25 އޮކްޓޯބަރ 2022
އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަން ހޯއްދަވައި އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ހޯއްދަވާފައިވާ، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އަށް، ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވަން ފައްޓަވައިފި އެވެ.
އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަން ހޯއްދަވައި އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ހޯއްދަވާފައިވާ، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އަށް، ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވަން ފައްޓަވައިފި އެވެ.
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމު ރިޝީ އަށް ކަށަވަރުވީ، އެ މަގާމުގައި ހުންނެވި ބޮޑުވަޒީރު ލީޒް ޓްރަސް މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުން، ރިޝީއާ އެކު އެމަގާމަށް ވާދަކުރެއްވި އަނެއް ދެ ބޭފުޅުން ނަން އަނބުރާ ގެންދެވުމުންނެވެ. ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރެއްވުމަށް ފަހު، އެކަށީގެންވާ ވަރަށް ތާއީދު ނެތްކަން އެނގިވަޑައިގަތުމުން ނަން އަނބުރާ ގެންދެވީ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ކޮމަންސް)ގެ ރައީސް ޕެނީ މޯޑައުންޓް އެވެ.
ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރެއްވުމަށް ކުރެއްވި މަސައްކަތުގައި، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ އެ ޕާޓީގެ މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ތާއީދު ލިބިވަޑައިނުގަތުމުން، ބޮރިސް އެ މަސައްކަތް ހުއްޓަވައިލެއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ޕެނީ މޯޑައުންޓް ވެސް އެންމެ ފަހު ވަގުތާ ހަމައަށް، 100 މެމްބަރުން ހަމަވޭތޯ ބެއްލެވުމަށް ފަހު، ސުންގަޑި ހަމަވިއިރު އެކަން ކާމިޔާބު ނުވުމުން، ރިޝީ އަށް ފުރުސަތު ލިބިވަޑައިގަތީ އެވެ.
ރިޝީ އަށް އިނގިރޭސި ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެ ކަން ޔަގީންވުމާއެކު، އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުފާ ފާޅުކުރުމުގެ ހަރަކާތްތައް އަމިއްލަ ފަރާތްތަކުން ފެށި އެވެ. އިނގިރޭސި ވިލާތުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުން ވެސް އިއްޔެ އާއި ރޭ ވެސް ވަނީ ވަރަށް ކުލަ ގަދަކޮށް އެކަން ފާހަގަކޮށްފަ އެވެ. އިންޑިއާގެ ނޫސްތަކުގައި ވެސް ވަނީ ފަލަ ސުރުޚީގައި އެކަން ފާހަގަކޮށްފަ އެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން އެމެރިކާ، އަޔަރލޭންޑް، ވިލާތުގެ އިއްތިހާދު އަދި އިންޑިޔާ އާއި ޔޫކްރޭނުން ވަނީ ރިޝީ އަށް މަރުހަބާ ކިޔައިފަ އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި ގޮތުގައި އިނގިރޭސި ބޮޑުވަޒީރުކަން ރިޝީ އަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވިދާޅުވީ ބައިނަލްއަގުވާމީ ކަންކަމުގައި، ރިޝީއާ އެކުގައި ވަރަށް ގާތުން މަސައްކަތް ކުރުމަށް އިންޑިއާ ބޭނުންވާ ކަމަށެވެ. ވިލާތުގެ އިއްތިހާދުގެ ރައީސް ޗާލްސް މިޝޭލް ވިދާޅުވީ މިހާރު ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރަން އޮތް ހަމައެކަނި ކަމަކީ އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. ވިލާތުގެ އިއްތިހާދުން އިނގިރޭސި އާ ސަރުކާރާ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޔަލޭންޑްގެ ބޮޑުވަޒީރު މިޝޭލް މާޓިން ވިދާޅުވި ގޮތުގައި ރިޝީއާ އެކުގައި މަސައްކަތް ކުރެއްވުމަށް އޭނާ ހުންނެވި ތައްޔާރަށެވެ. އިނގިރޭސި ޖަޒީރާތަކަށާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު ކަންކަމާ ގުޅޭ ގޮތުން ރިޝީއާ އެކުގައި އަޔަލޭންޑުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް އޮލެކްސެންޑާ ކޯރްނިއެންކޯ ވިދާޅުވީ ދުވަސްތަކެއްގެ ސިޔާސީ ހަލަބޮލިކަމަށް ފަހު، އިނގިރޭސި ވިލާތަށް ސިޔާސީ ހަމަޖެހުން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރިޝީ، 42، އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ އެކު، އިނގިރޭސި ވެރިކަމުގެ ތާރީޚަށް މުޅިން އާ ބަދަލެއް އަންނާނެ އެވެ. އޭނާ ވާނީ މިދިޔަ 200 އަހަރުގެ ތެރޭގައި އެ މަގާމަށް އައްޔަންކުރެވޭ އެންމެ ހަގު ބޮޑުވަޒީރަށެވެ. އަދި އޭނާ ވެގެން ދާނީ އެ ގައުމުގައި ބޮޑުވަޒީރުކަން ކުރައްވާ އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާ އަށާއި، ދޮން ނަސްލު ނޫން އެހެން ނަސްލެއްގެ ފުރަތަމަ ބޮޑުވަޒީރަށް ވެސްމެ އެވެ. އަދި ކްރިސްޓިއަން ދީން ނޫން އެހެން ދީނެއްގެ ފުރަތަމަ ބޮޑުވަޒީރަށް ވުމުގެ އިތުރުން ހިންދީ ދީނުގެ ފުރަތަމަ ބޮޑުވަޒީރަށް ވެސްމެ އެވެ.
އިނގިރޭސި ބޮޑުވަޒީރު ކަމަށް ރިޝީ ޢައްޔަންކުރައްވައިފި
ރިޝީ އަށް ފުރުސަތު ދެއްވައި، ބޮރިސް ރޭހުން ބޭރަށް
ކޮޕް ސަމިޓްގައި ރަސްގެފާނު ޗާލްސް ބައިވެރިނުވާނެ
ރާނީ އަށް ފަހުގެ އިހްތިރާމް އަދާކުރުން މިއަދު ފެށޭނެ
ރާނީގެ އެންމެ ފަހުގެ އާންމު ފޮޓޯ
ބޮޑުވަޒީރު ލީޒްގެ ކެބިނެޓް އިއުލާންކުރައްވައިފި
އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް ލީޒް ޓްރަސް
އިނގިރޭސި އާ ބޮޑުވަޒީރު މިއަދު އިއުލާން ކުރެވޭނެ
ޔަހޫދީން ރުއްސަން އިނގިރޭސި ބޮޑުވަޒީރު ވެސް އިޒްރޭލަށް
ޕްރިންސް ހެރީ ބައިވެރިކުރީ ނަމެއްގައި