25 ޖެނުއަރީ 2022
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ މިދިޔަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް ވެއްޓިއްޖެ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ މިދިޔަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް ވެއްޓިއްޖެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގެ ނަތީޖާ އިން ރާއްޖެ ތިން ޕޮއިންޓް ދަށަށް ވެއްޓިފައިވާ ކަމަށެވެ.
ސީޕީއައި އަކީ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ ވަރު ބެލުމަށް ހަދާފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޕޮއިންޓް ދޭ އިންޑެކްސް އެކެވެ.
މީގެ ދެ އަހަރު ކުރިން، 2020 ވަނަ އަހަރުގެ ސީޕީއަ އިން ރާއްޖެ އަށް ލިބުނީ 43 ޕޮއިންޓާއެކު 180 ގައުމުތަކުގެ ތެރެއިން 75 ވަނަ އެވެ. ނަމަވެސް މިދިޔަ އަހަރު 40 ޕޮއިންޓާއެކު 85 ވަނަ ލިބިފައިވާ ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނީ، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައި ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމާއި ތަންފީޒުކުރުމުގައި އަދިވެސް ފަހަތަށް ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އެކި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ފާހަގަކުރި އެވެ.
މި ސަރުކާރުގައި ބައިނަލްއަގްވާމީ މިންގަނޑުން ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ގޯސްވަމުންދާކަން ދެއްކިއިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަންގައި ގެންގުޅުއްވާނީ "ޒީރޯ ޓޮލެރެންސް" ކަމަށް ވިދާޅުވަމުންނެވެ. އެކަމަކު، ނޮވެމްބަރު 2018 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، އެކަން އަމަލީ ގޮތުން ނުދެއްކޭ ކަމަށް ބުނެ އެ މަނިކުފާނަށާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެ އެވެ.
"ސީޕީއައި އިންޑެކްސްގެ މެދު ދަރަޖައިގެ ރޭންކެއް ރާއްޖެއަށް ލިބުން ރަމްޒު ކޮށްދެނީ ގްރޭންޑް ކޮރަޕްޝަން ފަދަ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް އޮތް ކަމެވެ. އަދި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ މުއްސަނދި މަދު ބަޔަކު ގިނަ ބައެއްގެ ހައްގުތައް ނަގާލައި އަމިއްލަ މަންފާ ހޯދަމުންދާ ކަމެވެ،" ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.
"ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި މި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދަން ޖެހޭކަން ވަރަށް ސާފެވެ."
މި ސަރުކާރުގައި ބައިނަލްއަގްވާމީ މިންގަނޑުން ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ގޯސްވަމުންދާކަން ދެއްކިއިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަންގައި ގެންގުޅުއްވާނީ "ޒީރޯ ޓޮލެރެންސް" ކަމަށް ވިދާޅުވަމުންނެވެ. އެކަމަކު، ނޮވެމްބަރު 2018 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، އެކަން އަމަލީ ގޮތުން ނުދެއްކޭ ކަމަށް ބުނެ އެ މަނިކުފާނަށާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެ އެވެ.
ސީޕީއައިގެ މިދިޔަ އަހަރުގެ ޝިއާރުން އެނގޭ ގޮތުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމަށް ކޮރަޕްޝަން މަގުފަހިކޮށްދެ އެވެ. އަދި ކޮރަޕްޝަންގެ ސަބަބުން ދައުލަތުން އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް ރައްކާތެރިކުރަންޖެހޭ ވަރަށް އެކަން ނުކުރެވޭތީ އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުން ޒިންމާދާރުވުމުން ބަރީއަވުމަށް ވެސް މަގު ފަހިކޮށްދޭ ކަމަށް ބަޔާނުގައި ބުނެ އެވެ.
ސީޕީއައި އިންޑެކްސްގެ މެދު ދަރަޖައިގެ ރޭންކެއް ރާއްޖެ އަށް ލިބުން ރަމްޒު ކޮށްދެނީ ގްރޭންޑް ކޮރަޕްޝަން ފަދަ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް އޮތް ކަމެވެ. އަދި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ މުއްސަނދި މަދު ބަޔަކު ގިނަ ބައެއްގެ ހައްގުތައް ނަގާލައި އަމިއްލަ މަންފާ ހޯދަމުންދާ ކަމެވެ،"--- ޓްރާންސްޕޭރެންސީ މޯލްޑިވްސް
ކޮރަޕްޝަންގެ ވަރު ކުޑަކޮށް، ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ގޮވާލާފައިވާ ގޮވާލުންތައް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ދިވެހި ސަރުކާރަށް ހުށަހަޅައިފަ އެވެ.
އޭގެ ތެރޭގައި، ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ކަމާބެހޭ މުހިއްމު މައުލޫމާތު ވަގުތުން ވަގުތަށް ހިއްސާ ކުރުމާއި ހާމަކަން ބޮޑުކޮށް، ވަގުތުން ވަގުތަށް މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރަން ފޮނުވުމަށް ބޭނުންވާ ގާބިލްކަން އިތުރުކުރުމާއި އެސެޓް ޑިކްލަރޭޝަން ނިޒާމު ވަރުގަދަ ކުރުން ހިމެނެ އެވެ. އަދި ސިޔާސީ މީހުންނާއި ސަރުކާރުން މުވައްޒަފުން ޒިންމާދާރުކޮށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ނައްތައިލުމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރަށް ހުށަހެޅި އެވެ.
އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނުމުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ހުސްކަމެއް އުފެދިފައިވާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވީހާ ވެސް އަވަހަކަށް އާ މެމްބަރުން އައްޔަންކޮށް އޭސީސީގެ ޕާފޯމަންސް އޮޑިޓުގައި ފާހަގަކޮށްފައިވާކަން ކަންކަން ފުރިހަމައަށް ރިއާޔަތްކޮށް، އެކަންކަމަށް ހައްލު ހޯދުމަށް އެ ޖަމިއްޔާ އިން ގޮވާލާފައިވެ އެވެ.
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ
އޭސީސީ އަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ: ރައީސް
އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން: ރައީސް
ޒީރޯ ޓޮލަރެންސާއެކު ކޮރަޕްޝަން ރިޕޯޓްކުރުން އިތުރުވެއްޖެ
ކުރީގެ ސަރުކާރުގެ ހިޔާނާތުގެ މައްސަލައެއް ބަލަނީ
އަދީބާއި ޒިޔަތަށް ލުއިދިނުމަކީ ދިން ހިތްވަރެއް: ޓީއެމް
ރައީސް ނިންމެވި ބައެއް ނިންމުންތައް ވެސް އޭސީސީ އަށް
ރައީސްގެކެމްޕޭނަށް މުއައްސާތަކުން ފާރަވެރިވާން ގޮވާލައިފި
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ދައުލަތުގެ ތެރޭގައި ހިޔާނާތް ހިންގައިގެން ނުވާނެ:ރައީސް