Roadha Mihaaru
އެމްއެންޕީގެ އާ އޮފީސް ފަށަން ހަތިމްކޮށްފި

އެމްއެންޕީގެ އާ އޮފީހުގައި މަސައްކަތް ފަށަން ގުރުއާން ހަތިމްކޮށްފި

07 އޮކްޓޯބަރ 2022

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އޮފީސް އާ އިމާރަތަކަށް ބަދަލުކުރުމަށް ފަހު، އެ އޮފީހުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެ ޕާޓީގެ އިސް މެމްބަރުންތަކެއް ހަތިމެއްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އޮފީސް އާ އިމާރަތަކަށް ބަދަލުކުރުމަށް ފަހު، އެ އޮފީހުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެ ޕާޓީގެ އިސް މެމްބަރުންތަކެއް ހަތިމެއްކޮށްފި އެވެ.

މިއަދު ހެނދުނު މިކަމުގައި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްގެ އިތުރުން އެ ޕާޓީގެ އެހެން ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްއެންޕީގެ އޮފީސް އާ އިމާރަތަކަށް ބަދަލުކުރުމަށް ފަހު، އެ އޮފީހުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެ ޕާޓީގެ އިސް މެމްބަރުންތަކެއް ހަތިމްކުރުމަށް ކިޔަވަނީ. -- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ އޮފީސް އާ އިމާރަތަކަށް ބަދަލުކުރުމަށް ފަހު، އެ އޮފީހުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެ ޕާޓީގެ އިސް މެމްބަރުންތަކެއް ހަތިމްކުރުމަށް ކިޔަވަނީ. -- ފޮޓޯ: އެމްއެންޕީ

ބައެއް މަސައްކަތްތައް ފެށުމަށާއި އިމާރާތްތައް ހުޅުވުމަށާއި އަދި ގޯތިގެދޮރުގައި ދިރިއުޅެން ފެށުމުގެ ގޮތުން، ގުރުއާން ހަތިމުކުރުމަކީ ރާއްޖޭގައި ކުރިން ކޮށްއުޅުނު ކަމެކެވެ. އެކަމަކު މިހާރު އެކަން ކުރާތަން ވަރަށް ނުފެނެ އެވެ.

މިދިޔަ އަހަރު އުފެއްދި އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް މިދިޔަ މަހު ބޭއްވި އެވެ. އެ ކޮންގްރެސްގައި ޕާޓީގެ ބައެއް އަސާސީ ގަވާއިދަށް އިސްލާހު ގެނެސް، ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި އެ ޕާޓީގެ ސިޔާސަތުތައް ވެސް ފާސްކުރި އެވެ.