07 ނޮވެމްބަރ 2022
ޖަލަށް ފޯނު ވައްދަން އުޅުނު މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ކުށް ސާބިތުވެ، ފަސް މަހާއި 19 ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމްކޮށްފި އެވެ.
ޖަލަށް ފޯނު ވައްދަން އުޅުނު މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ކުށް ސާބިތުވެ، ފަސް މަހާއި 19 ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމްކޮށްފި އެވެ.
ލ. ދަނބިދޫ ނާއިސް، އަނަސް އަލީގެ މައްޗަށް އެ ހުކުމް އައީ ޖުލައި 2020 ގައި ދޫނިދޫ ޖަލަށް ފޯނު ވައްދަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އޭނާގެ ހަށިގަނޑު ފާސް ކުރިއިރު އޭނާގެ ޖީބުންނާއި އޭނާގެ އަލަމާރި ތެރެއިން ފޯނާއި ސިމް ކާޑާއި ޖަލަށް ތަކެތި ވެއްދުމަށް ލިޔެފައިވާ 18 ކަރުދާސް ނޯޓު ފެނިފައިވާތީ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އަނަސް އެ ދައުވާ އަށް އިންކާރު ކުރިޔަސް، ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އެދުނަސް، އޭނާ ކުށްކުރީ ފުލުހެއްގެ ގޮތުގައި ހުރެ ކަމަށް ވާތީ ޖޫރިމަނާއަކަށް ބަދަލުކޮށްފި ނަމަ އެއީ އެފަދަ ކުށްކުރަން ދެވޭ ހިތްވަރަކަށް ވާނެތީ ޖޫރިމަނާއަކަށް ބަދަލު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެ ކުށުގެ އަދަބަކީ ހަ މަހަށް ޖަލަށް ލުމެވެ. ނަމަވެސް ތަހުގީގު ބަންދުގައި އޭނާ ހޭދަކުރި 11 ދުވަސް އުނިކުރުމަށް ފަހު ފަސް މަހާއި 19 ދުވަށް ޖަލަށްލީ ކަމަށް ގާޒީ އިސްމާއިލް ޝަފީއު ހުކުމުގައިވެ އެވެ.
މާފުށީ ޖަލާއި ދޫނިދޫ ޖަލަށް ވެސް ވަގަށް ފޯނު ވެއްދުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެ މައްސަލަ ހައްލު ކުރުމަށްޓަކައި ޖަލުތަކުގައި ޖޭމަރު ހަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އޮފިސަރުންގެ މައްސަލަ: އެއްބަސްވުން އަނބުރާ ގެންގޮސްފި
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
ސިއްހީ ސަބަބާ ހެދި ބަންދުން ދޫ ނުކުރެވޭނެ: ހައިިކޯޓް
ވަކި ސަރަހައްދެއްގައި ފޯންކޯލް އަހަން ހުއްދައެއް ނުދޭ
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޝަރީއަތެއް މިއަދު
އަދީބުގެ އާދޭސް: އަޅުގަނޑާ މެދު ހިތް ސާފުކޮށްދީ!
އަދީބު ޖަލުން ފިއްލަވާކަށް ނޫޅުއްވާ: ވަކީލުން
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ފުލުހެއްގެ ގައިގައި ދަތްއެޅި އަންހެނަކު ހައްޔަރުކޮށްފި