Roadha Mihaaru
ދި ރައިސް: ފެޑޯއިން ހަދާ ހިތްގައިމު އެޕާޓްމަންޓްތަކެއް

ދި ރައިސް: ފެޑޯ އިން ހަދާ ހިތްގައިމު އެޕާޓްމަންޓްތަކެއް

06 ނޮވެމްބަރ 2022

ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްތަކުގެ ކޮންސެޕްޓް ތައާރަފުވެ، ރާއްޖޭގައި އޭގެ ގިނަ އިމާރާތްތަކެއް ވަނީ ފެންނަން ފަށައިފަ އެވެ. މިފަދަ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އަޅަން ނިންމައި ރާއްޖޭގެ ދުވަސްވީ، ތަޖުރިބާ ހުރި ކޮންސްޓްރަކްޝަން ކުންފުންޏަކުން އަނެއްކާ ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.

ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްތަކުގެ ކޮންސެޕްޓް ތައާރަފުވެ، ރާއްޖޭގައި އޭގެ ގިނަ އިމާރާތްތަކެއް ވަނީ ފެންނަން ފަށައިފަ އެވެ. މިފަދަ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އަޅަން ނިންމައި ރާއްޖޭގެ ދުވަސްވީ، ތަޖުރިބާ ހުރި ކޮންސްޓްރަކްޝަން ކުންފުންޏަކުން އަނެއްކާ ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.

ފެޑޯ މޯލްޑިވްސް އިން ތައާރަފްކުރީ އެ ކުންފުނީގެ ހިތްގައިމު ލަގްޒަރީ އެޕާޓްމެންޓު ކޮމްޕްލެކްސް "ދި ރައިސް" އެވެ.

"ދި ރައިސް"ގެ އެޕާޓްމަންޓް ކޮންސެޕްޓް ނިންމައި ކުންފުނީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ. އެ ކޮމްޕްލެކްސް އިމާރާތް ކުރުމަށް ނިންމާފައި ވަނީ އެކި ކެޓަގަރީތަކުގެ އެޕާޓްމަންޓުތަކަށް ބަހާލައިގެންނެވެ. އޭގޭ ތެރޭގައި ތަފާތު 54 އެޕާޓްމަންޓެއްގެ ޑިޒައިން ހިމެނެ އެވެ.

"ދި ރައިސް" ގެ ކޮޓަރިތައް ޖާގައިގެ ގޮތުން ތަނަވަސްވާނެ. -- ފޮޓޯ: ފެޑޯ މޯލްޑިވްސް

"ދި ރައިސް" ގެ ކޮޓަރިތައް ޖާގައިގެ ގޮތުން ތަނަވަސްވާނެ. -- ފޮޓޯ: ފެޑޯ މޯލްޑިވްސް

ހުޅުމާލޭ އެމްޕީއެލް ޓާމިނަލް ކައިރީ ހުންނަ މިސްކިތާ އިންވެގެން، ވޯޓާ ފްރަންޓް ސަރަހައްދުގައި ތަރައްގީކުރާ އެ އެޕާޓްމަންޓްތަކުގައި ޕާކުގެ ހިތްގައިމު މަންޒަރުތައް ފެންނަ އެޕާޓްމަންޓްތަކާއި، މޫދުގެ ހިތްގައިމުކަން ތަޖުރިބާކުރުމަށް ލިބޭނެ އެޕާޓްމްންޓުތައް ހުންނާނެ އެވެ. އެ އެޕާޓްމަންޓުތައް ފަރުމާކޮށްފައި ވަނީ، ހިތްގައިމު މަންޒަރުގެ އިތުރުން، އަވި ވެސް ވީހާ ބޮޑަކަށް ލިބޭނެ ގޮތަށާއި، އެންމެ ރަނގަޅު ވެންޓިލޭޝަން ލިބޭނެ ގޮތަށެވެ. އަދި އެ އެޕާޓްމަންޓުތަކަކީ، ބެލްކަންޏާއި، ލޯންޑްރީ ރޫމް ވެސް ހުންނަ ގޮތަށް ފަރުމާކޮށްފައިވާ، ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރި ހިމެނޭ، އެޕާޓުމެންޓުތަކެކެވެ. އެ ތަނުގެ ކޮޓަރިތަކަކީ ވެސް ޖާގައިގެ ގޮތުން ތަނަވަސް، ހިތްގައިމު، ޒަމާނީ ސްޓައިލަށް ހަދަން ނިންމާފައިވާ ކޮޓަރިތަކެކެވެ.

އެޕާޓްމަންޓު ހަދާ ނިމޭއިރު ސްވިމިން ޕޫލް އޭރިއާ ވެސް އިމާރާތުގައި ހިމެނޭނެ. -- ފޮޓޯ: ފެޑޯ މޯލްޑިވްސް

އެޕާޓްމަންޓު ހަދާ ނިމޭއިރު ސްވިމިން ޕޫލް އޭރިއާ ވެސް އިމާރާތުގައި ހިމެނޭނެ. -- ފޮޓޯ: ފެޑޯ މޯލްޑިވްސް

އާއިލާތަކަށް ހިތްހަމަޖެހުމާއި، ރައްކާތެރިކަމާއި ލުއި ފަސޭހަކަން ގެނެސްދިނުމުގެ ވިސްނުމުގައި ތަރައްގީކުރާ "ދި ރައިސް" ފަރުމާކޮށްފައި ވަނީ ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމުތަކާ އެކުގަ އެވެ. އެގޮތުން، ސްވިމިން ޕޫލާއި، ޖިމަކާއި، ފުލީ އިކުއިޕްޑް ކިޑްސް އޭރިއާއަކާއި ޕާކުކުރުމަށް ހާއްސަ ދެ ފްލޯ ވެސް ހިމެނެ އެވެ.

The RISE

The RISE

Indulge the thrill of living in perfection and serenity. An elegant urban living concent awakening in the waterfront of Hulhumale'

Fedo

އެޕާޓްމަންޓުތަކާ ގުޅޭ އިތުރު މައުލޫމާތު މި ވެބްސައިޓުގައި ހުންނާނެ.

އެ އިމާރާތް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ކާމިޔާބު ގިނަ ޕްރޮޖެކްޓްތަކެއް ޑިޒައިންކޮށްފައިވާ ޓެކްޓޮން އާކިޓެކްޓްސް އިން ކޮންސެޕްޓް އަދި އިންޖިނިއަރިން ޑިޒައިން އިންނެވެ.

"ދި ރައިސް" އިމާރާތް ކުރާ ފެޑޯ މޯލްޑިވްސް އަކީ ކޮންސްޓްރަކްޝަން ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސްވީ، ތަޖުރިބާ ހުރި، މަތީ ފަންތީގެ ގިނަ ޕްރޮޖެކްޓުތަކެއްގައި މަސައްކަތްކޮށް، ތަފާތު ގިނަ ތަންތަން އިމާރާތް ކޮށްފައިވާ ކުންފުންޏެކެވެ.

"ދި ރައިސް" އާ ގުޅޭ އިތުރު މައުލޫމާތު ކުންފުނީގެ ވެބްސައިޓާއި corporate@fedo.mv އަށް އީމެއިލް ކޮށްގެން ލިބޭނެ އެވެ.