19 މެއި 2022
ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް މި އަހަރު 50 އަހަރު ފުރޭ އިރު، ރާއްޖެ މިވަނީ މުޅި ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ވެފަ އެވެ. ނަމަވެސް އާންމު ރައްޔިތުންގެ ޝަކުވާއަކީ ޓޫރިޒަމްގެ ތެރެއިން އެ ބޭފުޅުންގެ މާލީ ތަނަވަސްކަން އިތުރުނުވާ ވާހަކަ އެވެ. ރާއްޖޭގެ ގުދުރަތީ މުއްސަންދިކަން މަދު ވިޔަފާރިވެރިންތަކެއްގެ މުށުތެރޭގައި އޮންނަ އަޑެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް މި އަހަރު 50 އަހަރު ފުރޭ އިރު، ރާއްޖެ މިވަނީ މުޅި ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ވެފަ އެވެ. ނަމަވެސް އާންމު ރައްޔިތުންގެ ޝަކުވާއަކީ ޓޫރިޒަމްގެ ތެރެއިން އެ ބޭފުޅުންގެ މާލީ ތަނަވަސްކަން އިތުރުނުވާ ވާހަކަ އެވެ. ރާއްޖޭގެ ގުދުރަތީ މުއްސަންދިކަން މަދު ވިޔަފާރިވެރިންތަކެއްގެ މުށުތެރޭގައި އޮންނަ އަޑެވެ.
ރާއްޖެ އަށް 1972 ވަނަ އަހަރު ޓޫރިޒަމް ތައާރަފްވެގެން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. އެއްވެސް އުމްރާނީ ވަސީލަތެއް ނެތް، މަސްވެރި ގައުމެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމުގެ އިންޒާރު ޔުނައިޓެޑް ނޭޝަންސް އިން ވެސް ދީފައި ވަނިކޮށެވެ. ނަމަވެސް މި ގޮންޖެހުންތަކަށް ބެލުމެއްނެތި ދިވެހި ޒުވާން ވިޔަފާރިވެރިންތަކެއް އަތުކުރި އޮޅާލައިގެން ނިކުތީ ރާއްޖޭގެ މަލަމަތި އެއްކޮށް ބަދަލުކޮށްލުމުގެ ރޫހުގަ އެވެ. ތަރައްގީގެ ކުލަ ޖެހިފައިނުވާ ފަގީރު ގަައުމެއް، ފުދުންތެރި މުއްސަންދި ގައުމަކަށް ހެދުމުގެ ހުވަފެން ދެކެމުންނެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަަތް ފެށިގެން އައީ އެކަމަށް ހާއްސަ ކުރެވިފައިވާ ވަކިވަކި ރަށްރަށުގަ އެވެ. އެ ރަށްތަކުގައި ރިސޯޓު ތަރައްގީކޮށް، ދިވެހިންގެ މެހެމާންދާރީ މުޅި ދުނިޔެއަށް ދައްކާލަމުންނެވެ. އޭރުއްސުރެ މިއަދާ ހަމައަށް ރާއްޖޭގައި ވަރަށް ކާމިޔާބުކަމާއެކީ ރިސޯޓް ވިޔަފާރި އަންނަނީ ފިޔަޖަހަމުންނެވެ. ދިވެހި އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތު ލިބި، ރާއްޖޭގެ އިގްތިސާދު ބާރުދުވެލީގައި އައީ ކުރިއަރަމުންނެވެ.
ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ޓޫރިޒަމް ދާއިރާއިން އާންމުންނަށް އޭގެ މަންފާ ލިބޭ ވަރު ނިސްބަތުން ކުޑަ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޒަމާނަށް އައި ބަދަލާ އެކު ދިވެހިން ފަތުރުވެރިކަމުގެ ސިނާއަތާ މެދު ދެކޭގޮތް ބަދަލުވި އެވެ. ޓޫރިޒަމްގެ ސީދާ މަންފާ އާންމު ރަށްރަށުން ވެސް ނަގަން ބޭނުންވި އެވެ. އެގޮތުން 2010 ވަނަ އަހަރު ރާއްޖެ އަށް ތައާރަފްވި ގެސްޓްހައުސް ވިޔަފާރި ވެގެންދިޔައީ އިންގިލާބީ ބޮޑު ބަދަލަކަށެވެ.
ޒަމާނުއްސުރެ ޓޫރިސްޓުންނަށް ހާއްސަ ކުރެވިފައިވާ ވަކިވަކި ރަށްރަށުގެ (ރިސޯޓް) ބަދަލުގައި، ޓޫރިޒަމް މުޅި ރާއްޖެ އަށް ހުޅުވާލެވުނެވެ. މި އަހަރު ފެށިގެން އައީ ގެސްޓްހައުސް ވިޔަފާރި އަށް އިތުރު ބޮޅެއް އެކުވެގެންނެވެ. ހޯމްސްޓޭ ޓުއަރިޒަމާ އެކު ގެސްޓްހައުސް ހިންގުމުގެ ތަނަވަސްކަން ނެތް އާންމު ފަރުދުންނަށް ވެސް، ޓޫރިޒަމްގެ ވިޔަފާރި އަށް ވަނުމުގެ ފުރުސަތު ހުޅުވިގެން ދިޔައީ އެވެ.
މި ބަދަލުތަކާ އެކީ، ވޭތުވެމިދިޔަ 50 އަހަރުތެރޭ ރާއްޖޭގެ ފަތުރިވެރިކަމުގެ ސިނާއަތް ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފަ އެވެ. ސުވާލަކީ މިހިސާބުން ފުއްދާލައިގެން ތިބެންވީ ހެއްޔެވެ؟ ފަތުރުވެރިކަމުގެ ތެރެއިން ދިވެހިންގެ ތަނަވަސްކަން އިތުރުކުރަން ކުރެވިދާނެ އެހެން ގޮތްގޮތަކީ ކޮބައިތޯ އެވެ؟ ރާއްޖޭގެ އަގުބޮޑު ރިސޯޓް ވިޔަފާރީގެ ސީދާ ފައިދާ އާންމު ފަރުދުންނަށް ނެގޭނެ ގޮތެއް ހަމަނެތީބާ އެވެ؟ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޓޫރިޒަމްގެ އެންމެ ބޮޑެތި ކުންފުނިތަކަކީ އެ ގައުމުތަކުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައިވާ ކުންފުނިތަކެވެ. އެ ގައުމުތަކުގެ އާންމު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ހިއްސާ ވިއްކައިގެން ފަންޑް ހޯދައިގެން ވިޔަފާރި ފުޅާ ކުރަމުންދާ ކުންފުނިތަކެކެވެ. އަދި ހާއްސަކޮށް ކޮވިޑާ ގުޅިގެން ލިބުނު މާލީ ގެއްލުމުން އަރައިގަތުމަށް ވަރަށް ގިނަ ދުނިޔޭގެ ބޮޑެތި ޓޫރިޒަމް ދާއިރާގެ ކުންފުނިތަކުން ޕަބްލިކް އޮފަރިން އަށް ހުޅުވާލި އެވެ.
އެ ބަދަލާ އެކު އެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަނެވި، އާންމު ފަރުދުންނަށް ވެސް އެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގެ ދޮރު ހުޅުވިގެން ދިޔަ އެވެ. މީގެ ނަތީޖާއަކަށް ވެގެންދިޔައީ އެގައުމުތަކުގެ އާންމު ފަރުދުންގެ މާލީ ތަނަވަސްކަން އިތުރުވެ، ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ކުންފުނިތައް ވެސް އިތުރަށް ފުޅާވެ ކުރިއަރައިގެން ދިއުމެވެ.
ރާއްޖެ އަށް ނަޒަރު ހިންގާލާއިރު، ޕަބްލިކް އޮފަރިންގެ މެދުވެރިކޮށް ވިޔަފާރި ފުޅާކުރާ ކުންފުނިތައް އަތުން ގުނާލެވޭހާ މަދެވެ. އެ ވިސްނުން ކުންފުނިތަކުގައި ފަހަރުގައި ނެތީ މިކަމުން ލިބޭ ފައިދާތަކަށް ރަނގަޅަށް ލޯ ހުޅުވިފައި ނެތީމަ ކަމަށް ވުމުން ވެސް އެކަށީގެންވެ އެވެ. އާންމު ފަރުދުން ވެސް މި ވިސްނުމަށް ހޭލުންތެރިވެފައި ނެތީމަ ކަމަށް ވެސް ވެދާނެ އެވެ.
ރާއްޖޭގައި ވެސް ޕަބްލިކް އޮފަރިން މެދުވެރިކޮށް ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިތަކަށް އިތުރު ފަންޑު ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެކަމަށްޓަކައި އެ ކުންފުނިތަކުން ޖެހޭނީ ޕަބްލިކް ކުންފުންޏެއް ގޮތުގައި ރެޖިސްޓްރީ ކުރާށެވެ. ސެކިއުރިޓީޒް ބަޔާން ތައްޔާރުކޮށް ސީއެމްޑީއޭގައި ރަޖިސްޓަރީ ކުރުމަށްފަހު، ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކުރާށެވެ.
ޕަބްލިކް އޮފަރިން މެދުވެރިކޮށް ފަންޑް ހޯދައިގެން ވިޔަފާރި ކުރި އަރުވަން ރާއްޖޭގެ ބޮޑެތި ފަތުރުވެރިކަމުގެ ކުންފުނިތަކެއް ނިކުމެއްޖެ ނަމަ، އާންމު ދިވެހި ފަރުދުންނަށް ވެސް ރިސޯޓް ވިޔަފާރީގެ ސީދާ މަންފާ ލިބޭނެ އެވެ. ހަގީގަތަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތް ދެން އިން ހަރުފަތަކަށް ގެންދެވޭނީ، މިއަދުގެ ޒުވާނުންގެ އާ ވިސްނުންތަކާއި ހިޔާލްތަކަށް މަގުކޮށައިގެންނެވެ. ނޯޓް: މިއީ ސީއެމްޑީއޭގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.
ޓޫރިޒަމް އިންވެސްޓްމަންޓް މެނޭޖު ކުރުން މޯޓީޒާ އަށް
އިންވެސްޓަރުންނަށް ރާއްޖެ ވަރަށް މަގުބޫލު: ޖޭއެލްއެލް
ކްރޮސްރޯޑްގެ ތިން ވަނަ ރިސޯޓް ނޮވެމްބަރުގައި ހުޅުވަނީ
ގަމުގެ ބީޗްސައިޑުން 8 ބިމެއް ޓޫރިޒަމަށް ދޫކުރަނީ
ހޮސްޕިޓަލިޓީއަށް އޮތް ޓެކްނޮލޮޖީގެ ކުރިމަގު ފެނިއްޖެ
ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެއްޖެ
ޓޫރިޒަމްގެ މުހިންމު ބަހުސްތަކަކަށް ޕްލެޓްފޯމެއް
ވިޔަފާރިތަކަށް ލިކުއިޑިޓީ ތަހުލީލުތައް ވަރަށް މުހިންމު
އިންވެސްމަންޓު ބޭންކިން ރާއްޖެއަށް މުހިންމު
ޓްރޭޑުކުރާ އިންވެސްޓަރުން ވިސްނަންވީ ކަންތައްތައް