30 އޮކްޓޯބަރ 2022
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ އެއްވެސް ކަމަކަށް ސަރުކާރުގެ ނުފޫޒެއް މިހާރު ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ އެއްވެސް ކަމަކަށް ސަރުކާރުގެ ނުފޫޒެއް މިހާރު ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
"އެންޓި ކޮރަޕްޝަން ކޮންފަރެންސް 2020" ފެށުމަށް ބަނޑޮސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަަމަށެވެ.
އެ މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ ރައީސް ވިދާޅުވިގޮތުގައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ މިނިވަން މާހައުލެއް ގާއިމުކޮށްދިނުމެވެ.
"ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް އަދި ކުރާ ތަހުގީގަކަށް ވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ،" ކޮރަޕްޝަންގެ ހުއްޓުވުމުގެ "ޒީރޯ ޓޮލަރެންސް" ގެ ސްލޯގަންއާއެކު ވެރިކަން ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހިންގާ ކޮރަޕްޝަންގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެއީ ހުރިހާ ދައުލަތެއްގެ ތިން ބާރުގަ އާއި މުޖުތަމައުގައި ވެސް ހިނގަމުންދާ ކަންކަން ކަމަށެވެ. އެ ކަންކަން ރަނގަޅު ކުރުމަށް ވަގުތު ނަގާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ގައުމެއްގައި ހިނގާނެ އެންމެ ބޮޑު ކޮރަޕްޝަނަކީ އެކަމަށް ހިތްވަރުދީ، ކޮރަޕްޝަނަށް ރުހުމެވެ.
"ކޮރަޕްޝަނާއި ފަސާދަ އާއި ނާޖާއިޒު ފައިދާ ނެގުމަކީ ދައުލަތުގެ ތެެރޭގައި އިންތިޒާމުވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށް ވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އޭސީސީ ގުޅިގެން މިއަދު ފެށި އެ މަހާސިންތާ މާދަމާގެ ނިޔަލަށް ކުރިއަށް ގެނދާނެ އެވެ. އެ ބައްދަލުވުމުގައި ސަރުކާރުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކުން ވެސް ބައިވެރިވެ އެވެ.
އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން: ރައީސް
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް
ޒީރޯ ޓޮލަރެންސާއެކު ކޮރަޕްޝަން ރިޕޯޓްކުރުން އިތުރުވެއްޖެ
ކުރީގެ ސަރުކާރުގެ ހިޔާނާތުގެ މައްސަލައެއް ބަލަނީ
އަދީބާއި ޒިޔަތަށް ލުއިދިނުމަކީ ދިން ހިތްވަރެއް: ޓީއެމް
ރައީސް ނިންމެވި ބައެއް ނިންމުންތައް ވެސް އޭސީސީ އަށް
ރައީސްގެކެމްޕޭނަށް މުއައްސާތަކުން ފާރަވެރިވާން ގޮވާލައިފި
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ދައުލަތުގެ ތެރޭގައި ހިޔާނާތް ހިންގައިގެން ނުވާނެ:ރައީސް