03 ޖޫން 2017
ވޮޝިންޓަން (ޖޫން 3) - ސައުތު ޗައިނާ ކަނޑުގައި ޗައިން ހިއްކާފައިވާ ރަށްތައް އަސްކަރީ ގޮތުން ބޭނުން ކުރުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެމެރިކާ އިން އިންޒާރު ދީފި އެވެ.
ވޮޝިންޓަން (ޖޫން 3) - ސައުތު ޗައިނާ ކަނޑުގައި ޗައިން ހިއްކާފައިވާ ރަށްތައް އަސްކަރީ ގޮތުން ބޭނުން ކުރުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެމެރިކާ އިން އިންޒާރު ދީފި އެވެ.
ސިންގަޕޫރުގައި އޮތް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވިދާޅުވީ ޗައިނާ އިން އެފަދަ ގޮތަކަށް ކަންކުރާ ނަަމ ސަރަހައްދުގެ ހަމަޖެހުން ވެސް ގެއްލޭނެ ކަމަށެެވެ.
ސައުތު ޗައިނާ ކަނޑު ޗައިނާ އިން މިލްކުކޮށްގެން އުޅޭ އިރު އެ ކަނޑުގެ މިލްކުވެރިކަމާ އެކު ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ދައުވާ ކުރެ އެވެ. އެގޭ ތެރޭގައި ވިއެޓްނާމް، ފިލިޕީންސް، މެލޭޝިއާ އަދި ބުރޫނާއީ ވެސް ހިމެނެ އެވެ. ފިލިޕީންސް އިން ހުށަހެޅި މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހު އިންޓަނޭޝަނަލް ޓްރައިބިއުނަލަކުން ވަނީ ސައުތު ޗައިނާ ކަނޑަކީ ޗައިނާގެ މިލްކެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެ ނިންމުން ގަބޫލް ނުކުރާނެ ކަމަށެވެ.
"ހިއްކާފައިވާ ރަށްތަކުގައި އަސްކަރީ ގޮތުން ބާރުގަދަ ކުރުމާއި ގަދަ ބާރުން އެ ކަނޑުގެ މައްޗަށް ވެރިވެގަތުމާ އެމެރިކާ އިން ދެކޮޅު ހަދަން،" އަހަރަކު އެއްފަހަރު ބާއްވާ ޝަންގްރި-ލާ ޑައިލޮގް ފޯރަމްގައި މަޓިސް ވިދާޅުވި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ ސީނިއާ އެހެން އޮފިޝަލުން ވެސް ވިދާޅުވެފައި ވަނީ ސައުތު ޗައިނާ ކަނޑަކީ މުހިންމު ޝިޕިން ރޫޓަކަށްވާ އިރު އެ ތަނުގައި އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެފައި ސައުތު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާ އިން ޗައިނާ އަށް ދޭން ބޭނުންވާ ފުރަތަމަ މެސަޖަކީ ރަށްތައް ހެދުން ހުއްޓާލުމެވެ. ދެ ވަނަ މެސަޖަކީ އެ ރަށްތަކަށް ވެރިވެގަތުމުގެ ފުރުސަތު ނުދޭނެ ކަމެވެ. ރައްދުގައި ޗައިނާ އިން ބުނެފައި ވަނީ އެ ސަރަހައްދުގައި ޗައިނާގެ ހައްގު ދިފާއު ކުރުމުގައި ވަރުގަދަ އަށް ދެމިއޮންނާނެ ކަމަށެވެ.
ސިންގަޕޫރު ފޯރަމްގައި މަޓިސް ވަނީ ނޯތު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށް ޗައިނާ އިން ކުޅޭ ރޯލަށް ތައުރީފް ކުރައްވައިފަ އެވެ.
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި
ކަނޑުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ ޒުވާބަކަށް
"ސައުތު ޗައިނާ ކަނޑަށް އަތްގަދަކުރުން ގާނޫނާޚިލާފް"
ސައުތު ޗައިނާ ކަނޑަށް އެމެރިކާގެ މަނަވަރެއް ވަދެއްޖެ
ޗައިނާގެ ރަށްތަކާ އެމެރިކާގެ މަނަވަރެއް ކައިރިކޮށްފި
ސައުތު ޗައިނާ ކަނޑުގެ ރަށާ އެމެރިކާ މަނަވަރެއް ކައިރިކުރަނީ
އެމެރިކާއިން ސައުތު ޗައިނާ ކަނޑު ބަލަހައްޓަން ފަށައިފި
ޗައިނާގެ ރަށްތަކަށް ހުރަސްނާޅަން އެމެރިކާއަށް އިންޒާރެއް
ޗައިނާ އިން ހިފެހެއްޓި ޑްރޯން އެމެރިކާއާ ހަވާލުކޮށްފި
ޗައިނާ އިން ހިފެހެއްޓި ޑްރޯން ދޭން އެއްބަސްވެއްޖެ