26 އޮކްޓޯބަރ 2022
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ މީހެއް ކަމަށްވާ އަބްދުﷲ ރަޝީދު (މާޓީ) ގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ މީހެއް ކަމަށްވާ އަބްދުﷲ ރަޝީދު (މާޓީ) ގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.
ޑްރަގު އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގދ. ހޯނޑެއްދޫން އިއްޔެ ހައްޔަރުކުރީ ތިން މީހުންނެވެ. އެ ތިން މީހުންގެ ތެރެއިން ނިޔާވި، ރަޝީދަކީ ހައްޔަރުކުރި ފުރަތަމަ މީހާ އެވެ.
އޭނާގެ މަރާ ގުޅިގެން ބަޔަކު ވަނީ އޭނާ ގެ ހަށިގަނޑު ގެންދިޔަ، މަޑަވެލި ސިއްހީ މަރުކަޒު ދޮށަށް އެއްވެ ނުރުހުންފާޅު ކޮށްފަ އެވެ.
އެ މީހުން ބުނެފައި ވަނީ މެންދުރެއްހާއިރު ހައްޔަރުކުރަނިކޮށް ފަރުވާދޭން އެދުމުން އަޅާނުލައި އޭނާ ލޯންޗަށް އަރުވައިގެން ގެންދިޔަ މަގުމަތީގައި ނިޔާވުމުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި، އެ ހާދިސާ ހިނގީ ފުލުހުން އޭނާ އަށް ފަރުވާދޭން އިހުމާލުވެފައިވާތީ އެވެ.
ފުލުހުން ބުނީ ރަޝީދުގެ ހަށިގަނޑު ރޭ ދަންވަރު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައީ ނިޔާވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް އިންޑިޔާއަށް ފޮނުވުމަށެވެ.
އޭނާ ނިޔާވީ ފުލުހުންގެ އިހުމާލު ކަމަށް ކުރާ ތުހުމަތުތައް ފުލުހުން ވަނީ ދޮގުކޮށްްފަ އެވެ. ފަރުވާއަށް އިހުމާލު ވެފައި ނުވާނެ ކަމަށާއި ފަރުވާ ބޭނުންވާކަން އެނގުމާ އެކު އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ މަރާ ގުޅިގެން ސުވާލު އުފެއްދުމުން، މައްސަލަ ބަލައިދޭން އެ މުއައްސަސާ އިން ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމައެއް ނުކުރާނެ
ޕޯސްޓްމޯޓަމް ހެދިއްޔާ ހަށިގަނޑާ ހަވާލުނުވާނަން: އާއިލާ
ރަޝީދުގެ އޮޓޮޕްސީ ހަދަން އާއިލާއިން ދެކޮޅު ހަދައިފި
ފުލުހުން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށް: ޕީޕީއެމް
ހައްޔަރުކުރި މީހާ ލޯންޗުގައި މަރުވުމުން ބޮޑު ތުހުމަތެއް
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
އެއް ބިލިއަންގެ ޑްރަގްގެ މައްސަލާގައި އެންމެން ބަންދަށް
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު