08 ޑިސެމްބަރ 2022
މިދިޔަ ހޯމަ ދުވަހު ދ. ރިނބުދޫން ފެނުނު ބޮލި ވަޅުގައި 80،000 އަށް ވުރެ ގިނަ ބޮލި ހުރި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ދ. ރިނބުދޫން ފެނުނު ބޮލި ވަޅުގައި 80،000 އަށް ވުރެ ގިނަ ބޮލި ހުރި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ބޮލިވަޅު ފެނިފައި ވަނީ އެ ރަށު ސިއްހީ މަރުކަޒުގެ އިރުމަތި ފަރާތުން، ފެނާއި ނަރުދަމާ ހޮޅި ވަޅުލުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ރިނބުދޫ ކައުންސިލުގެ ރައީސް އަހުމަދު އިގްބާލް އަބްދުލްގައްޔޫމް "މިހާރު" އަށް ވިދާޅުވީ އެ ދުވަހު އެ ރަށު ކައުންސިލުން އެކަން ހެރިޓޭޖް މިނިސްޓްރީއަށް އަންގައި އެ މިނިސްޓްރީގެ އެދުމުގެ މަތިން ބޮލިތައް ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"އެ ދުވަހު އެތަނުން ބޮލިތައް ނެގިއިރު ހުރީ ވެއްޔާ އެއްވެ ގިނަ ދުވަސް ވެފައި. ހިލަވެލި އަޅާ ގޯނީގެ ދެ ގޯންޏާއި ބައި ފުރާ ބޮލި ނެގުނު،" އޭނާ ވިދާޅުވި އެވެ.
ރިނބުދޫން ފެނުނު ބޮލިވަޅުން ނެގި ބޮލިތައް ޓައްޕަކަށް އަޅާފައި.-- ފޮޓޯ: ކައުންސިލް
އެ ބޮލިތައް ދޮވެ ސާފު ކުރުމަށް ފަހު މިއަދު ގުނާ ނިމިފައިވާ ކަމަށާއި ޖުމުލަ 84،919 ބޮލި ހުރި ކަމަށް އިގްބާލް ވިދާޅުވި އެވެ.
އެ މަސައްކަތުގައި ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުންނާއި ރިނބުދޫގެ ޑަބްލިއުޑީސީގެ މެމްބަރުންނާއި އާންމުން ވެސް ބައިވެރިވި އެވެ.
ސަތާރަ ވަނަ ގަރުނުގައި އޭޝިއާ ބައްރުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައީ ދިވެހި ބޮއްޔެވެ. މީލާދީން 1،248، ހިސާބުގައި ރާއްޖެ އަށް ދަތުރުކުރެއްވި އިބުނު ބަތޫތާ، އޭނާގެ ސަފަރު ނާމާގައި ވެސް އެ ވާހަކަ ލިޔުއްވާފައިވެ އެވެ.
ބޮލި ގުމުގައި އެ ރަށު ޑަބްލިޔުޑީސީ މެމްބަރުން ހަރަކާތްތެރިވަނީ: އެ ރަށުން ފެނުނު ބޮލިވަޅުން ވަނީ ދެ ގޯންޏައި ބައި ގެ ބޮލި ނަގާފައި.-- ފޮޓޯ: ކައުންސިލް
ދިވެހިން ފައިސާގެ ގޮތުގައި ބޭނުންކުރި ބޮއްޔަށް ރަސް ބޮއްޔޭ ވެސް ކިޔައި އުޅުނެވެ. ރިނބުދޫން ފެނިފައި ވަނީ ވެސް އެ ބާވަތުގެ ބޮއްޔެވެ. އެއީ މަނީކައުރީ (ސިޕްރިއާ މޮނެޓާ) ބޮއްޔެވެ.
ރިނބުދު އަކީ އެ ޒަމާނުގައި ރަސްބޮލި ނަގާ ރަށް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ބޮއްޔެއް ކަމަށް ވެސް މީހުން ބުނެ އެވެ.
އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ހަދަން ސޮއިކޮށްފި
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
އިހުގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތް ފަށައިފި
ގައުމިއްޔަތު ދިރުވަން އިތުރު ތިން އިދާރާ އުފައްދަނީ
މިނިވަން ދުވަހަށް ގަތާ ޓޭލްސް
އީދު ފާހަގަކުރުން ގޯހުން ގޯހަށް، ހަމައެއްލަމައެއް ނެތް
ދަނގެތީގެ މަރުހަބާ މާ ބޮޑަށް ވެސް ތަފާތު!
ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެ
ފާޑުކިޔަން ފެށުމުން މެދުޒިޔާރަތުގެ ދިދަ ބާލައިފި