22 ނޮވެމްބަރ 2022
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބާއްވަން ހަމަޖައްސައިފި އެވެ.
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބާއްވަން ހަމަޖައްސައިފި އެވެ.
އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، ރިޝްވަތު ދިނުމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރެ އެވެ.
އެ މައްސަލާގައި ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔައީ ޔޫސުފް ނައީމްގެ ފަރާތުން ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. ޔާމީންގެ ފަރާތްޕުޅުން ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކައި ނިންމީ އިއްޔެ އެވެ.
ދައުލަތާއި ޔާމީންގެ ފަރާތުން ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ގިނަ އަޑުއެހުންތަކެއް މިދިޔަ ހަފުތާގަ އާއި މި ހަފުތާގައި ވެސް ބޭއްވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، އެ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނާނެ ކަމަށެވެ.
ހުލާސާ ބަޔާނަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ދެވަނަ ހުކުމް ވެސް ބާތިލް، ޔާމީން މިނިވަންވެއްޖެ
ޔާމީންގެ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފި
"ފުއްގިރި ދޫކުރީ ހުށަހެޅުނު އަގަށްވުރެ ކުޑަ އަގަކަށް"
ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
އެކައުންޓް ސްޓޭޓްމަންޓް ހޯދާގޮތުން ޔާމީންގެ ކަންބޮޑުވުން
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގައިފި