17 އޮކްޓޯބަރ 2022
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާކޮށްފައިވާ ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް ފަޒުލޫން މުހައްމަދާއި އާދަމް ނިޝާނަށް ވަކީލުން ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާކޮށްފައިވާ ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް ފަޒުލޫން މުހައްމަދާއި އާދަމް ނިޝާނަށް ވަކީލުން ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ދިވެހި ސަރުކާރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގުޅިގެން ބޭއްވި ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުންތަކުގެ މައްސަލައިގައި ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ފަޒްލޫނާއި އާދަމް ނިޝާނަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ނިޝާނާއި ފަޒްލޫންގެ މައްޗަށް ކުރާ ދައުވާތަކުގެ ފުރަތަމަ އަޑުއެހުމަށް މިއަދު އެ ދެ މީހުން ވެސް ކޯޓަށް ހާޒިރުވީ ވަކީލަކު އައްޔަން ނުކޮށެވެ. ދެ މީހުން ވެސް ބުނީ ކޯޓުން ހަވާލުކުރި ލިޔުންތައް ލިބިއްޖެ ކަމަށާއި ދެން ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ.
ވަކީލަކު އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދުމުން، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު 10 ދުވަސް ދެއްވި އެވެ.
ދައުލަތުން މިއަދު ހަމައެކަނި ބުނީ މައްސަލައާއެކު ފޮނުވާފައިވާ ވަރަށް ގިނަ ސީޑީތަކެއް ހުންނާނެ ކަމަށެވެ. ދައުވާ ލިބޭ ފަރާތްތަކަށް ދީފައި ހުރި ސީޑީތައް މަސައްކަތް ކުރާކަން ކަށަވަރު ކުރަން ވެސް އެދުނެވެ.
ނިޝާނާއި ފަޒްލޫން އަށް ދައުވާކޮށްފައިވާއިރު، ޔޯގާ ހަމަނުޖެހުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭނާއާއެކު، އިތުރު ހަ މީހަކަށް އެ ދައުވާ ކުރެ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ވެސް ހަ މީހަކަށް ކުރެ އެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ އިތުރު ދައުވާއެއް 15 މީހަކަށް ކުރާއިރު، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެެއް އެކަކުގެ މައްޗަށް އަދި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާއެއް ތިން މީހެއްގެ މައްޗަށް ކުރެ އެވެ.
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
ޔޯގާ ހަމަނުޖެހުން: 18 މީހަކަށް ދައުވާކޮށްފި
ފަޒްލޫން ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓް
ނިޝާން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް
ނިޝާން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
ޝައިހް ފަޒްލޫން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ޝައިހް ނިޝާން ވެސް ބަންދުން ދޫކޮށްލައިފި
ޝޭހް ނިޝާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި
ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލީ ރަނގަޅަށް