11 ޖެނުއަރީ 2017
ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލުގެ ބިމުގައި ސްކޫލެއް ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނެތް ކަމަށް ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ނިންމައިފި އެވެ.
ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލުގެ ބިމުގައި ސްކޫލެއް ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނެތް ކަމަށް ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ނިންމައިފި އެވެ.
ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގުމަށް، އެޑިއުކޭޝަން މިނިސްޓްރީން ފަރީދިއްޔާ ސްކޫލުގެ ބިން ކޮލިޓޭޓްއާ ހަވާލު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު ވެސް އޭސީސީން ދިޔައީ އެ މައްސަލަ ބަލަމުންނެވެ.
އެކަމަކު އެކަމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމާއެކު އޭސީސީން ވަނީ އެކަން ކުރީ އެ ބިމުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އަލުން ބިޑް ކުރަން ލަފާ ދީފައިވަނިކޮށް ކަމަށް ބުނެފަ އެވެ.
ކުރިން އެ ބިމުގައި ހިންގި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލަށް ދީފައިވާ މުއްދަތު ހަމަވުމުން އެ ސްކޫލު އަލުން ހިންގާނެ ބަޔަކު ހޯދަން އިއުލާން ކުރުމާ އެކު، ޖެހުނު މައްސަލަތަކެއްގެ ތެރޭގައި މި މައްސަލަ އޭސީސީން ބެލުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީ އަށް ދީފައިވާ ލަފާގައި މައިގަނޑު ނުވަ ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އޭސީސީގެ ލަފައާ ހިލާފަށް ކޮލިޓޭޓާ ބިން ހަވާލުކުރުމުން އެކަން ކުރި ސަބަބު ބަޔާން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް އެންގި ކަމަށެވެ. އަދި ފަހުން މިނިސްޓްރީން އެ ސަބަބުތައް ބަޔާން ކުރުމުން، އެ އަށް ބަލައި އެއީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ސަބަބުތަކުގެ ތެރޭގައި ހުރި އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތައް ރަނގަޅު ނޫން ކަމަށް ބަޔާންކޮށް އެކަންތައްތައް ސާފުކޮށްދީފައި. އެހެންވެ، ފަހުން އެ ކަންތައްތަކަށް ބަލައި އަޅުގަނޑުމެން ނިންމީ އެކަމުގައި ކޮރަޕްޝަން ނެތް ކަމަށް،" މުއައްވިޒު ވިދާޅުވި އެވެ.
"އެކަމަކު މި ފަދަ ޕްރޮސެސްތައް ކުރިއަށް ގެންދިޔުމުގައި އިތުރަށް ބަލަން ޖެހޭނެ ކަންކަން ފާހަގަކޮށް، އިތުރު ލަފާތަކެއް އަޅުގަނޑުމެން ދިނިން،"
ސްރީލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން ކޮލިޓޭޓުން މިހާރު އަންނަނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ހުޅުމާލޭގައި ސްކޫލެއް ހިންގަމުންނެވެ. ދިރާސީ އާ އަހަރާއެކު ފެށި އެ ސްކޫލުގައި 800 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ.
އިސްލާމް ދީނާ ފުށުއަރާ ކަމަކަށް ޖާގަ ނުދޭނަން: ގޭޓްވޭ
އޭސީސީން އަންގާނެ، އަޅާލާނެ ކަމެއް ނެތް!
ހުޅުމާލެ ޕްރީ ސްކޫލު ބިޑަށްލާން ކުރި އިއުލާން ބާތިލް
ހުޅުމާލެއަށް ސިންގަޕޫރު މޮޑެލްގެ ސްކޫލެއް
ފޮތްތައް ނުލިބިގެން ގޭޓްވޭ ބެލެނިވެރިން ރުޅިގަދަވެއްޖެ
ހުޅުމާލޭގައި އިންޓަނޭޝަނަލް ދެ ސްކޫލު އަޅަނީ
އޭސީސީއަށް މައްސަލައަކަށް ވަނީ ކިހާވަރެއް ވީމާ؟
ގޭޓްވޭ ދަރިވަރުންނަށް ބެހި ފޮތްތައް އަތުލަން އަންގައިފި
600 ދަރިވަރުންނާއެކު ގޭޓްވޭ އަންނަ އަހަރަށް ތައްޔާރު
ލާލޭ ސްކޫލްގައި ހުރި މުދާތައް ހުސް ކުރަނީ