27 އޯގަސްޓް 2024
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް މިއަދު އޭނާ ހާޒިރުވެ ވަޑައިނުގަތުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް މިއަދު އޭނާ ހާޒިރުވެ ވަޑައިނުގަތުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ.
މެއި، 2022 ގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް މީހުން ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު އޭގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ މެމްބަރު މުހައްމަދު އިސްމާއިލް ކޯޓަށް ހާޒިރުވެ ވަޑައިނުގަތުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އޭރުން މަޖިލިސް މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް މިއަދު ކުރިއަށް ގެންދަން ތާވަލްކުރި ނަމަވެސް ވަކީލުން ނެތުމުން އެ މައްސަލާގެ އަޑުއެހުން މިއަދު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ޔޯގާ ހަމަނުޖެހުން: 18 މީހަކަށް ދައުވާކޮށްފި
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް
ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، މިނިވަންވެއްޖެ
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ
ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބަލާ ބެންޗު އުވާލައިފި
ނިޝާނާއި ފަޒްލޫނަށް ވަކީލުން ހޯދަން 10 ދުވަސް