08 އޮކްޓޯބަރ 2022
ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލާގައި ސުޕްރީމް ކޯޓުން މާދަމާ ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.
ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލާގައި ސުޕްރީމް ކޯޓުން މާދަމާ ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ކުރި ހުކުމް މައްސަލަ ކޯޓުތަކުގައި ހިނގަމުންދާ އަހަރުތަކެއް ވެއްޖެ އެވެ.
އެ ކުންފުންޏަށް ބަދަލު ދޭން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް 2018 ވަނަ އަހަރު ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓަށް އެ މައްސަލަ ބަލައިގަތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ބުނެ، 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ބާތިލްކުރި އެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއުކުރަން ދައުލަތުން އެދުމުން 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ކޯޓުގެ ކުރީގެ ނިންމުން ބާތިލްކުރި އެވެ. އަދި ހައިކޯޓުގެ ހުކުމް އަލުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީބާޖާއަށް އޮންނާނެ ކަމަށް ކަނޑައެޅި އެވެ.
އެހެންވެ، ދީބާޖާއިން އަނެއްކާވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރު އެވެ. އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފަހުކޮޅު ނިންމާލާފައި ވާއިރު، އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަލީ ރަޝީދެވެ.
ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް، 174 މިލިއަން ރުފިޔާގެ ބަދަލެއް ދޭން 2019 ވަނަ އަހަރު ސަރުކާރުން ފުރަތަމަ އެއްބަސްވި އެވެ. އެކަމަކު ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ސަރުކާރުން ފަހުން ނިންމީ ސުޕްރީމް ކޯޓަށް އަނެއްކާވެސް ދިއުމަށެވެ.
ދީބާޖާ އެއްބަސްވުން ބާތިލްކުރުން ގޯސް، ބަދަލު ހައްގު
ދީބާޖާއަށް ދޭންޖެހޭ ބަދަލެއް ނޯންނާނެ: ދައުލަތް
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
ދީބާޖާގެ މައްސަލަ: ދައުލަތުން އުޅެނީ ކަންކަން ފޮރުވަން
ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން އަނެއްކާވެސް ފަށަނީ
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
ދީބާޖާ އަށް ބަދަލު ދޭ ހުކުމް ބާތިލްކޮށްފި
ދީބާޖާގެ ބަދަލާ ބެހޭ އެއްބަސްވުމެއް ނޯންނާނެ: ދައުލަތް
ދީބާޖާ މައްސަލަ ސުޕްރީމްކޯޓަށް ބަލައިގަތުމުގެ ހުއްދަދީފި