Roadha Mihaaru
ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލައިފި

12 ދުވަސް ފަހުން ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފި

21 ޑިސެމްބަރ 2022

ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދަން މިއަދު އިންޑިއާ އަށް ފޮނުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދަން މިއަދު އިންޑިއާ އަށް ފޮނުވާލައިފި އެވެ.

ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ، 29،ގެ މަރުގެ ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ އަބޫބަރު ފައިސަލަށެވެ. އެކަން ތަހުގީގުކުރަން އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުއްޓާ ދަންޖެހުމުން، ފަރުވާ ދެމުންދަނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ.

ނިޝާމާ މަރުވިތާ 11 ދުވަސް ފަހުން އޭނާގެ ހަށިގަނޑު ފޮނުވާލައިފައި ވާއިރު، ޕޯސްޓްމޯޓަމް ހަދަން ނުފޮނުވި ދިގުލައިގެން ދާތީ އާއިލާއިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެ އާއިލާއިން ވަނީ ޕޯސްޓްމޯޓަމް ހެދުމާ ދެކޮޅު ވެސް ހަދައިފަ އެވެ.

އެ އާއިލާއިން ބޭނުން ނުވި ނަމަވެސް އެއީ ޝައްކު ކުރެވޭ މަރަކަށް ވުމުން ފުލުހުން ބޭނުން ނަމަ ޕޯސްޓްމޯޓަމް ހެދޭނެ އެވެ.

ދިވެހިންގެ ޕޯސްޓްމޯޓަމް ހަދަނީ އިންޑިއާ އަށް ފޮނުވައިގެންނެވެ. މި އަހަރު އެކަނި ވެސް ތިން މީހެއްގެ ހަށިގަނޑު ފޮނުވައިގެން ޕޯސްޓްމޯޓަމް ވަނީ ހަދައިފަ އެވެ.