28 ނޮވެމްބަރ 2022
ދޯހާ (ނޮވެމްބަރު 28) - ސްޕެއިނުން ލީޑު ނަގައިފައި ވަނިކޮށް މެޗުގެ ފަހު ކޮޅުގައި ޖަރުމަނުން ނަތީޖާ ހަމަހަމަކޮށް 1-1 އިން އެއްވަރުކޮށްފި އެވެ.
ދޯހާ (ނޮވެމްބަރު 28) - ސްޕެއިނުން ލީޑު ނަގައިފައި ވަނިކޮށް މެޗުގެ ފަހު ކޮޅުގައި ޖަރުމަނުން ނަތީޖާ ހަމަހަމަކޮށް 1-1 އިން އެއްވަރުކޮށްފި އެވެ.
ސްޕެއިނަށް މިހާރު ވަނީ ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ލިބިފަ އެވެ. އެ ޓީމަށް ދެން އޮންނާނީ ޖަޕާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އެއްވަރުކޮށްލިޔަސް ސްޕެއިން ދެވަނަ ބުރަށް ދާނެ އެވެ. އެކަމަކު ޖަރުމަނު ދެވަނަ ބުރަށް ދާ ނަމަ ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން މަޖުބޫރެވެ.
އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ފުރަތަމަ ލިބުނީ ސްޕެއިނަށެވެ. އެ ޓީމުގެ ޑެނީ އަލްމޯ އޭރިއާގެ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ޖަރުމަންގެ ކީޕަރު މެނައުލް ނޯޔާ އަތުން ބޯޅައިގައި ކޮއްޕާލުމުން ގޯލް ދަނޑީގައި ބޯޅަ ޖެހުނެވެ.
ފުރަތަމަ ހާފުގައި ޖަރުމަންގެ އެންޓޯނިއޯ ރޫޑިގާ އަށް ލަނޑު ޖެހުނު ކަމަށް ހީކޮށް އޭނާ އުފާފާޅު ކުރި އެވެ. އެކަމަކު ވީއޭއާރު އޮފިޝަލުން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމުމުން އެ ގޯލް ރެފްރީ ބަލައެއް ނުގަތެވެ.
ދެވަނަ ހާފުގައި ސްޕެއިނަށް ފުރަތަމަ ލީޑް ނަގައި ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ އެވެ. ޖޯޑީ އަލްބާ ތަނަވަސްކޮށް ދިން ފުރުސަތަކުން ލަނޑު ޖެހީ އޭނާ ކުޅެން ނުކުތްތާ ހަތްވަރަކަށް މިނެޓްގެ ތެރޭގަ އެވެ.
އޭގެ ކުރިން ޖަރުމަންގެ ލިއޯން ގޯރެޓްޒްގާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު އުނައި ސިމޯން ދިފާއުކިށް ކޯނަރަކަށް ބޭރުކޮށްލީ އެވެ.
ސްޕެއިން ލަނޑު ޖެހި ފަހުން އެ ޓީމުގެ މާކޯ އެސެންސިއޯ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެއްފަހަރުން ޖަހައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ޖަރުމަންގެ ލަނޑު 83 ވަނަ މިނެޓްގައި ޖެހީ ނިކްލާސް ފުލްކްރޫގް އެވެ. ޖަމާލް މުސިއާލާ ދިން ބޯޅަ އޭރިއާގެ ތެރެއިން ފުލްކްރޫގް ވަނީ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ސްޕެއިންގެ ކޮންމެ ކުޅުންތެރިޔަކަށް 1،000 ޕެނަލްޓީ
ހިތްވަރުގަދަ ޖަޕާނުން ސްޕެއިން ބަލިކޮށް އެއްވަނަ އަށް
ސްޕެއިން މާ ތަފާތު، ހަތްލަނޑުން ކޮސްޓަރިކާ ބަލިކޮށްފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ސްޓެފާނޯގެ އުންމީދު ފުނޑުފުނޑުވީ އަސްކަރީ އޯޑަރަކުން