22 ޑިސެމްބަރ 2016
ސްރީލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން ހުޅުމާލޭގައި ހިންގަން ފަށާ އާ ސްކޫލު، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލަށް މިހާތަނަށް 600 އަށް ވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީވެފައިވާ ކަމަށާއި ދިރާސީ އާ އަހަރާ އެކު އެ ތަނުގައި ކިޔެވުން ފެށޭނެ ކަމަށް ބުނެފި އެވެ.
ސްރީލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން ހުޅުމާލޭގައި ހިންގަން ފަށާ އާ ސްކޫލު، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލަށް މިހާތަނަށް 600 އަށް ވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީވެފައިވާ ކަމަށާއި ދިރާސީ އާ އަހަރާ އެކު އެ ތަނުގައި ކިޔެވުން ފެށޭނެ ކަމަށް ބުނެފި އެވެ.
ހުޅުމާލޭގައި ހުންނަ ފަރީދިއްޔާ ސްކޫލުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުުކުރީ މިދިޔަ މަހުގެ 17 ގަ އެވެ. އެހެންވެ، ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް ފެންވަރަށް އެ ތަނުގައި ކިޔަވައިދޭން ފެށުންވީ އެ ސްކޫލަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
އެކަމަކު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ދިރާސީ އާ އަހަރާއެކު އިންޓަނޭޝަނަލް ފެންވަރަށް އެ ތަނުގައި ކިޔަވައިދޭން ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ ތަކެތި ހަމަކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ލިބުނީ ދޮޅުމަހެއްހާ ދުވަސް. އެހެންވީމަ، ސްކޫލުގެ ކިޔެވުން ފެށޭ އިރު ހުރިހާ ވަސީލަތްތަކެއް އެންމެ ފުރިހަމަ އަށް ނުހުރެދާނެ. އެކަމަކު މި ތަނުގައި ކިޔަވައިދޭން ފަށާނީ ހަމަ އިންޓަނޭޝަނަލް ސްކޫލެއްގެ ފެންވަރަށް،" ރަޝީދު ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ފެންވަރަށް ކިޔަވައިދޭ އިރު ފެންނާނެ ތަފާތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ސްކޫލުގެ ހުރިހާ ޓީޗަރުންނަކީ ވެސް އެންމެ ކޮލިފައިޑް ޓީޗަރުން ކަމަށެވެ.
ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލަށް ގާތްގަނޑަކަށް މިހާރު ވަނީ ޓީޗަރުން ހަމަކޮށްފަ އެވެ. ރާއްޖޭން ބޭރުން ގެންނަން ޖެހޭ، މަދުވާ ދެތިން ޓީޗަރުން ވެސް ކިޔެވުން ފެށުމުގެ ކުރިން މާލެ އަންނާނެ ކަމަށް ސްކޫލުން ބުންޏެވެ.
"ކިޔަވައިދޭ ޓީޗަރުންގެ އަތުގައި އެންމެ ދަށް ވެގެން ޑިގްރީއެއް އޮންނަން ޖެހޭނެ. އެހެންވެ، މި ތަނުގެ ހުރިހާ ޓީޗަރުން ވެސް ވާނީ ވަރަށް ކޮލިފައިޑް ޓީޗަރުންނަށް،" ރަޝީދު ވިދާޅުވި އެވެ.
ޓީޗަރުންގެ އިތުރުން އެ ސްކޫލުގެ ބައެއް ވަސީލަތްތައް ވެސް އެހެން ސްކޫލުތަކާ ތަފާތުކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ދަރިވަރުން ބޭނުން ކުރާ ގޮނޑި އާއި މޭޒު ހުންނާނީ އެ ކުއްޖަކު ބޭނުން ވަަރަކަށް އެޖެސްޓު ކުރެވޭ ކަހަލަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ސްކޫލަށް ގެނައި އެހެން ބަދަލުތަކާ ގުޅޭ މާ ބޮޑު މައުލޫމާތެއް އޭނާ ނުދެއްވަ އެވެ.
ފަރީދިއްޔާ ސްކޫލުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރުމުގެ ކުރިން އެ ތަނުގައި ހިންގީ ލާލޭ އިންޓަނޭޝަނަލް ސްކޫލެވެ.
ރަޝީދު ވިދާޅުވީ ލާލޭގައި ކިޔެވި ދަރިވަރުންގެ އިތުރުން ވެސް އިތުރު 100 އެއްހާ ދަރިވަރުން އެ ސްކޫލާ ގުޅުނު ކަމަށެވެ. އަދި އެ ސްކޫލުގައި މިހާރު ކިޔަވައިދޭން ނިންމާފައިވަނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ދިހައަކާ ހަމަ އަށް ނަމަވެސް އަންނަ އަހަރުގެ މެދެއްހާ ތަނުގައި އޭލެވެލް އަށް ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
އެ ސްކޫލުން ކުރިން ބުނެފައިވާ ގޮތުގައި އެތަނުގައި ކިޔަވައިދޭނީ ޓިއުޝަން ފީ ދައްކަން ނުޖެހޭ، ހޯމްވޯކް ނުދޭ ޕޮލިސީގެ ދަށުންނެވެ.
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
ދިރާސީ އަހަރަށް ގެނައި ބަދަލު ދާއިމީކުރާނެތޯ ބަލަނީ
މާލޭގެ ސްކޫލްތައް އަނެއްކާވެސް ދެ ހަފުތާ އަށް ބަންދު
އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފެށޭތޯ ބަލަނީ
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!