22 ޖޫން 2017
"ސަމާ އައިލެންޑް މޯލްޑިވްސްއަކީ ދިވެހިންނަށް އަބަދުވެސް މަރުހަބާ ކިޔާ ހިތްގައިމު ރަށެއް"، ސަމާ އައިލެންޑް މޯލްޑިވްސްއަށް މީގެ ކުރިން ޗުއްޓީ ހޭދަކޮށްލަން ދިޔަ އުމުރުން 37 އަހަރުގެ ރައްޓެއްސަކު ބުންޏެވެ.
"ސަމާ އައިލެންޑް މޯލްޑިވްސްއަކީ ދިވެހިންނަށް އަބަދުވެސް މަރުހަބާ ކިޔާ ހިތްގައިމު ރަށެއް"، ސަމާ އައިލެންޑް މޯލްޑިވްސްއަށް މީގެ ކުރިން ޗުއްޓީ ހޭދަކޮށްލަން ދިޔަ އުމުރުން 37 އަހަރުގެ ރައްޓެއްސަކު ބުންޏެވެ.
މާލެއާ ގާތްގަނޑަކަށް އެއް ގަޑިއިރު ދުރުގައި އޮންނަ ސަމާ އައިލެންޑް މޯލްޑިވްސް ދިވެހިންނަށް ޚާާއްސަވާ ސަބަބުތައް ވަރަށް ގިނަ އެވެ. އެހެން ރިސޯޓުތަކާ ޚިލާފަށް މި ރަށަށް އާދެވުމާ އެކު ރާއްޖޭގެ ރަށްތަކުގެ ސާދާކަން އިހްސާސްކުރެވެ އެވެ. ޖެޓީއަށް އެރުމާ އެކު ވެސް ފެންނަނީ ރުށްގަސްތަކެވެ. ސަމާ އައިލެންޑަށް ދެވުމާ އެކު ވަށަައިގެންވާ ވިލުނޫކުލައިގެ މޫދުން ހިތްފުރެ އެވެ. ރަށުގެ ކޮޓަރިތަކާއި އިމާރާތްތައް ފެންނަނީ މާ ފަހުންނެވެ. ރަށު ތެރެއިން އިވެނީ ކޮވެއްޔާއި ފިޔޮށް ގޮވާ އަޑުތަކެވެ.
ސަމާ އައިލެންޑް ރިސޯޓުގެ ކޮޓަރިއެއް
ސަމާ އައިލެންޑަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އެއް ރިސޯޓެވެ. ޒިޔާރަތްފުށީގެ ނަމުން 1980 ގެ އަހަރުތެރޭ ހިންގި މި ރިސޯޓަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއްގެ ބުރަ މަސައްކަތުގެ ނަތީޖާ އެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެއް ބާނީ ކަމަށްވާ އަލްމަރުހޫމް ކަނޑި އަޙްމަދު އިސްމާއިލް އާއި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ކެބިނެޓް މިނިސްޓަރު މޫމިނާ ޙަލީމްގެ އިންވެސްޓްމަންޓެކެވެ.
ސަމާ އައިލެންޑް ރިސޯޓު
މުޅި ރަށް 2015 ގައި އަލުން މަރާމާތުކޮށް މިހާރު މިއީ ފަސް ތަރީގެ ޚިދުމަތް ލިބޭ ހަތަރު ތަރީގެ ރިސޯޓެކެވެ. މުޅި ރިސޯޓުން ވެސް ފެންނަނީ ދިވެހިންގެ ބުރަ މަސައްކަތެވެ. އިމާރާތްކުރުމާއި، އިންޓީރިއާ ޑިޒައިނިން އާއި، ކުރެހުމަށް މުޅިން ވެސް ބޭނުންކޮށްފައި ވަނީ ދިވެހިންކަން ފާހަގަކުރެވެ އެވެ. ކޮޓަރިތަކުގެ ކުލަތަކާއި ކުރެހުންތައް ރަމްޒުކޮށްދެނީ ދިވެހިރާއްޖެ އެވެ. ރަށަށް އަރައިގެން އެންމެ ފުރަތަމަ ހުއްޓެވެނީ އޮޑިހަރުގެއްގަ އެވެ.
ސަމާ އައިލެންޑުގެ ސަމުގާ ރެސްޓޯރެންޓު.
މާލޭއާ ކައިރިވެފައި ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ އަގުތަކެއް ހުރުމުން، ސަމާ އައިލެންޑަކީ ހަފްތާ ބަންދާއި ޢީދު ބަންދުތަކުގައި އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ގިނަ ދިވަހިން ދާ އެއް ރިސޯޓެވެ.
ސަމާ އައިލެންޑް މޯލްޑިވްސްގެ އިންސްޓަގްރާމް
ކުރިއަށް އޮތް އީދު ބަންދަށް އަމާޒުކޮށްގެން ސަމާއިން ވަނީ ޚާއްސަ ޕެކޭޖްތަކެއް ތަޢާރަފްކޮށްފަ އެވެ. އެގޮތުން މި ޕެކޭޖް ހުޅުވާފައި ވަނީ ޖޫން 25 އިން ޖުލައި 2 ގެ ނިޔަލަށެވެ. ކުޑަކުދިންނާ އެކު ޗުއްޓީ ހޭދަކުރުމަށް އެދޭ ފަރާތްތަކަށް ވެސް ހާއްސަ އަގުތައް ހިމެނެ އެވެ. މި ޕެކޭޖުގައި ރިސޯޓުގެ ސުޕީރިއާ ވިސްޓާ، ސުޕީރިއާ ބަންގަލޯ އަދި ސުޕީރިއާ ބީޗް ވިލާގެ ކޮޓަރި ކެޓަގަރީގައި ހުރުމާއި، ރިސޯޓުގެ މައި ރެސްޓޯރަންޓުން ކެއުމާއި، ނެވި ބާއިން ހަވީރު ސަޔާއި، ސްނޯކްލިން އާއި، ސްޕާ ޓްރީޓްމަންޓުތަކާއި ވޯޓާ ސްޕޯޓްސް އަދި ޑައިވިން އިން %30 ޑިސްކައުންޓް ހިމެނެއެވެ.
ސަމާ އައިލެންޑް ރިސޯޓް ރެސްޓޯރަންޓުގެ ބުފޭގައި ބަހައްޓާފައި ހުރި ބައެއް ތަކެތި.
ސަމާ އައިލެންޑް މޯލްޑިވްސްގެ ވަަށައިގެންވާ ގޮނޑުދޮށުގެ ރީތި ވާހަކަ ދައްކާނުލައި ނިންމައެއް ނުލެވޭނެ އެވެ. ސަމާ އައިލެންޑް ފަދަ ކުޑަ އަދި ސާދާ ރަށެއްގައި، މުޅި ރަށް ވަށައި ގޮނޑުދޮށުން ހިނގާލުމަށް ލިބުމަކީ ސިފަކޮށްދޭން ދަތި އިޙްސާސެކެވެ. ރަށުގެ ގޮނޑުދޮށުން ވިލުނޫ، ތިލަ އަދި ހިމުން ދޮންވެލި މޫދުގައި ހިނގާލުމަށް ލިބުމުން މި ހުރެވުނީ ޙަޤީޤަތުގައި ވެސް ދިވެހިރާއްޖޭގައިކަން އިހްސާސްކުރެވެ އެވެ. ރަށް ވަށައިގެން ކެނޯ އާއި ސްޓޭންޑްއަޕް ޕެޑަލް ބޯޑުގައި ފަލި ޖެހުމުން މާލޭގެ ހަލަބޮލިކަމާއި، ވަޒީފާގެ ބުރަކަމުން ލިބިފައިވާ ހާސްކަމަށް ހިތްހަމަޖެހުން ލިބިގެންދެ އެވެ. މާލެ ކައިރީގައި ޗުއްޓީ ހޭދަކޮށްލަން ލިބޭ ފުރުޞަތުތައް މަދުކަމުން ސަމާ އައިލެންޑުން ދިވެހިންނަށް ޙާއްސަ ޕެކޭޖު ލިބޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ސަމާ އައިލެންޑް ރިސޯޓުގެ މޫދުގައި ދެ ގެސްޓަކު ޑައިވް ކުރަނީ.
"މާލެ ކައިރީގައި މީހުން ޗުއްޓީ ހޭދަކޮށްލަން ދާނެ ރަށްތައް މަދުވުމުން ވަރަށް ގިނައިން ދިވެހިން އާދޭ ސަމާއަށް. އެއީ އަޅުގަނޑުމެންނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. ވަރަށް ހިތްހަމަޖެހޭ މާލޭގައި މަސައްކަތްކުރާ ރާއްޖެ ދަންނަ ބިދޭސީ މަސައްކަތްތެރިންނާއި ދިވެހިންނާ ވާހަކަދައްކާލާ ޚިޔާލު ބަދަލުކުރުމަށް ފުރުޞަތު ލިބޭތީ. އަޅުގަނޑުމެންގެ ޕޮލިސީއަކީ އެއްވެސް ތަފާތުކުރުމެއްނެތި ޚިދުމަތްކޮށްދިނުން" ސަމާ އައިލެންޑް މޯލްޑިވްސްގެ މެނޭޖާ މާރިޔާ ޝަރީފް ވިދާޅުވި އެވެ.
އީދު ބަންދަށް އަމާޒުކޮށްގެން ފޭސްބުކުގައި ޖަހާފައިވާ ޚާއްސަ ޕެކޭޖްތައް.
ސަން އައިލެންޑް، އީދު ޗުއްޓީއަށް ޚާއްސަ
ޕިއްޒާ ބޯނާގެ އީދު ހަދިޔާ، ޕިއްޒާއެއް 99ރ. އަށް
ދިރާގު އީދު ހަދިޔާ: އާާއިލާއަކަށް ޗުއްޓީ ދަތުރެއް
އީދަށް މާފުއްޓަށް ގެންދިޔަ ހުރިހާ ރަލެއް އަތުލައިގަތް
އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ
މިނީސޯގެ ސޭލްގައި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ސަމާއައިލެންޑް، ލަގްޒަރީ ހޮޓެލް އެވޯޑަށް ނޮމިނޭޓުވެއްޖެ
3،300 މީހުން ވައިގެމަގުން ރަށްރަށަށް ގޮސް ރެކޯޑެއް
އީދު ބަންދާއެކު، މޯލްޑިވިއަން އަށް ބާރު ބޮޑުވެއްޖެ!
މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް ބެންކޮކަށް