19 މާޗް 2017
ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ޗައިނާއަށް ދަތުރެއްކުރެވޭނެ އިރެއްގެ އިންތިޒާރުގައި ކަމަށް، އެ ގައުމުގެ ހާރިޖީ ވަޒީރު ރެކްސް ޓިލާސަން، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ރޭ ދަންނަވައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ޗައިނާއަށް ދަތުރެއްކުރެވޭނެ އިރެއްގެ އިންތިޒާރުގައި ކަމަށް، އެ ގައުމުގެ ހާރިޖީ ވަޒީރު ރެކްސް ޓިލާސަން، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ރޭ ދަންނަވައިފި އެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުގައި ޓިލާސަން އާއި ޝީއާ ދެމެދު އޮތް ރަސްމީ ބައްދަލުކުރެއްވުމަށް ފަހު އޭނާ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ދެނެގަތުން މިހާރަށް ވުރެ ހަރުދަނާކުރައްވަން ރައީސް ޓްރަމްޕް ބޭނުންފުޅުވާ ކަމަށެވެ.
ވެރިރަށް ބީޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި އޮތް ބައްދަލުކުރެއްވުމަށް ފަހު ޝީ ވިދާޅުވި ގޮތުގައި ޓިލާސަންގެ ބައްދަލުވުމުން ފެނިވަޑައިގެންނެވި ކުރިއެރުމާ މެދު އޭނާ ހިތްހަމަޖެހިވަޑައިގަނެ އެވެ.
"ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަކީ ރަހުމަތްތެރިކަން ކަމަށް ވިދާޅުވުމުން އޭގެ އަގު އަޅުގަނޑު ވަޒަންކުރަން،" ޝީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެ ބައި މީހުން ވެސް ބަލަމުން މިދަނީ ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށް."
މިހާރު ފަށާފައިވާ ވާހަކަތަކުގެ މުހިންމުކަމާ މެދު ޓްރަމްޕް އަބަދުވެސް ވިސްނަވާ ކަމަށް ޓިލާސަން ވިދާޅުވި އެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު ޗައިނާ އަށް މި ވަޑައިގަތީ އުތުރު ކޮރެޔާގެ މިސައިލް މައްސަލާގައި އެމެރިކާ ރުޅިގަދަވެފައި ވަނިކޮށެވެ. އަދި ތައިވާނާ މެދު ޗައިނާ އިން ގެންގުޅޭ ސިޔާސަތުގެ މަތިން ފަރުވާލެއް ނުބަހައްޓަވައި، ޓްރަމްޕް އަމަލްކުރެއްވި ގޮތުން ޗައިނާގެ ހިތްހަމަނުޖެހުންތަކެއް ވެސް އޮތެވެ. އެކަމަކު ދެ ބޭފުޅުންގެ ވާހަކާގައި އެއިން އެއްވެސް މައްސަލައަކާ މެދު އެއްޗެއް ވިދާޅެއް ނުވެ އެވެ.
މިދިއަ ހުކުރުދުވަހު ޓްރަމްޕް ވަނީ، އުތުރު ކޮރެޔާގެ މައްސަލާގައި ޗައިނާ އިން ކަމެއް ނުކުރާތީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އޭނާގެ ޓްވީޓެއްގައި ވިދާޅުވި ގޮތުގައި "އުތުރު ކޮރެޔާގެ އަމަލްތައް ގޯހެވެ." އަދި އެމެރިކާއާ ކުޅެމުން އަންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށް ވެސް ލިއުއްވި އެވެ.
އެ މައްސަލާގައި އެމެރިކާ އަށް "ޗައިނާގެ އެހީތެރިކަން ނުހަނު ކުޑަ" ކަމަށް ވެސް ޓްވީޓްގައިވެ އެވެ.
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޗައިނާގެ އިތުރު ކޮންސިއުލޭޓްތައް ބަންދު ކުރަން ޖެހިދާނެ
ޗައިނާއަށް ވަޑައިގަތުމުގެ ދައުވަތު ޓްރަމްޕް ގަބޫލްކޮށްފި
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
އެކަތައިގެ ފާރަކަށް ޗައިނާގެ އަސްކަރިއްޔާ ހަދާނަން
އާ ގުޅުމެއްގެ އުންމީދުގައި ރައީސް ޝީ ސައޫދީ އަށް
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ރަތް ރޮނގު ހުރަސް ނުކުރަން ދެންނެވިން: ރައީސް ޝީ
ބައިޑެން އާއި ޝީ ބައްދަލުކުރައްވަނީ، އުންމީދު ކުޑަ