Roadha Mihaaru
މިންތީގެ ހަމަހަމަކަމާ ގުޅޭ މަޝްރޫއަކަށް ބޮޑު އެހީއެއް

މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ މަޝްރޫއަކަށް 153 މިލިއަން ރުފިޔާ

21 ޑިސެމްބަރ 2022

މިންތީގެ ހަމަހަމަކަން ނުވަތަ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް ދިވެހި ސަރުކާރުން ހިންގާ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާނުން 153 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިންތީގެ ހަމަހަމަކަން ނުވަތަ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް ދިވެހި ސަރުކާރުން ހިންގާ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާނުން 153 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި އެވެ.

ޖެންޑާ މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނި ގޮތުގައި އެ މަޝްރޫއަކީ އޭޑީބީގެ އެހީއާ އެކު ސަރުކާރުން ހިންގަމުން އަންނަ "ސްޓްރެންތެނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވް" އެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ބޭންކުން 7.5 މިލިއަން ޑޮލަރު (115 މިލިއަން ރުފިޔާ) އަދި ޖަޕާނު ސަރުކާރުން (38 މިލިއަން ރުފިޔާ) ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ދިވެހި ސަރުކާރުން ހިންގާ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާނުން ދޭ މާލީ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑިރެކްޓަރު ޑރ. ތިއާމް ހީ އެންޖީ އެވެ.

އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގަތެވެ.

ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނީ އޭޑީބީގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނާއި އާއިލާތަކަށް ރައްކާތެރިކަން ދިނުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ މަދުކުރުމަށާއި އިޖުތިމާއީ އަދި އިގުތިސާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ދިވެހި ސަރުކާރުން ހިންގާ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާނުން ދޭ މާލީ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

މި މަޝްރޫއަކީ މައިގަނޑު ފަސް ނަތީޖާއެއް ހާސިލުކުރުމަށް އަމާޒުހިފައިގެން ފަސް އަހަރަށް ބަހަލާއިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެއީ؛

1. މިންތީގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުން.

2. ޖެންޑާ ރެސްޕޮންސިވް ބަޖެޓިން ތައާރަފުކުރުން.

3. ބަޖެޓް އެކުލަވާލާއިރު ޖެންޑާ ރެސްޕޮންސިވް ބަޖެޓެއް ތައާރަފުކުރަން މުވައްޒަފުން ތަމްރީނުކުރުން.

4. އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތް ފޯރުކޮށްދޭނެ ދާއިރާގެ ގާބިލުކަން އިތުރުކުރުން.

5. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މަދުކޮށް އަނިޔާ ލިބޭ މީހުންނަށް އެހީތެރިވުމާއި އެ މީހުންނަށް ބޭނުންވާ ރައްކާތެރިކަން ދިނުމަށް ސޭފް ހައުސްތައް ހެދުން.

މި މަޝްރޫއުގެ ދަށުން ތިން ސޭފް ހައުސް ހަދަން ޕްލޭންކޮށްފައިވެ އެވެ. އެ ތަންތަން ހަދަނީ ރ. އަތޮޅާއި ހުޅުމާލެ އާއި އައްޑޫގަ އެވެ.