Roadha Mihaaru
އޭޑީބީން ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

އޭޑީބީން ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

02 ޑިސެމްބަރ 2021

ސިއްހީ ދާއިރާ އަށް ހޭދަކުރަން އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ދެ މިލިއަން ޑޮލަރުު (300 މިލިއަން ރުފިޔާ) ރާއްޖެ އަށް ހިލޭ ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސިއްހީ ދާއިރާ އަށް ހޭދަކުރަން އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ދެ މިލިއަން ޑޮލަރުު (300 މިލިއަން ރުފިޔާ) ރާއްޖެ އަށް ހިލޭ ދީފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ މިކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭޑީބީން ޖުމްލަ ލިބިފައި ވަނީ 2،050،000 ޑޮލަރެވެ. މީގެ ތެރެއިން ދެ މިލިއަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންގެ ހިލޭ އެހީ އެވެ. މި އެހީ ބޭނުން ކުރަނީ ގައިގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި ކާރިސާތަކުން އަރައިގަތުމަށެވެ.

ކޮވިޑާ ގުޅިގެން އޭޑީބީން މިހާތަނަށް ވަނީ 51 މިލިއަން ޑޮލަރު (786 މިލިއަން ރުފިޔާ) ރާއްޖެ އަށް ދީފަ އެވެ. މީގެ ތެރެއިން 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) އަކީ އޭޑީބީން ދީފައިވާ ލޯނެވެ.

ބޭރުގެ މާލީ އިދާރާތައް މެދުވެރިކޮށް ދައުލަތުން މިދިޔަ އަހަރުން ފެށިގެން އަންނަނީ އެހީތެރިކަން ހޯދަމުންނެވެ. މިހާތަނަށް 520 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) ބޭރުގެ އެކި އެކި މާލީ އިދާރާތުން ލޯނާއި ހިލޭ އެހީގެ ގޮތުގައި ހޯދާފައިވެ އެވެ. މީގެ ތެރެއިން ވެސް ސަރުކާރުން އެންމެ ބޮޑު އެހީތެރިކަމެއް ހޯދާފައިވަނީ އިންޑިއާ ސަރުކާރުންނެވެ. އެ ގައުމުން 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޯދާފައިވެ އެވެ.