02 ޑިސެމްބަރ 2022
އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިއުމުގެ ސަބަބުން ސަސްޕެންޑްކުރި ސ. މީދޫ ޚަތީބު މުހައްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިއުމުގެ ސަބަބުން ސަސްޕެންޑްކުރި ސ. މީދޫ ޚަތީބު މުހައްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ރަޝީދު ސަސްޕެންޑްކޮށް، އޭނާ އިމާމުވެ ނަމާދު ކުރުން ވަގުތީގޮތުން މަނާކުރީ ހުތުބާއަށް އުނި އިތުރު ގެނެސްގެންކީ ކަމަށް ބުނެ އެވެ. ބަދަލު ގެނައި ކަމަށް މިނިސްޓްރީން ނިންމީ ދިވެހި ބަހުގެ ރަސްމީ ބަހުރުވައިން ލިޔެފައި އޮތް ހުތުބާ އައްޑޫ ބަހުރުވައިން ކިއުމުންނެވެ.
އިސްލާމިކް މިނިސްޓްރީން އަންގައިގެން އައްޑޫ ސިޓީ ކައުންސިލުން އެ ޚަތީބަށް ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ މަސްޖިދު އިބްރާހިމް މަޖުދުއްދީނުގައި އޭނާ އިމާމުވެ ހުކުރު ނަމާދުކުރީ ރާއްޖޭގައި އިމާމުވެ. ހުކުރު ނަމާދާއި އީދު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލާ ހިލާފަށް ކަމަށެވެ.
އެ އުސޫލާ ހިފާލުވެފައިވާތީ، މިނިސްޓްރީގެ އެންގުމުގެ މަތިން، އޭނާ އިމާމުވެ ނަމާދުކުރުން ވަގުތީގޮތުން މަނާކޮށް، މިނިސްޓްރީން އޭނާއަށް ނަސޭހަތްތެރިވާނެ ކަމަށް އެންގި އެވެ. އަދި އެކަން ތަކުރާރުކޮށްފި ނަމަ، އޭނާއަށް ދީފައިވާ ހުއްދަ ބާތިލުކުރާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެކަމަކު ދެ މަސް ފަހުން، މީދޫގެ މަސްޖިދު އިބްރާހިމް މަޖުދުއްދީނުގެ އިމާމުގެ ސަސްޕެންޝަން އުވާލާފައިވާތީވެ އޭނާ ވަނީ މިއަދުގެ ހުކުރު ނަމާދު އިމާމުވެ ކޮށްފަ އެވެ.
އެ ޚަތީބު ހުކުރު ހުތުބާ ކިޔާފައިވަނީ ގުރުއާނާއި ހަދީސްތަކާއި އޭގެ މާނައަށް ބަދަލެއް ނުގެނެސް ހުތުބާގައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވައަށް ބަދަލުކޮށްގެންނެވެ.
އައްޑޫ މިސްކިތްތަކަށް 1.5 މިލިއަން ރުފިޔާ
ހިތަދޫގައި އިސްލާމިކް ސެންޓަރު އަޅަން ފަށައިފި
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުން ސަސްޕެންޑްކޮށްފި
ނަމާދު ޖަމާއަތް ނުހެދުމުގެ ނިންމުން އިތުރު ހަފުތާއަކަށް
މި ރެއިން ފެށިން އައްޑޫގައި ކާފިއު ހިންގަނީ
ޖަމާއަތުގައި ނަމާދުކުރުން އައްޑޫގައި މެދުކަނޑާލަނީ
އައްޑޫގައި ފަގީރުންގެ ގޮތުގައި 1،031 މީހަކު
އައްޑޫގައި ވެސް ޒަކާތް ބަލައިގަތުން އޮންލައިންކޮށް
އައްޑޫ، ފުވައްމުލަކުގައި ވެސް މިސްކިތްތައް "ބަންދު"