މުވައްޒަފުންގެ ދަތިކަން ހައްލު ކުރުމަށާއި ކުދިންނާއި މީހުން ޓްރާންސްޕޯޓް ކުރުމަށް ބޭނުންވާ ވެހިކަލް ހޯދުމަށް އިތުރު 8.8 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
08 ނޮވެމްބަރ 2021
މުވައްޒަފުންގެ ދަތިކަން ހައްލު ކުރުމަށާއި ކުދިންނާއި މީހުން ޓްރާންސްޕޯޓް ކުރުމަށް ބޭނުންވާ ވެހިކަލް ހޯދުމަށް އިތުރު 8.8 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ޖެންޑާ އެ މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ 200 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެކަށީގެންވާ ބަޖެޓެއްތޯ ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ ޕްރޮގުރާމްތައް ހިންގުމަށް ބަޖެޓެއް ކަނޑައެޅި ނަމަވެސް އެ ކަންކަން ކުރާނެ އެކަށީގެންވާ މުވައްޒަފުން މިނިސްޓްރީގައި ނެތް ކަމަށެވެ.
ލާމަރުކަޒީ އުސޫލުން ރަށްރަށުގައި ހުރި މަސައްކަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާއިރު، މުވައްޒަފުންގެ ދަތިކަން ފާހަގަވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޔުމްނާ ވިދާޅުވިގޮތުގައި އިތުރު 84 މަގާމަކަށް މީހުން ބޭނުންވެގެން ހުށަހެޅި ނަމަވެސް މިހާރު ކަނޑައަޅާފައިވާ ބަޖެޓަށް ބަލައި އެލޮކޭޓް ކުރެވުނީ 52 މުވައްޒަފުންނެވެ. ބާކީ 32 މުވައްޒަފުންގެ މުސާރަ އާއި ކަންކަން ހަމަޖެއްސުމަށް 7.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން، 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާގުޅޭގޮތުން ކޮމިޓީގެ މައްސޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާތަކާ ބައްދަލުކުރުން pic.twitter.com/Vm72ZE3F1U
— People's Majlis (@mvpeoplesmajlis) November 8, 2021
ޖެންޑާ މިނިސްޓްރީއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ އަދި ހާއްސަ ރައްކާތެރިކަމެއް ފޯރުކޮށްދޭންޖެހޭ މީހުން ހިމެނޭ މުވައްސަސާއަކަށް ވާއިރު، ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެއްތަނުން އަނެއްތަނަށް ކުދިން ނުވަތަ މީހުން ގެންދިއުމުގައި ވެސް ގޮންޖެހުންތަކާ ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބަޖެޓު ސީލިންގަށް ފެއްތުމަށްޓަކައި ވެހިކަލްސް އަޅުގަނޑުމެން މިހާރު އިންނާނީ ނަގާފައި. އެއީ ޕްރޮގްރާމް ބަޖެޓަކަށް އަސްލު ބޮޑަށް ފޯކަސް ކޮށްގެން އެންމެ ރަނގަޅު ގޮތުގައި ޕްރޮގްރާމް ހިންގޭނެ ގޮތެއް އަޅުގަނޑުމެން ވެސް ބެލީ. އެހެން ނަމަވެސް މުވައްޒަފުންގެ ދަތިކަމާއި ވެހިކަލްގެ އިޝޫ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހަމަ ފާހަގަކުރެވޭ،" ޔުމްނާ ވިދާޅުވި އެވެ.
އެކަންކަން ހައްލުކުރުމަށް މިހާރު ކަނޑައަޅާފައިވާ 200 މިލިއަންް ރުފިޔާގެ ބަޖެޓުގެ އިތުރުން 8.8 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ޖެންޑާ މިނިސްޓްރީއަށް ދޭން އެންމެ ފުރަތަމަ ފިނޭންސް މިނިސްޓްރީން ކަނޑައަޅަން ނިންމީ 160 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ. ނަމަވެސް މަޝްވަރާކުރުމަށް ފަހު ޖެންޑާ މިނިސްޓްރީގެ އެދުމުގެ މަތިން އެ އަދަދު 190 މިލިއަނަށް އިތުރުކުރި އެވެ. އެންމެ ފަހުން ފިނޭންސުން ކަނޑައެޅީ ޖެންޑާ މިނިސްޓްރީ އަށް 200 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.
ކުދިންނަށް ފިޔަވަތީގެ ފުރާޅަށް ނޭރޭ ގޮތް ހަދަން އެދެނީ
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
ބޭނުންވެއްޖެނަަމަ އިތުރަށް ފައިސާ ޗާޕްކުރެވޭ ގޮތް ހަދަނީ