24 އެޕްރީލް 2020
އައްޑޫގައި ވެސް އޮންލައިންކޮށް މާދަމާ އިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫގައި ވެސް އޮންލައިންކޮށް މާދަމާ އިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެތަނުން ބުނި ގޮތުގައި ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ މާދަމާ އިން ފެށިގެން، އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އާ ހަމައަށެވެ.
ކައުންސިލުން ބުނީ ފިތުރު ޒަކާތަށް ދައްކާ ފައިސާ ޖަމާކުރާނީ 1277-Kharadhu 2 ގެ ނަމުގައި ހުޅުވާފައިވާ 7708700341004 އެކައުންޓް ނަމްބަރަށް ކަމަށެވެ. އަދި ފައިސާ ޖަމާކުރުމަށް ފަހު ސްލިޕް ވައިބަކުރެވޭނެ ނަމްބަރުތަކެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ސްލިޕް ފޮނުވާ އިރު ފައިސާ ދެއްކި މީހުންގެ އަދަދާއި، ރޭޓް އަދި ފައިސާ ދެއްކި މީހާގެ ނަމާއި އެޑްރެސް ހިއްސާކުރަން ޖެހެ އެވެ.
ސްލިޕް ފޮނުވަން ޖެހޭ ނަމްބަރުތަކަކީ ހިތަދޫ އަވަށް 9494495، މަރަދޫ އަވަށް 7900621، މަރަދޫ ފޭދޫ އަވަށް 7651634، ފޭދޫ އަވަށް 7902809، ހުޅޫދޫ އަވަށް 7938600 އަދި މީދޫ އަވަށް 7842725 އެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެ ބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) އެ އަވަށެއްގައި 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެ އަދަދަށްވާ އަގެވެ.
* އާދައިގެ ހަނޑުލުން ނަމަ މީހަކަށް 12ރ.
* ތައިލެންޑް ހުދު ހަނޑުލުން ނަމަ މީހަކަށް 31ރ.
* ބާސްމަތީ މޮޅު ހަނޑުލުން ނަމަ މީހަކަށް -55ރ.
* ރަތްހަނޑުލުން ނަމަ މީހަކަށް 62ރ.
* އާދައިގެ ފުށުން ނަމަ މީހަކަށް 9ރ.
މި ރެއިން ފެށިން އައްޑޫގައި ކާފިއު ހިންގަނީ
އައްޑޫގައި ފަގީރުންގެ ގޮތުގައި 1،031 މީހަކު
އައްޑޫގެ އާބާދީ 35،000 އަށް އަރަނީ
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އާ އަހަރާއެކު އައްޑޫގައި ކޮވިޑް ކޭސްތައް މައްޗަށް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އައްޑޫ ކޮވިޑް: މަރަދޫގެ ކޭސްތައް އިތުރުވަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް