10 ނޮވެމްބަރ 2022
މާލޭގައި މިހާރު ކެމިކަލް ގުދަނެއް ނުހުންނާނެ ކަމަށާއި މިހާތަނަށް ހިންގި ހުރިހާ ތަނެއް ވާނީ ތިލަފުއްޓަށް ބަދަލުކޮށްފައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މާލޭގައި މިހާރު ކެމިކަލް ގުދަނެއް ނުހުންނާނެ ކަމަށާއި މިހާތަނަށް ހިންގި ހުރިހާ ތަނެއް ވާނީ ތިލަފުއްޓަށް ބަދަލުކޮށްފައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެހެން ވިދާޅުވީ، އެޗްޑީސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެރި އޮޅުމަކާ ގުޅިގެންނެވެ.
އެޗްޑީސީން ބުނީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި ނުރައްކާތެރި ހާދިސާ އަށް ފަހު، ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ފެށި މަސައްކަތުގެ ދަށުން 34 ތަނެއް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިތުރު 18 ގުދަނެއް ތިލަފުށީގައި އެޅުމުގެ މަސައްކަތް ކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.
މިއުވާން ވިދާޅުވީ، މާލޭގައި ހިންގާ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ފެށި މަސައްކަތަށް ކަނޑައެޅި ތާރީހުގައި ކޮށް ނިންމާފައިވާ ކަމަށެވެ.
"ރާއްޖެ އަށް ކެމިކަލް އެތެރެކުރަން ވެސް ހުއްދަ ނުދޭނެ މާލޭގައި ގެންގުޅޭކަށް. އަޅުގަނޑު ޔަގީންކަން ދެން މާލޭގައި ކެމިކަލް ގުދަންތައް މިހާރު ނުހުންނާނެ ކަމުގެ،" ތަރުޖަމާން ވިދާޅުވި އެވެ.
އެޗްޑީސީން ފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ވެއާ ހައުސްތަކަކީ މިހާރު މާލޭގައި ހުރި ތަންތަން ބަދަލުކުރުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށެވެ.
މާފަންނު ސެންޑްރޯސް ގޭގައި ހިންގާ ގަރާޖެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، މާލޭގައި މިހާރު ކެމިކަލް ގުދަންތައް ހުރެގެން ނުވާނެ ކަމަށާއި އެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"...އެހެންވީމާ މިހާރަކު މާލޭގައި ހުރެގެން ނުވާނެ އެއްވެސް ކެމިކަލް ގުދަނެއް. އަޅުގަނޑަށް ހަމަ ޔަގީން މިހާރު ނުހުންނާނެ ކަން. ގޭގޭގެ ތިރީގަ އާއި ފިހާރަކުގައި ކުރީގަ [ކެމިކަލް ގުދަން] ހުރި. އެއީ ހެންވޭރުގައި ހިނގި ހާދިސާގެ ކުރިން. ނަަމަވެސް އެެ ހާދިސާއަށް ފަހު އަޅުގަނޑުމެން ވާނީ ވަގުތުން ފިޔަވަޅުތައް އަޅާފައި. މާލެއިން ހުރިހާ ކެމިކަލް ގުދަންތަކެއް ވާނީ ތިލަފުއްޓަށް ބަދަލު ކުރެވިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
އެޗްޑީސީން ނެގި 200 މިލިއަންގެ ލޯނަކަށް ގެރެންޓީދީފި
ތިލަފުށީ ފަޅުން އުޅަނދުތައް ނަގަން ހަތް ދުވަސް ދީފި
ދިވެހިންނަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި
ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަނީ
ކުރީގެ ސަރުކާރުން 3 ފަޅު ހިއްކަންދިނީ ބިން ދޭ ގޮތަށް
ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަނީ
ހުޅުމާލެއިން ނުހައްގުން ދިން 50ބިން އަތުލާނަން:ފަޒުލް
ތިލަފުށި 2 ގެ 120 ހެކްޓަރުގެ ބިން ހިއްކައިފި
ތިލަފުށި 2ގެ ފުރަތަމަ ބައި ހިއްކާ ނިންމައިފި