19 ސެޕްޓެމްބަރ 2021
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ބައިތިއްބާ "ފިޔަވަތީ"ގެ ފުރާޅުމައްޗަށް ނޭރޭ ގޮތަށް ހަދަން ޖެންޑާ މިނިސްޓްރީ އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ބައިތިއްބާ "ފިޔަވަތީ"ގެ ފުރާޅުމައްޗަށް ނޭރޭ ގޮތަށް ހަދަން ޖެންޑާ މިނިސްޓްރީ އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.
ފިޔަވަތީގައި މައްސަލަތައް ގިނަވެ، ބައެއް ކުދިން ބޭރަށް ނުކުމެ، އަދި ފުރާޅު މައްޗަށް އަރައި އެތާނގައި ކުދިން ބަލަން ތިބޭ މީހުންނަށް ނުކިޔަމަންތެރިކަން ދައްކާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ރޭގެ ވަގުތެއްގައި ވެސް ފިޔަވަތީގެ ފުރާޅުމަތީގައި އެތައް ގަޑިއިރެއް ވަންދެން ކުއްޖަކު އިން ފޮޓޯތައް ވަނީ އާންމުވެފަ އެވެ. މައްސަލަ ބޮޑުވެ މިިދިޔަ ހުކުރު ދުވަހު ވަނީ ފިޔަވަތީގައި އަލިފާން ވެސް ރޯކޮށްލައިފަ އެވެ.
މި މައްސަލަތަކާ ގުޅިގެން މަޝްވަރާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން، މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައިވާ ހަތަރު ރިޕޯޓެއް ދިރާސާކޮށްފަ އެވެ.
އެ ރިޕޯޓުތައް ދިރާސާކޮށް ނިމުނު އިރު ހަތަރު ކަމެއް ކޮމިޓީން ފާހަގަކުރި އެވެ.
ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ ފިޔަވަތީގައި އުޅޭ ކުދިންގެ ރީ އިންޓަގްރޭޝަން އަދި ފޮސްޓާ ކުރުމުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގަ ގޮސްފައި ނުވާ ކަމަށެވެ. އަދި އެކަމުގައި ލަސްތަކެއް ހުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ފިޔަވަތީގައި ތިބި ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިންގެ އުޅުމާއި ބިހޭވިއާއަށް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ޖީހާން ވިދާޅުވީ މަރުކަޒުގެ ޖާގަ އަށް ބަލައި ކުދިންގެ އަދަދު މި ވަގުތު ވަރަށް ގިނަ ކަމަށާއި މުވައްޒަފުންގެ އަދަދާއި އެތާނގައި ތިބި ކުދިންގެ އަދަދާ ނުބައްދަލު ކަމަށެވެ.
"ބައެއް ކުދިންނަށް ބޭނުންވާ ނަފްސާނީ ފަރުވާ ބޭނުންވާ ކުދިން އެ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި އެކަށީގެންވާ ވަގުތުގައި ފަރުވާ ފޯރުކޮށްދިނުމަށް ހުރި ދަތިތަކުގެ އަސަރު މިހާރު ހިނގަމުންދާ ހާދިސާތަކަށް ކޮށްފައިވޭ،" އޭނާ ފާހަގަކުރެއްވި އެވެ.
ހަތަރު ވަނަ ކަމަކަށް، ކުދިންގެ އުމުރަށް ބަލައި ކެޓަގަރައިޒޭޝަންގެ މައްސަލަތައް ގިނަ ކަމަށް ޖީހާން ވިދާޅުވި އެވެ. އެތާނގައި އެއް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިން މި ވަގުތު ތިބުމުގެ ސަބަބުން ނަފްސާނީ ބަލިތަކުގެ އަސަރާއި ނޭދެވޭ ބިހޭވިޔާގެ އަސަރު އެހެން ކުދިންނަށް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލަހައްޓާ މީހުންނަށް ކުދިން ރަނގަޅަށް ބަލަހައްޓަން އުނދަގޫވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ހާއްސަ ފަރުވާ އާއި ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިން އެބަތިބި. އެ މަރުކަޒެއްގައި އެކަންކަން ހަމަޖެހިފައި ނެތީމަ އާއި ޖާގައިގެ ދަތިކަން ހުރީމަ އެއް ތަނެއްގައި އެކުދިން ގެންގުޅުން އެއީ ޕޮސިބަލް ކަމެއް ނޫން،" ޖީހާން ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން--- ފޮޓޯ: މަޖިލިސް އިދާރާ
ރިޕޯޓުން ފާހަގަކުރެވުނު މައްސަލަތަކަށް ރިއާޔަތްކޮށް ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅުމަށް ކޮމިޓީން މިއަދުގެ ޖަލްސާގައި ރިކޮމެންޑޭޝަންސްތަކެއް ފާސްކުރި އެވެ.
އޭގެ ތެރޭގައި އެތައް ފަހަރަކު ފިޔަވަތީގެ ކުޑަކުދިން ފުރާޅަށް އަރައި އުޅޭތީ، ފުރާޅަށް އެކްސެސް ވެވޭގޮތަށް މިހާރު ހުރި ކަންތައްތައް ވީހާ ވެސް އަވަހަކަށް ހައްލުކުރަން މިހާރުން މިހާރަށް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅަން ކޮމިޓީން ނިންމުނ ހިމެނެ އެވެ.
ފިޔަވަތީގައި ހުރި އަލިފާން ނިއްވާ ފުޅިތައް އެކްސްޕަޔާ ވެފައިވާކަން ފާހަގަކޮށް އެކަން ހައްލުކުރަންޖެހޭ ކަމަށް ކޮމިޓީން ބުންޏެވެ. ހަމައެހެންމެ ކުދިންގެ ރިއިންޓަގްރޭޝަން ނުވަތަ ރަށްރަށަށް ބަދަލުކުރުން ލަސްވާ ސަބަބު ދެނެގަންނަން މިއަދު ޖެންޑާ މިނިސްޓްރީ އަށް ސިޓީ ފޮނުވާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.
ފިޔަވަތީގައި މައްސަލަ ބޮޑުވި ރޭ، ފުލުހުން އަމަލުކުރި ގޮތް ރަނގަޅުތޯ ބެލުމަށާއި، ހާދިސާ ހިނގައިގެން އުޅުނު ވަގުތު ހުޅުމާލޭގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު އެތާނގެ ތެރެއަށް ވަދެ ހަރަކާތްތެރިވި މައްސަލަ ބެލުމަށް އެލްޖީއޭ އަށް ހުށަހެޅުމަށް ވެސް ކޮމިޓީން މިއަދު ނިންމި އެވެ.
އިތުރު 8.8 މިލިއަންގެ ބަޖެޓެއް ބޭނުން: ޖެންޑާ
ކުދިންނަށް ފިޔަވަތީގެ ފުރާޅަށް ނޭރޭގޮތަށް ހަދައިފި
ޝުޖާއުގެ މަސައްކަތް ސަރުކާރަށް ހަޖަމެއް ނުވި
އެމްބިއުލާންސްގައި ގެންދިޔައީ ފަރުވާ ބޭނުންވާ ކުއްޖެއް
ޝުޖާއު ފިޔަވައްޗަށް ވަން މައްސަލަ ބަލަން ހުށަހަޅައިފި
ހިޔާގައި ހިނގާ ކަންކަން ބަލަން ހުށަހަޅައިފި
ކުއްޖަކު މަރާލި މައްސަލައިގެ ކޮމެޓީ ބައްދަލުވުން ސިއްރު
ކޮމިޓީގެ ނިންމުން ތަންފީޒު ކުރަން ނަޝީދު އަންގަވައިފި
ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް
ޖެންޑާގެ ދަށަށް އެންސްޕާ ބަދަލުކުރާ ބިލް ތަސްދީގުކޮށްފި