Roadha Mihaaru
ބެޑްމިންޓަން: މިފަހަރު ވެސް ދެބެންގެ ފައިނަލެއް

ބެޑްމިންޓަން: މިފަހަރު ވެސް ދެބެންގެ ފައިނަލެއް

14 ނޮވެމްބަރ 2021

ބެޑްމިންޓަން ގައުމީ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުން އެއްމާބަނޑު ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި އާމިނަތު ނަބީހާ އަބްދުއް ރައްޒާގު މިފަހަރު ވެސް ޖާގަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަން ގައުމީ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުން އެއްމާބަނޑު ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި އާމިނަތު ނަބީހާ އަބްދުއް ރައްޒާގު މިފަހަރު ވެސް ޖާގަ ހޯދައިފި އެވެ.

ދެއަހަރު ކުރިން ބޭއްވި އެންމެ ފަހުގެ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރީ މި ދެކުޅުންތެރިންނެވެ. އެފަހަރު މުބާރާތް ކާމިޔާބުކުރީ ނަބާހާ އެވެ.

ފައިނަލުގެ ޖާގަ ނަބާހާ ހޯދީ، އާއިޝަތު އަފްނާން ރަޝީދުގެ މައްޗަށް ސީދާ ދެ ސެޓުން ކާމިޔާބު ހޯދައިގެންނެވެ. ނަބާހާ ސެޓްތައް ގެންދިޔައީ 21-10 އަދި 21-10 އިންނެވެ. ނަބީހާ ފައިނަލުގެ ޖާގަ ހޯދީ ނީލާ ނަޖީބުގެ މައްޗަށް 21-10 އަދި 21-11 އިން ކާމިޔާބު ހޯދައިގެންނެވެ.

ރޭ ކުޅުނު ސެމީ ފައިނަލު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޭ ކުޅުނު ސެމީ ފައިނަލު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަންހެން ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ވާދަކުރާނެ އެވެ. އެ ދެ ކުޅުންތެރިން ފައިނަލުގެ ޖާގަ ހޯދީ އޮޓޮމެޓިކުންނެވެ. ޑަބަލްސް ކެޓެގަރީގައި ތިން ޕެއާ ވާދަކުރުމުން ރޭންކިންގެ އެންމެ ކުރީގައި ތިބޭ ދެ ކުޅުންތެރންގެ ޕެއާ އަށް ފައިނަލުގެ ޖާގަ އޮޓަމެޓިކުން ލިބޭނެ އެވެ. ފައިނަލުގައި އެޕެއާ އާއި ވާދަ ކުރާނީ އަމިނަތު ޝަހުރުނާޒްގެ ޕެއާ އާއި މައިޝާ ފަތުހުﷲ އިސްމާއީލްގެ ޕެއާ އެވެ.

ދެވަނަ ޑިވިޝަން އަންހެނުންގެ ފައިނަލުގައި ވާދަކުރާނީ ފިރުޝާނާ އާއި ޒުހުދާ ހުސައިންއެވެ. ޒުހުދާ ފައިނަލަށް ދަތުރު ކުރީ މަރްޔަމް އުޒުކާ ހުސައިންގެ މައްޗަށް 21-11، 21-11 އިން ކާމިޔާބު ހޯދައިގެންނެވެ.

ދެވަނަ ޑިވިޝަން އަންހެން ޑަބަލްސް އިވެންޓްގައި ވާދަކުރާނީ ބުސައިނާ އަހްމަދު ރިޒާ، ޒުހުދާ ހުސައިންގެ ޕެއާ އާއި އަޒުމީލާ އިބްރާހިމް އާއި ފިރުޝާނާގެ ޕެއާ އެވެ.