11 ޖެނުއަރީ 2017
އެޕްރީލް 8 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމުން ގާތްގަނޑަކަށް 600 ކެންޑިޑޭޓުން ނެރޭނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
އެޕްރީލް 8 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމުން ގާތްގަނޑަކަށް 600 ކެންޑިޑޭޓުން ނެރޭނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހު 14 ގައި ބާއްވަން އިއުލާންކުރި އިންތިހާބަށް ޕީޕީއެމަށް ތައްޔާރު ނުވެވުނީ، އެ ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަތަކާ ހެދި މެމްބަރުންގެ ސައްހަ ދަފްތަރު ނުލިބިގެން ކަން ފާހަގަކުރައްވަމުން ވިދާޅުވީ މިހާރު މެމްބަރުންގެ ދަފްތަރު ވެސް ލިބިފައިވާ ކަމަށެވެ. ދަފްތަރު އަލުން އެކުލަވައިލީ، އިލެކްޝަންސް ކޮމިޝަނުންނާއި ޕާޓީގެ ގޮފިތަކުން މައުލޫމާތު އެއްކޮށްގެން ކަމަށް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރަން ޖެހޭ ގޮނޑީގެ އަދަދަށް ކުރިމަތިލައި، ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ފޯމުތައް، ޚަލީލް ވިދާޅުވި ގޮތުގައި، އަންނަ ހަފުތާގައި އިލެކްޝަނަށް ހުށަހަޅާނެ އެވެ.
ކައުންސިލްތަކުގެ ސުޕަ މެޖޯރިޓީ އަޅުގަނޑުމެންނަށް ލިބޭނެ. ތަފާތުކުރުމެއް ނެތި ރައްޔިތުންނަށްޓަކައި މި ސަރުކާރުން ކުރިއަށް ގެންދާ ކަންކަން ރައްޔިތުން ބަލައިގަނޭ. --ޚަލީލް
ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު 3،000 އަށް ވުރެ ދަށް އަބާދީތަކަށް މި ފަހަރު ހޮވާނީ ތިން ކައުންސިލަރުންނެވެ. އަދި 3،000 އަށް ވުރެ މަތީ އާބާދީތަކަށް ފަސް ކައުންސިލަރުންނެވެ.
"ޕްރައިމަރީ ބާއްވަން ޖެހޭ ކައުންސިލްތަކުގެ ޕްރައިމަރީ މި މަހުގެ ތެރޭގައި ބާއްވަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ޚަލީލް ވިދާޅުވި އެވެ.
އިންތިހާބަށް ޕީޕީއެމުން ތައްޔާރުވަމުން އަންނަނީ ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އާއި ޑީއާރުޕީއާ ވެސް އެކުގަ އެވެ. ބައެއް ކައުންސިލްތައް އެމްޑީއޭ އަށް ދޫކޮށްލާ އިރު، ޑީއާރުޕީ އަށް ކާމިޔާބުކުރެވޭ ގޮނޑިތައް އެ ޕާޓީ އަށް ދޫކުރާނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަކި ރަށަކަށް ތަފާތުކުރުމެއް ނެތި، ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ނަތީޖާ އަކީ ސަރުކާރަށް ރައްޔިތުން ކުރާ ތާއީދާއި އިތުބާރު އެތައް ގުނައެއް މައްޗަށް ޖެހުމެވެ. ރަށްރަށަށް ކުރާ ދަތުރުތަކުން އެކަން ފެންނަމުންދާ ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުން ޚަލީލް ދެއްކެވީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ އއ. އުކުޅަހެވެ. އެ ރަށުގައި ވެސް ޕީޕީއެމަށް ތާއީދުކުރާ ގިނަ ބަޔަކު މިހާރު ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ކައުންސިލްތަކުގެ ސުޕަ މެޖޯރިޓީ އަޅުގަނޑުމެންނަށް ލިބޭނެ. ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށްޓަކައި މި ސަރުކާރުން ކުރިއަށް ގެންދާ ކަންކަން ރައްޔިތުން ބަލައިގަނޭ،" ޚަލީލް ވިދާޅުވި އެވެ.
މި މަހުގެ 14 ގައި ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިޚާބަށް ތައްޔާރު ނުވެވުމުންނެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވެ، ޕާޓީ ދެބައި ވުމުންނެވެ.
އިންތިޚާބު ފަސްކޮށްފިނަމަ ޚަރަދުތައް ބޭކާރުވާނެ: އީސީ
ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓާލާ: ޝަރީފް
ސުޕްރީމް ކޯޓުގެ ނިންމުމަށް މުޅި ގައުމު އިންތިޒާރުގައި
ސިއްރު ހެކި ނުނަގައި، އަޑުއެހުންތައް ނިންމާލައިފި
"ބަލި ގަބޫލު ކުރެއްވުމަކީ ޝަކުވާގެ ހައްގު ދޫކޮށްލުން"
އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް އެބަ އޮތްތަ؟
ރައީސް ޔާމީނަށް 41 ޕަސެންޓު ވޯޓު ލިބުނު: ޕީޕީއެމް
މިއީ ބޮޑު ބައްޔެއް، ސަރުކާރަށް ބޮޑު ލަދެއް!
ރައްޔިތުންނަށް ލިބިގެންވަނީ އެއް ހައްގުތަކެއް: ރައީސް
ކައުންސިލް އިންތިހާބު އަދިވެސް ރަޖާ އަޅައިގެން