Roadha Mihaaru
ނިބާލް އަތުގައި ނަސީބު ހިފައި ގައުމީ ޗެމްޕިއަނަކަށް

ނިބާލް އަތުގައި ނަސީބު ހިފައި ގައުމީ ޗެމްޕިއަނަކަށް

15 ނޮވެމްބަރ 2022

މިދިޔަ އަހަރު ގައުމީ ފައިނަލުގައި، އަހްމަދު ތޯއިފު މުހައްމަދު އާ ދެކޮޅަށް ކުޅުނު މެޗުގައި ނިބާލް އަހުމަދަށް ވީ ދެރަ ގޮތެކެވެ. މެޗުގެ ވަކި ހިސާބަކުން އޭނާ އަށް އަނިޔާވި އެވެ. މެޗުގެ ފަހު ގޭމްގައި އޭނާގެ ކުޅުމަށް އަސަރުކޮށް މެޗު އަތުން ދޫވީ އެވެ.

މިދިޔަ އަހަރުގެ އެ ފައިނަލަކީ ގައުމީ މުބާރާތުގެ ތާރީހުގައި އޭނާ އަށް ވިދިވިދިގެން ކުރިމަތިވި ތިން ވަނަ ބައްޔެވެ. އެކަމަކު އެކަން ބަދަލުކޮށް ނިބާލް ވަނީ ހުސައިން ޒަޔާން ޝަހީދު ޒަކީގެ މައްޗަށް ސީދާ ދެ ސެޓުން ކާމިޔާބު ހޯދައި މި އަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ނިބާލް މެޗު ކާމިޔާބު ކުރީ 21-16 އަދި 21-14 އިންނެވެ.

ސެމީ ފައިނަލުގައި ނިބާލް ވަނީ، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު ބަލިކޮށްފަ އެވެ.

ނާބާހާ، ވިދިވިގެން ތިންވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ވަނީ ހޯދާފަ

ނާބާހާ، ވިދިވިގެން ތިންވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ވަނީ ހޯދާފަ

ފިރިހެން ޑަބަލްސް ފައިނަލުގައި ނިބާލް އާއި އަޖުފާންގެ ޕެއާ ވަނީ ޒަޔާން އާއި ތޯއިފްގެ ޕެއާ އަތުން ބަލި ވެފަ އެވެ.

އަންހެން ބެޑްމިންޓަންގައި އެއްމާބަނޑު ދެބެން ކަމަށްވާ، ފާތިމަތު ނަބާހާ އަބްދުރައްޒާގް އާއި އާމިނަތު ނަބީހާ އަބްދު ރައްޒާގް އެވެ. މި އަހަރުގެ ވެސް ފައިނަލުގައި އެ ދެބެން ވާދަކޮށް ނަބާހާ ވަނީ އޭނާގެ ކާމިޔާބު ދަމަހައްޓާފަ އެވެ.

ދައްތަ ނަބީހާގެ މައްޗަށް ނަބާހާ ކާމިޔާބު ހޯދީ 21-15، 14-21 އަދި 21-19 އިންނެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދީ މި ދެބެންގެ ޕެއާ އެވެ. ކުރީގެ ގައުމީ ޗެމްޕިއަނުން ކަމަށްވާ އައިޝަތު އަފުނާން ރަޝީދު އާއި މައިޝާ ފަތުހުﷲ އިސްމާއީލްގެ މައްޗަށް ނަބާހާ އާއި ނަބީހާގެ ޕެއާ ކާމިޔާބުރ ހޯދީ ސީދާ ދެ ސެޓުންނެވެ.

މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާހާގެ ޕެއާ ފައިނަނަލުގައި ކާމިޔާބު ހޯދީ އާމިނަތު ޝަހްރުނާޒް އާއި ހަސަން އަފްޝީންގެ ޕެއާ އާ ވާދަކޮށެވެ.