Roadha Mihaaru
އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ހަދަން ސޮއިކޮށްފި

އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ހަދަން ސޮއިކޮށްފި

30 ސެޕްޓެމްބަރ 2024

ރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް، އުފެއްދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށް ޒުވާނުން ސަގާފީ ކަންކަމަށް ހޭލުންތެރިކުރުވަން އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ގާއިމްކުރަން ޕޮލިޓެކްނިކާ އެކު ސޮއިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް، އުފެއްދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށް ޒުވާނުން ސަގާފީ ކަންކަމަށް ހޭލުންތެރިކުރުވަން އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ގާއިމްކުރަން ޕޮލިޓެކްނިކާ އެކު ސޮއިކޮށްފި އެވެ.

އެ ސެންޓަރު ހިންގަން ހަމަޖައްސާފައި ވަނީ ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާއި ޕޮލިޓެކްނިކް ގުޅިގެންނެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ސެންޓަރާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވައި، ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާ އަދި ޖަމާއަތްތަކާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ތަން ހެދުމަށް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސިއީއޯ، ދޫޝާން ކަމާލުއްދީނެވެ. އަދި ބީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ސްޓްރެޓެޖިކް އޮފިސަރު މަރްޔަމް ނަޝާ އެވެ.

ދިވެހިބަހާއި އަދަބިއްޔަތާއި ތާރީހާއި ސަގާފަތާއި ތަރިކަ ދިރުވައި އާލާކުރުމުގެ އިތުރުން އެ ދާއިރާތަކުން އިގްތިސާދީ ނަފާ ހޯދުމަށް މަސައްކަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ސަލްޓަންޕާކުގައި ހުންނަ ތާރީހީގެ، އުސްގެކޮޅުގައި ދާރުލްއާސާރެއް ހެދުމަށް ވެސް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.