Roadha Mihaaru
އެޓޯލްސް ވޯލްޑް އިން އާ އަހަރަށް އިތުރު ޕެކޭޖުތަކެއް

އެޓޯލްސް ވޯލްޑް އިން އާ އަހަރަށް އިތުރު ޕެކޭޖުތައް ތައާރަފްކޮށްފި

29 ޑިސެމްބަރ 2020

އާ އަހަރާ ދިމާކޮށް އެޓޯލްސް ވޯލްޑް އިން ހާއްސަ ރޭޓްތަކެއްގައި އދ. ފިޔަވަޅު ރިސޯޓުން ކޮޓަރިތައް ދޫކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ އަހަރާ ދިމާކޮށް އެޓޯލްސް ވޯލްޑް އިން ހާއްސަ ރޭޓްތަކެއްގައި އދ. ފިޔަވަޅު ރިސޯޓުން ކޮޓަރިތައް ދޫކުރަން ފަށައިފި އެވެ.

އެޓޯލްސް ވޯލްޑް އަކީ ދިވެހިންނަށް ހަނީމޫނާއި އާއިލާ އާ އެކު ކުރާ ދަތުރުތަކާއި ވިޔަފާރި ހަރަކާތްތަކަށް ދަތުރުތައް ދިއުމުގައި ފުރިހަމަ ހައްލެއް ހޯދައިދޭ ޓްރެވަލް އޭޖެންސީ އެކެވެ. އެގޮތުން އެ އޭޖެންސީން ވަނީ އާ އަހަރާ ދިމާކޮށް ފިޔަވަޅު ރިސޯޓުން ވަރަށް ހާއްސަ ރޭޓްތަކެއް ކަނޑައަޅައިފަ އެވެ.

މި ހާއްސަ ރޭޓުތަކުގެ ދަށުން މާދަމާއިން ފެށިގެން އެ ރިސޯޓުން ރޫމް ލިބޭނެ އެވެ. ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަކޮށް އެޓޯލްސް ވޯލްޑުން ކުރިއަށްގެންދާ ފްލޭޝް ސޭލްގައި އެ ރިސޯޓުގެ ގާޑަން ވިލާއެއް 120 ޑޮލަރަށް ލިބޭނެ އެވެ. އެ ރިސޯޓަށް ސީޕްލޭންގައި ދިއުމަށާއި ލޯންޗުގައި ދިއުމަށް ވެސް ހާއްސަ ރޭޓުތަކެއް ވަނީ ހަމަޖައްސައިފަ އެވެ.

????? ???? ::::: > LIMITED ROOMS ONLY Available from 30th December 2020 onwards Maldivians and Expatriates Only Stay...

Posted by Atolls World on Monday, December 28, 2020

އެޓޯލްސް ވޯލްޑްގެ ފޭސްބުކް ޕޯސްޓް

މިކަމާ ގުޅޭ އިތުރު މައުލޫމާތު 9988904 ނުވަތަ 7799413 އިން ލިބޭނެ އެވެ. މި ނަންބަރުތަކަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ކުރުމުން ވެސް ޖަވާބުދޭނެ އެވެ.

ފިޔަވަޅު ރިސޯޓު ހުޅުވީ މިިދިޔަ މަހު އެވެ. ދިވެހި ވަންތަ ޑިޒައިންތައް ފެންނަ މި ރިސޯޓު ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. މި ރިސޯޓުގައި ތަފާތު ކެޓަގަރީތަކުގެ 44 ވިލާ ހުރެ އެވެ. އެގޮތުން ގާޑަން ވިލާ އާއި ބީޗް ވިލާ އަދި ޕޫލްތައް ހިމެނޭ ވިލާ ވެސް ހުރެ އެވެ.