށް އަތްގަދަކުރުން ގާނޫނާޚިލާފް"
ސައުތު ޗައިނާ ކަނޑަށް އެމެރިކާގެ މަނަވަރެއް ވަދެއްޖެ
ޗައިނާގެ ރަށްތަކާ އެމެރިކާގެ މަނަވަރެއް ކައިރިކޮށްފި
ސައުތު ޗައިނާ ކަނޑުގެ މައްސަލާގައި އެމެރިކާގެ އިންޒާރެއް
އެމެރިކާއިން ސައުތު ޗައިނާ ކަނޑު ބަލަހައްޓަން ފަށައިފި
ޗައިނާގެ ރަށްތަކަށް ހުރަސްނާޅަން އެމެރިކާއަށް އިންޒާރެއް
ޗައިނާ އިން ހިފެހެއްޓި ޑްރޯން އެމެރިކާއާ ހަވާލުކޮށްފި
ޗައިނާ އިން ހިފެހެއްޓި ޑްރޯން ދޭން އެއްބަސްވެއްޖެ