20 އޮކްޓޯބަރ 2022
މި ސަރުކާރުން ރަށްރަށުގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކާ އެކު ދެން އަންނަ ދައުރަކަށް ވާން ޖެހޭ އަސާސީ ހިދުމަތްތަކުގެ އެއްވެސް ވައުދެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު، އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފި އެވެ.
މި ސަރުކާރުން ރަށްރަށުގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކާ އެކު ދެން އަންނަ ދައުރަކަށް ވާން ޖެހޭ އަސާސީ ހިދުމަތްތަކުގެ އެއްވެސް ވައުދެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު، އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި މިއުވާން ވިދާޅުވީ ޔާމީން ހއ. އިހަވަންދު އަށް ވަޑައިގެން، ދެން އަންނަަ ދައުރެއްގައި އެ ރަށުގައި އައިސްޕްލާންޓަކާއި ބަނދަރެއް ހަދާނެ ކަމަށް ވިދާޅުވެފައި ވިޔަސް އެއީ މި ސަރުކާރުން މިހާރު ނިންމާފައި އޮތް މަސައްކަތެއް ކަމަށެވެ.
މި ސަރުކާރުން ވަނީ އިހަވަންދޫ އައިސްޕްލާންޓްގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އިތުރުކޮށްފަ އެވެ. އަދި 24 ގަޑިއިރު މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައި ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
ހއ. އަތޮޅުގެ ފަސް ރަށަކަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ތިން ދުވަހަށް ކުރެއްވި ދަތުރުފުޅުގައި އިހަވަންދޫގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވެފައި ވަނީ އެ ރަށުގެ މަސްވެރިންނަށް އެ ރަށުން ޑީސަލް އާއި އައިސް ލިބޭނެ ގޮތް ޕީޕީއެމްގެ ސަރުކާރުގައި ހަދައިދޭނެ ކަމަށެވެ. އަދި އެ ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. ދިއްދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ރައްޔިތުންނާ ސަލާންކުރައްވަނީ -- ފޮޓޯ: ޕީޕީއެމް
މިއުވާން ވިދާޅުވި ގޮތުގައި އިހަވަންދޫގައި އައިސް ޕިލާންޓެއް ހުރި ކަމާއި އެ ރަށުގެ ބަނދަރު ހަދާ ނިމިފައި އޮތްކަން ޔާމީނަށް އެނގިވަޑައިނުގަތީ، އެ މަނިކުފާނަކީ އެއްވެސް އިރެއްގައި ރަށްރަށުގެ ތަރައްގީގެ ކަންކަމަށް އިސްކަންދެއްވި ބޭފުޅަކަށް ނުވާތީ އެވެ.
ރަށްރަށުގެ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް އަޅުގަނޑުމެންގެ މި ފަސް އަހަރު ނިމިގެންދާއިރު، ހުންނާނީ ގާއިމްކުރެވިފައި. -- މިއުވާން
"ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީ ކުދި އަދި މެދުމިނުގެ ރަށްތަކާއި މާލެއިން ބޭރުގެ އެހެން ހިސާބުތަކުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްނުދެއްވައި، މާލެ އަށް ކޮށްދިން ކަންތަކުގެ ފޮޓޯޖެހި ބެކްގްރައުންޑެއްގައި ކުރިމަތީގައި ހުންނަވައިގެން އެގޮތަށް އަނެއްކާ ވެސް ރަށްރަށަށް ވަޑައިގެންފި ނަމަ އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް އެ ވިދާޅުވާ ވިދާޅުވުން ހިޔެއްނުވޭ ރައްޔިތުން ގަބޫލުކުރާނެހެނެއް،" ބައިގަޑިއިރަށް ކުރިއަށް ތިޔަ ޕްރެސްގައި މިއުވާން ވިދާޅުވި އެވެ.
"ރަށްރަށުގެ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް އަޅުގަނޑުމެންގެ މި ފަސް އަހަރު ނިމިގެންދާއިރު، ހުންނާނީ ގާއިމްކުރެވިފައި."
ރަށްރަށުގައި ފެނާއި ނަރުދަމާ އާއި ބަނދަރު ގާއިމްކޮށް އަދި ބޭނުންވާ އަސާސީ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ޔާމީން ވައުދުވެވަޑައިގަންނަވަން މިހާރު ނުޖެހޭނެ ކަމަށް މިއުވާން ވިދާޅުވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ފުރިހަމަވާނެ ކަމަށް ވިދާޅުވި އެވެ.
ހއ. އަށް ކުރެއްވި ދަތުރުގައި ޔާމީން ވާނީ އެ އަތޮޅު ދިއްދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ބޭއްވި ބައްދަލުވުންތަކުގައި މި ސަރުކާރުގެ އެކި ކަންކަމަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ޔާމީން ރާއްޖެއިން ބޭރަށް 30 ދަތުރުފުޅު ކުރެއްވި
ޔާމީނާ ބައްދަލުކުރައްވަން މުއިއްޒު އަދި ބޭނުންފުޅެއްނޫން
ރައީސްގެ އެޑްވައިޒަރު ޝިހާބު އިސްތިއުފާދެއްވައިފި
ރައީސްގެ އެޕޮއިންޓްމަންޓަކަށް ލިޔުމުން އެދިއްޖެ
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
އިދިކޮޅުގެ ލީޑަޝިޕް ރައީސް އޮފީސް ދޮށަށް!
މޮރިޝަސްއަށް ފޮނުވި ސިޓީ ކޮމިޓީއަށް ދޭނެ: ސަރުކާރު
ބޮމުގެ ހަމަލާއާ ރައީސާ ގުޅުވާ ނަމަ ފިޔަވަޅު އަޅަނީ
ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ ނަމަ މަގާމު އަތުލާނެ
އަމްރު މަގާމުން ވަކިކުރަން ޕީސީބީއަށް ފޮނުވައިފި