Roadha Mihaaru
ހޯނޑެއްދޫން އިތުރު 69 ކިލޯ ޑްރަގްސް ހޯދައިފި

ވަޅުލާފައި ހުރި އިތުރު 69 ކިލޯ ޑްރަގްސް ހޯނޑެއްދޫ އޮޕަރޭޝަންގައި ހޯދައިފި

02 ނޮވެމްބަރ 2022

ގދ. ހޯނޑެއްދޫގައި ފުލުހުން މީގެ ހަފްތާއެއް ކުރިން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަންގައި މިއަދު އިތުރު 69 ކިލޯ ޑްރަގްސް ހޯދާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯނޑެއްދޫގައި ވަޅުލާފައި ހުއްޓާ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފެނުނީ 13 ކިލޯ ޑްރަގްސް ކަމަށާއި އިތުރަށް ކުރި މަސައްކަތުން މިއަދު ވަނީ ހޯނޑެއްދޫންނާއި ކައިރި ފަޅު ރަށަކުން 69 ކިލޯ ޑްރަގްސް ފެނިފައި ކަމަށެވެ.

މަސްތުވާތަކެތި ހޯދަން ގދ. ހޯނޑެއްދޫގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި، ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ ޕެކެޓްތަކެއް. -- ފޮޓޯ: ޕޮލިސް

މިހާތަނަށް ފެނުނު 82 ކިލޯ ޑްރަގްސްގެ ތެރޭގައި މެތު އަދި ހެރޮއިން ހިމެނޭ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

މަސްތުވާތަކެތި ހޯދަން ގދ. ހޯނޑެއްދޫގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި، ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ ޕެކެޓްތަކެއް. -- ފޮޓޯ: ޕޮލިސް

މަސްތުވާތަކެތި ހޯދަން ގދ. ހޯނޑެއްދޫގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި، ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ ޕެކެޓްތަކެއް. -- ފޮޓޯ: ޕޮލިސް

ހޯނޑެއްދޫގައި ކުރިއަށްދާ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު މެޔަށް ތަދެއް އެރުމަށް ފަހު މަރުވި މައްސަލައެއް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އަންނަނީ ތަހުގީގުކުރަމުންނެވެ. މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓް މޯޓަމް ހެދުމަށް އިންޑިއާ އަށް ގެންގޮސްފަ އެވެ.

އާއިލާ އިން ބުނާ ގޮތުގައި ރަޝީދު މަރުވީ ފުލުހުން އޭނާ ހައްޔަރުކުރި ވަގުތުން ފެށިގެން މެޔަށް ތަދުވާ ކަމަށް ބުނެ ފަރުވާ އަށް އެދެމުން ދިޔައިރު ވެސް ފަރުވާ ނުދީ ލަސްކުރުމުގެ ސަބަބުންނެވެ.