14 ނޮވެމްބަރ 2021
ގައުމީ ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލުގައި މުހައްމަދު ޒަޔާން ޒަކީ ބަލިކޮށް، ތޯއިފް އަހްމަދު ފައިނަލަށް ދަތުރުކޮށްފި އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލުގައި މުހައްމަދު ޒަޔާން ޒަކީ ބަލިކޮށް، ތޯއިފް އަހްމަދު ފައިނަލަށް ދަތުރުކޮށްފި އެވެ.
ފައިނަލުގައި ތޯއިފްއާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ރަނަރަޕް ނިބާލް އަހްމަދެވެ. ޖެހިޖެހިގެން ތިންވަނަ ފައިނަލަށް ނިބާލް ދަތުރުކުރީ ސެމީގައި މުހައްމަދު އާކިފް ބަލި ކުރުމަށްފަހު އެވެ.
އެންމެ ފަހުގެ ޗެމްޕިއަން މުހައްމަދު އަޖުފާން ބަލިކޮށް ސެމީން ޖާގަ ހޯދި ޒަޔާންއާ ދެކޮޅަށް އޭނާގެ ކްލަބު، ރިވައިވަލް ސްޕޯޓްސްގެ ތޯއިފް ކުރި ހޯދީ ސީދާ ދެ ގޭމުންނެވެ. އެ ދެ ގޭމްގައި ވެސް ވާދަވެރިކަން ބޮޑުވި އެވެ. ތޯއިފް މެޗު ކާމިޔާބުކުރީ 21-19 އަދި 21-18 އިންނެވެ. އާކިފްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ނިބާލް ކާމިޔާބުކުރީ 21-16 އަދި 21-8 އިންނެވެ.
ތޯއިފް އާއި ނިބާލް އަހްމަދު ކުޅޭ ފައިނަލު މެޗު މިއަދު ހަވީރު އޮންނާނެ އެެވެ. މުބާރާތް ކުރިއަށް ދަނީ ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ހޯލްގަ އެވެ.
ދެ ކެޓެގެރީގެ ފައިނަލުގައި ތޯއިފް ވާދަކުރާނެ އެވެ. ފުރަތަމަ ޑިވިޝަންގެ ޑަބަލްސް ފައިނަލުގައި ތޯއިފް އާއި އަހްމަދު ވަސީމްގެ ޕެއާ ނުކުންނާނީ، ހަސަން އަފްޝީން އާއި މުހައްމަދު ހިޝާމް ލަތީފްގެ ޕެއާއާ ދެކޮޅަށެވެ. ތޯއިފް އާއި ވަސީމްގެ ޕެއާ ފައިނަލަށް ދަތުރުކުރީ ސެމީގައި އަހްމަދު ޝާދިން ޖަލީލް އާއި އިބްރާހިމް ހުޝާމްގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ. ތޯއިފް އާއި ވަސީމް މެޗު ކާމިޔާބުކުރީ 21-5 އަދި 21-12 އިންނެވެ. އަފްޝީން އާއި ހިޝާމްގެ ޕެއާ ފައިނަލަށް ދަތުރު ކުރީ އައްފާން އަލީ އާއި ރިޝްވާން ޝިޔާމްގެ ޕެއާ 21-18 އަދި 21-15 އިން ބަލި ކުރުމަށް ފަހު އެވެ.
ސިންގަލްސް ފައިނަލަށް ދިއުމުގައި ކާމިޔާބު ނުލިބުނަސް ޒަޔާން ވަނީ މިކްސް ޑަބަލް ފައިނަލުން ޖާގަ ހޯދައިފަ އެވެ. މިކްސް ޑަބަލް ސެމީގައި އޭނާ އާއި ފާތިމަތު ނަބާހާ އަބްދުއް ރައްޒާގްގެ ޕެއާ ފައިނަލްގެ ޖާގަ ހޯދީ އޮޓަމެޓިކުންނެވެ. ޑަބަލްސް ކެޓެގެރީގައި ބައިވެރިވީ ތިން ޕެއާ އެވެ. އޭގެ ތެރެއިން ރޭންކިންގެ އެންމެ ކުރީގައި އުޅޭ ދެ ޕެއާ އަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. އެގޮތުން ނަބާހާ އާއި ޒަޔާން އޮތީ ފައިނަލުގެ ޖާގަ މާކުރިން ވެސް ކަށަވަރުކޮށްފަ އެވެ. ފައިނަލުގައި އެ ޕެއާއާ ދެކޮޅަށް ނުކުންނަ މުހައްމަދު ހިޝާމް އާއި މައިޝާ ފަތުހުﷲ އިސްމާއީލްގެ ޕެއާ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި އަފްޝީން އާއި އަމިނަތު ޝަހުރުނާޒްގެ މައްޗަށް 21-18 އަދި 21-19 އިން ކާމިޔާބު ހޯދައިގެންނެވެ.
ގައުމީ މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފިރިހެނުންގެ ދެވަނަ ޑިވިޝަންގެ ސިންގަލްސް ފައިނަލުގައި ވާދަކުރާނީ ހަމްޒާ އަބްދުލް ރަހްމާން އާއި ހަސަން ޒަޔާން މުހައްމަދު އެވެ.
ފިރިހެނުންގެ ޑަބަލްސް ފައިނަލުގައި ވާދަކުރާނީ ހަސަން ރިޔާޒު އާއި މަޒީން މުހައްމަދުގެ ޕެއާ އާއި މުހައްމަދު ޝާމީން އާއި ޝިފާއު އަބްދުﷲގެ ޕެއާ އެވެ.
ދެވަނަ ޑިވިޝަން މިކްސް ޑަބަލްސް ފައިނަލުގައި ވާދަކުރާނީ ހުސައިން ރިޔާޒު އާއި ފިިރުޝާނާ ނަސީރުގެ ޕެއާ އާއި އިސްމާއީލް ޒުހުރީ އާއި އާއިޝަތު ޝަރީފްގެ ޕެއާ އެވެ.
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ކަންބޮޑުވުންތަކާ އެކު ނީލާ ގައުމީ މުބާރާތާ ދުރަށް
ނިބާލް އަތުގައި ނަސީބު ހިފައި ގައުމީ ޗެމްޕިއަނަކަށް
ބައްޕަ ދިން ސަޕޯޓް، ތޯއިފްގެ އެންމެބޮޑު ހިތްވަރު
ބެޑްމިންޓަން: މިފަހަރު ވެސް ދެބެންގެ ފައިނަލެއް
ކޮވިޑަށް ފަހު ބެޑްމިންޓަން ހަރަކާތްތައް މިއަދު ފަށަނީ
އަޒުމު ވަރުގަދަ، ނިބާލްގެ ހިތްވަރަށް ބަދަލެއް ނާދޭ
އަޖުފާނަށް ނުވަ ވަނަ ފަަހަރަށް ގައުމީ ޗެމްޕިއަންކަން
ތިން ފައިނަލްގައި ކުޅެ ނަބާހާ އަށް ތިން ތަށި!
އަންހެން ސިންގަލްސް ފައިނަލުގައި ދެބެންގެ ކުރިމަތިލުމެއް