30 ނޮވެމްބަރ 2022
އައިއެމްޓީއެމުން އިންތިޒާމުކުރާ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމްގެ ތިން ވަނަ އެޑިޝަން މި އަހަރު ބާއްވަން ވަނީ ނިންމާފަ އެވެ. އައިއެމްޓީއެމްގެ އެ ފޯރަމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެކި ސްޓޭކް ހޯލްޑަރުންނާ ގުޅައިދީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ތަރައްގީކުރުމަށް މުހިންމު މަޝްވަރާތަކަކާއި ބަހުސްތަކެއް ކުރާ ފޯރަމެކެވެ. އެ ފޯރަމުގައި ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި އިޖުތިމާއީ، އިގްތިސާދީ އަދި ތިމާވެށީގެ މައްސަލަތަކާ މެދު މަޝްވަރާކުރެވޭނެ އެވެ.
އައިއެމްޓީއެމުން އިންތިޒާމުކުރާ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމްގެ ތިން ވަނަ އެޑިޝަން މި އަހަރު ބާއްވަން ވަނީ ނިންމާފަ އެވެ. އައިއެމްޓީއެމްގެ އެ ފޯރަމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެކި ސްޓޭކް ހޯލްޑަރުންނާ ގުޅައިދީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ތަރައްގީކުރުމަށް މުހިންމު މަޝްވަރާތަކަކާއި ބަހުސްތަކެއް ކުރާ ފޯރަމެކެވެ. އެ ފޯރަމުގައި ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި އިޖުތިމާއީ، އިގްތިސާދީ އަދި ތިމާވެށީގެ މައްސަލަތަކާ މެދު މަޝްވަރާކުރެވޭނެ އެވެ.
މި އަހަރުގެ އެސްޓީއެފް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 އިން 4 އަށް މެންހެޓަން ބިޒްނަސް ހޮޓެލްގަ އެވެ. މި ފަހަރުގެ ފޯރަމަށް ނަގާފައިވާ ތީމަކީ، "ސަސްޓެއިނަބަލް ޓޫރިޒަމަކީ ކޮބާ؟ ރާއްޖޭގައި ޓޫރިޒަމް ސަސްޓެއިނަބިލިޓީ މާނަ ކުރާގޮތާއި އެކަމާ މެދު ކުރެވޭ ބަހުސްތައް" މި އެވެ.
އެ ތީމަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މުޅި ގައުމަށް ވެސް ފައިދާކުރާނެ ފޯރަމެކެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދާއި ތަރައްގީގެ އިސްދައުރެއް އަދާ ކުރާ ސނާއަތެކެވެ. އަދި އެ ސިނާއަތަކީ ގިނަ ވަޒީފާގެ ފުރުސަތުތަކަކާއި ބޮޑު އާމްދަނީއެއް ވެސް ލިބޭ ދާއިރާކެވެ. މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުފުރުން ފާހަގަ ކުރާއިރު، އެ ދާއިރާގެ މާޒީއަށް ބަލައިލަން ޖެހެ އެވެ. ބައިނަލްއަގުވާމީ ދުނިޔެއަށް އައި ބަދަލުތަކާއި، ރާއްޖެއަށް އައި ބަދަލުތަކާ އެކު ޓޫރިޒަމަށް އައި ކުރިއެރުންތައް ދެނެގަންނަން ޖެހެ އެވެ. މުސްތަގުބަލުގައި ޓޫރިޒަމް ތަރައްގީކޮށް، ކުރިއެރުވުމުގައި އެ ކަންތައްތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޓޫރިސްޓަކަށް މަރުހަބާކީ 1972 ވަނަ އަހަރު، މިހާރު ކުރުނބާ މޯލްޑިވްސް އިންނެވެ. ޓޫރިޒަމް ތަރައްގީކުރުމުގައި އިސްކޮށް އޭރު އުޅުއްވި ފަރާތްތަކުން އެ ދާއިރާ ބިނާކުރީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ މައްޗަށް ބިނާ ކޮށްގެންނެވެ. "ވަން އައިލެންޑް – ވަން ރިސޯޓު" ކޮންސެޕްޓުގައި އޭރު ޓޫރިޒަމް މާކެޓު ކުރި އިރު މުހިންމު ގިނަ އިންފްރާސްޓްރަކްޗާތަކެއް ނެތް ނަމަވެސް، ހިދުމަތް ދިނުމުގައި ގެންގުޅުނު ރަނގަޅު އުސޫލުތަކާއި، ސްޓޭންޑަޑްތަކާއި، ރާއްޖެއިން ޓޫރިސްޓުންނަށް ކީ މަރުހަބާ އާއި ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން މުޅި ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމަކަށް ރާއްޖެ ވި އެވެ.
ޓޫރިޒަމް ފެށިއިރު އެންމެ ފުރަތަމަ ގެންގުޅުނު ކޮންސެޕްޓު ބަދަލުވެ، ފާއިތުވި 50 އަހަރުގެ ތެރޭގައި ޓޫރިޒަމް ދާއިރާ ވަނީ ވަރަށް ބޮޑަށް ތަރައްގީވެ ފުޅާވެފަ އެވެ. ރިސޯޓުތަކުން ފެށި އެ ސިނާއަތް، ރަށްރަށުގައި ވެސް ކުރިއަރައި ލޯކަލް ޓޫރިޒަމްގެ ގޮތުގައި ވަރަށް ބޮޑަށް އަންނަނީ ތަރައްގީވަމުންނެވެ. ގިނަ ހޮޓެލްތަކަކާއި ގެސްޓުހައުސްތަކެއް ރަށްރަށުގައި ހުރި އިރު، "ހޯމް ސްޓޭ"ގެ ސަބަބުން ވެސް ލޯކަލް ޓޫރިޒަމް މިހާރު އަންނަނީ އިތުރަށް ފުޅާވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ބުނާ ގޮތުން، އެ ސިނާއަތުގައި މިހާރު 180 އަށް ވުރެ ގިނަ ރިސޯޓާއި 13 ހޮޓެލާއި، 800 އަށް ވުރެ ގިނަ ގެސްޓުހައުސް އާއި 149 ލިވަބޯޑާއި 4 ހޯމް ސްޓޭސް އެބަ ހުއްޓެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ މުޅި ޓޫރިޒަމް ބަރޯސާވެފައި އޮންނަ ކަމަކަށް ވާއިރު، އެ ރީތިކަން ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމަށް ރިސޯޓު އޮޕަރޭޓަރުންނާއި ޓޫރިޒަމް ދާއިރާގައި އުޅޭ ފަރާތްތަކުން ދޭ އަހައްމިޔަތުކަން ވަނީ އިތުރުވެފަ އެވެ. ތިމާވެއްޓާ ރައްޓެހި ސަސްޓެއިނަބަލް ގިނަ މަސައްކަތްތަކެއް ކުރުމަށް ގިނަ ބަޔަކު މިހާރު އަންނަނީ އިންވެސްޓު ކުރަމުންނެވެ. އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމަށާއި، ޕްލާސްޓިކު ބޭނުންކުރާ މިންވަރު މަދުކުރުމަށް އަދި މެރިން ޕޮލިއުޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.
ފަރުތަކާއި ކަނޑުތަކުގެ ދިރުންތައް އިސްރާފުނުކުރުމަށާއި، އެ ދިރުންތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ މުހިންމު ދިރާސާތައް ވެސް އަންނަނީ ކުރަމުންނެވެ. އަދި ރަށްގިރުން ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް ކުރިމަތިވަމުންދާ މައްސަލަތައް ބަލައި ހޯދައި، އެ ކަމުގެ ހައްލު ހޯދުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ. ސީއެސްއާރުގެ ގިނަ އިނީޝިއެޓިވްތަކަކުން މޫސުމީ ބަދަލުތަކާ ގުޅުން ހުރި ގިނަ މަސައްކަތްތަކަށް އަންނަނީ އެއްބާރުލުން ދެމުންނެވެ.
ލޯކަލް ޓޫރިޒަމް ރާއްޖޭގެ 106 ރަށެއްގައި އޮތް އިރު، އޭގެ ތެރެއިން 35 ޕަސެންޓު ރަށްތަކަކީ ހިއްކާފައިވާ ތަންތަނެވެ. ބިން ހިއްކުމަކީ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން މަންފާ ބޮޑު ކަމަށް ވިޔަސް، އެ ކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމުގެ ގޮތުގައި ރާއްޖެ އޮތް އިރު، ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ދެނެގަނެ އެ ކަމުގެ ވާހަކަތައް ދައްކައި ހައްލެއް ހޯދެން ޖެހެ އެވެ.
ދެމެހެއްޓެނިވި ގޮތަކަށް ޓޫރިޒަމްގެ މަސައްކަތްތައް ބައްޓަން ކުރެވޭނީ އެ ފަދަ މައްސަލަތަކާ މެދު ވާހަކަ ދައްކައި މަޝްވަރާކޮށް ބަހުސް ވެސް ކޮށްގެންނެވެ. އަދި ރާއްޖެއަށް އެންމެ އެކަށީގެންވާ ސަސްޓެއިނަބިލިޓީ ހައްލުތަކަކީ ކޮބައިކަން ވެސް ހޯދިގެންނެވެ. ރާއްޖޭގައި ގުދުރަތީ ރަށްރަށާއި ހިއްކާފައިވާ ރަށްރަށުގައި ސަސްޓެއިނިބިލިޓީއަށް ކުރަންޖެހޭ މަސައްކަތްތަކަކީ ތަފާތު ކަންތައްތަކެކެވެ. ރިސޯޓުތަކާއި ރަށްރަށުގައި ދެމެހެއްޓެނިވި ކޮށް ޓޫރިޒަމް ކުރިއެރުވޭނީ އެ ތަނަކަށް އެންމެ ބޭނުންތެރި ގޮތްތަކަކީ ކޮބައިތޯ ހޯދިގެންނެވެ.
އެސްޓީއެފް 2022 ފޯރަމަކީ އެ ފަދަ މުހިންމު މައްސަލަތަކާ މެދު ވާހަކަ ދައްކައި ހައްލު ހޯދުމަށް ލިބޭނެ ފުރުސަތެކެވެ. މި އަހަރުގެ ފޯރަމުގައި ސަސްޓެއިނަބަލް ޓޫރިޒަމަކީ ކޮބައިކަން ވަރަށް ފުރިހަމައަށް އެނގިގެން ދާނެ އެވެ. އަދި ސަސްޓެއިނަބަލް އެސްޓެބްލިމަންޓުތަކަކީ ކޮބައިކަން ވެސް ދެނެގަނެވޭނެ އެވެ.
މި ފޯރަމުގައި ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކާއި އާއްމުންގެ ގިނަ ބަޔަކަށް އެއް ތަނެއްގައި ތިބެ، މޫސުމީ ބަދަލުތަކުގެ ސަބަބުން ޓޫރިޒަމަށް ހުރި ގޮންޖެހުންތަކާއި، ރާއްޖޭގެ އެކި ރަށްރަށަށް އެންމެ އެކަށޭނަ ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތައް ދެނެގަތުމުގެ ފުރުސަތު ލިބޭނެ އެވެ. މި ފޯރަމުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާ ކުރުމަށް ދައްކަން ޖެހޭ މުހިންމު ވާހަކަތަކެއް ދެއްކުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ނޯޓު: މިއީ އައިއެމްޓީއެމުން ބާއްވާ އެސްޓީއެފް 2022ގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
ހޮސްޕިޓަލިޓީއަށް އޮތް ޓެކްނޮލޮޖީގެ ކުރިމަގު ފެނިއްޖެ
އައިސީޓީއެސްއާރު ކޮންފަރެންސް ނިންމާލައިފި
ޓޫރިޒަމް ކުންފުނިތަކަށް ވެސް އާންމުންނަށް ހިއްސާވިއްކޭނެ
އެޓޯލްސް ވޯލްޑް އިން އާ އަހަރަށް އިތުރު ޕެކޭޖުތަކެއް
ޓޫރިޒަމްގެ މަލަމަތި ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް
ހޮޓެލިއާ މޯޑިވްސް: ރިސޯޓުތަކަށް މައުލޫމާތު ފޯރުކޮށްދެނީ
ސަމާ އައިލެންޑުން ދިވެހިންނަށް އުފާވެރި މަރުހަބާއެއް
ސަން އައިލެންޑް، އީދު ޗުއްޓީއަށް ޚާއްސަ
ހިތްގައިމު ރީތި ދިގަލި ރިސޯޓް ހުޅުވައިފި
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް