04 ޖެނުއަރީ 2017
ހުޅުމާލޭގައި މިއަހަރު އަލަށް ކިޔަވައިދޭން ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން ދަރިވަރުންނަށް ބެހި ބައެއް ޓެކްސްޓް ފޮތްތަކުގައި ކްރިސްޓިއަން ޗާޗްތަކެއްގެ ފޮޓޯ ހުރި މައްސަލާގައި ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދަނިކޮށް އެ ފޮތްތައް ދަރިވަރުން އަތުން އަނބުރާ ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
ހުޅުމާލޭގައި މިއަހަރު އަލަށް ކިޔަވައިދޭން ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން ދަރިވަރުންނަށް ބެހި ބައެއް ޓެކްސްޓް ފޮތްތަކުގައި ކްރިސްޓިއަން ޗާޗްތަކެއްގެ ފޮޓޯ ހުރި މައްސަލާގައި ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދަނިކޮށް އެ ފޮތްތައް ދަރިވަރުން އަތުން އަނބުރާ ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
އެޑިއުކޭޝަން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އެ ފޮތްތައް އަނބުރާ އަތުލަން އެންގީ އެ ފޮތްތައް ފާސް ނުކޮށް، ދަރިވަރުންނަށް ބަހާފައިވާތީ ކަމަށެވެ. ދަރިވަރުންނަށް ފޮތް ބެހުމުގެ ކުރިން އެ މިނިސްޓްރީން ފޮތް ފާސްކުރަން ޖެހޭނެ ނަމަވެސް އެ ފޮތްތައް ބެހީ ފާސް ނުކޮށް ކަމަށްވާތީ މިހާތަނަށް ބަހާފައިވާ ހުރިހާ ފޮތެއް އަތުލަން ގޭޓްވޭ ސްކޫލަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ އެ ބޭފުޅުންނާ ދެމެދު އަންޑަސްޓޭންޑިއެއް އޮންނާނެ ފޮތް ފާސްކޮށްގެންއޭ ބަހަންޖެހޭނީ. ވަކި ވަރަކަށް ފޮތް ބެހުނު ފަހުން އެ ބޭފުޅުންނަށް އެކަން ފާހަގަވެގެން މިހާރު ފޮތް ބެހުން ހުއްޓާލައިފި. މިހާރު ފޮތްތައް އަތުލުމުގެ މަސައްކަތް އެބަކުރޭ،" ޝަފީއު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ ފޮތުގައި ހިމެނޭ މައުލޫމާތުތަކުގައި އެއްވެސް ގޯސް އެއްޗެއް ހިމެނޭތޯ އެ މިނިސްޓްރީން ބަލާނެ ކަމަށާއި އެކަން ކަށަވަރު ކުރުމަށް ފަހު ނޫނީ ފޮތް ފާސްކޮށް ނުދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލާއިރު އެއްވެސް މައްސަލައެއް ހުރެއްޖެ ނަމަ ފާހެއް ނުކޮށްދޭނެ" ޝަފީއު ވިދާޅުވި އެވެ.
ޗާޗުތަކެއްގެ ފޮޓޯ ހުރީ ގްރޭޑްގެ ތިނެއްގެ ދަރިވަރުންނަށް ބެހި ފޮތްތަކުގައި ކަމަށް ވަނީ އެނގިފަ އެވެ. އެކަމާ ގުޅިގެން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، ގޭޓްވޭ އިން ވަނީ ދަރިވަރުންނާ ނުގުޅޭ ފޮތެއް ނުދޭނެ ކަމަށް ބުނެ އެ ފޮތް އަތުލައިފަ އެވެ.
ކުރިން ބިޒް އެޓޯލްސް އިން އެ ސްކޫލް ހިންގަމުން ދަނިކޮށް މިއަހަރުން ފެށިގެން އެ ސްކޫލް ހިންގުން ގޭޓްވޭ ކުންފުންޏަށް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ސްކޫލް ފޮތުގަ ޖިންސީ ވާހަކަ، ބެލެނިވެރިން ރަތަށް
ގޭޓްވޭގައި ބޭނުންކުރާނީ ގައުމީ މަންހަޖުގެ ސޯޝަލް ފޮތް
އިސްލާމް ދީނާ ފުށުއަރާ ކަމަކަށް ޖާގަ ނުދޭނަން: ގޭޓްވޭ
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓުފޮތްތައް ބަހަން ފަށައިފި
އަހުމަދިއްޔާ އަށް ހުޅުމާލެއިން ބިމެއް ދެނީ
ގިޔާސުއްދީން ދަރިވަރުންނަށް ހާއްސަ ސްކޫލު ބަހެއް
ފޭސް ދޭއްގެ ފުރަތަމަ ސްކޫލް ސެޕްޓެމްބަރު މަހު ހުޅުވަނީ
ހުޅުމާލޭގައި އަރަބި ސްކޫލެއް ހުޅުވަން އެދި ޕެޓިޝަނެއް
ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށައިފި
މާލޭގެ ސްކޫލްތައް އަނެއްކާވެސް ދެ ހަފުތާ އަށް ބަންދު