ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅު ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ބަލައި ނުގަންނަ ކަމަށާއި އެއީ ވަކި ބޭފުޅަކު ފައިދާ ހޯދުމަށް ގެންދާ ބޮޑު ޖަރީމާއެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.
19 ޑިސެމްބަރ 2021
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅު ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ބަލައި ނުގަންނަ ކަމަށާއި އެއީ ވަކި ބޭފުޅަކު ފައިދާ ހޯދުމަށް ގެންދާ ބޮޑު ޖަރީމާއެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.
އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެމްއެންޕީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ތިބުމަށް ދިވެހިން ބޭނުން ނުވާތީ އެމްއެންޕީ ވެސް ތިބޭނީ އެ ގޮތުގައި ކަމަށެވެ.
ނަމަވެސް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެއީ ގައުމީ ކެމްޕެއިނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ގައުމީ ކެމްޕެއިނެއް ނޫން. އެމްއެންޕީ ގަބޫލެއް ނުކުރަން އިންޑިއާ އައުޓު ކެމްޕެއިނަކީ ގައުމީ ކެމްޕެއިން ކަމަށް. އެމްއެންޕީން އިލްތިމާސްކުރަން ރައްޔިތުން މީގައި ބައިވެރި ނުވާން،" ޔާމީންގެ ވެރިކަމުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
"އެ ގޮތަށް ގައުމަކާ ދޭތެރޭގައި ކަންކަން ކުރެވިގެން ނުވާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު، ގައުމެއްގެ ނަން ޖަހައިގެން ނުކުމެ އެ ގޮތަށް ހުންނެވުމަކީ ގަބޫލު ކުރެވިދާނެ ކަމެއް ކަމަށް. "ބޭރުގެ އެކިއެކި ޓޫރިސްޓުން އެ ހެދުން އަޅުވައިގެން ނުކުމެ އެ ހިންގާ ހިންގުމަކީ ހަގީގަތުގައި މި ގައުމަށް ދެވޭ ވަރަށް ބޮޑު ދެރައެއް، ނިކަމެތިކަމެއް. ވަރަށް ބޮޑު ޖަރީމާއެއް."
އެމްއެންޕީގެ ލީޑަޝިޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ނައިބު ރައީސް ރިޔާޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނާޒިމް އެ ވިދާޅުވަނީ، "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ތުރުކުރައްވައިގެން އިންޑިއާއާ ދެކޮޅު ކެމްޕެއިންގެ ހަރަކާތްތަކުގައި ޔާމީން ބައިވެރިވެވަޑައިގަންނަވާ މައްސަލައިގެ ވާހަކަ އެވެ. އިންޑިއާގެ ސިފައިން ރާއްޖެ އިން ފައިބައިގެން ދިއުމަށް ގޮވާލައި މިދިޔަ ހަފުތާ ބަންދުގައި ޕީޕީއެމް/ޕީއެންސީން ކ. ތުލުސްދު އާއި ކ. ގުރައިދު އަށް ކުރި ދަތުރުގައި "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ބައެއް ޓޫރިސްޓުން ލައިގެން ތިބި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ފޮޓޯތައް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ޕްރޮމޯޓް ވެސް ކުރި އެވެ.
މިއަދުގެ ނިއުސް ބްރީފިންގައި ނާޒިމް ވިދާޅުވިގޮތުގައި "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކުން އުޅެން ޖެހޭނީ އެހެން ގައުމުތަކާ ގުޅިގެން ކަމަށާއި އެހެންވެ، އަމިއްލަ ފަރުދުންގެ ކަންކަން އިސްކުރުމުގެ ފުރުސަތު ދިވެހިން ދީގެން ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެމްއެންޕީގެ ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިންޑިއާ އަދި ޗައިނާއަކީ ވެސް ރާއްޖެ އަށް މުހިއްމު ދެ ގައުމު ކަމަށެވެ. ވަކި ގައުމަކަށް ބަރޯސާވަނީ ރައީސަކަށް ހުންނެވި ބޭފުޅާގެ ބަލިކަށިކަމުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ގައުމަކާ ވެސް ގާތް ގުޅުން ބާއްވައިގެން ރަނގަޅުވާނެ. ގައުމުތަކާ ދިމާކޮށްގެން ރަނގަޅެއް ނުވާނެ،" ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.
އެމްއެންޕީގެ ލީޑަޝިޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ރައީސް ނާޒިމް (މ) އަދި ނައިބު ރައީސް ރިޔާޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވީ އިންޑިއާ އައި ޗައިނާއަކީ ވެސް ރާއްޖެ އަށް މުހިއްމު ދެ ގައުމު ކަމަށެވެ. އެ ގައުމުތަކާ ބެހިގެން، މަގުމައްޗަށް ނުކުތުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ރިޔާޒް ވިާޅުވި އެވެ.
ޕީޕީއެމް ވެރިކަމުގައި ޗައިނާއާ ގާތްގުޅުމެއް ބާއްވައި އަދި އެމްޑީޕީގެ ވެރިކަމުގައި އިންޑިއާ ކޮޅަށް ބުރަވެގެން ހާރިޖީ ކަންކަން ކުރިއަކަށް ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހާރިޖީ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަން ފާހަގަކުރައްވައި، ރިޔާޒް ވިދާޅުވީ، ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލައާ ގުޅިގެން 1989 ގައި ރާއްޖޭގައި ހަތިޔާރު އެޅި ބޭރު ސިފައިން ތިއްބެވެ. ނަމަވެސް އެ މީހުން ގައުމު ދޫކޮށް ދިޔަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އެމްއެންޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ނައިބު ރައީސް އަހުމަދު އުޝާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"[އިންޑިއާ ސިފައިން] ފޮނުވޭނެ، ދާނެ. އެއީ އެ ވަގުތަކު އޮންނަ ސަރުކާރަކުން ބޭނުންވާ މިންވަރަކަށް އެ ސަރުކާރަކުން ދޭންޖެހޭ އެހީތެރިކަމެއް،" އޭނާ ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވެސް ވިދާޅުވީ، އިންޑިއާ ސިފައިން ބޭރުކުރުމަށް ޔާމީން ގޮވާލައްވަމުން ގެންދަވަނީ ހެޔޮ ނިޔަތުގައި ނޫން ކަމަށެވެ. އެކަން ކުރަން ބޭނުންވިނަމަ، އެ މަނިކުފާނުގެ ވެރިކަމުގައި އެކަން ކުރެވުނީސް ކަމަށް އުޝާމް ވިދާޅުވި އެވެ.
"އިދިކޮޅު ބޭފުޅުން ހައްޔަރުކޮށްގެން ވެރިކަން ކުރިއިރު، ހެޔޮ ނިޔަތުގައި އެކަން ކުރަން ބޭނުންވި ނަމަ ސިފައިން ފޮނުވާލެވުނީސް..އެއީ އަމިއްލަ ކަންތައްތަކާ ގުޅިގެން އެކަން ފޮރުވާލުމަށް ކުރާ ކަމެއް،" ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި އެވެ.
ބޭރުގެ ސިފައިން ތިބި ކަމުގެ ގާނޫނީ ހަމައެއް ނެތް:ޖޭޕީ
އިންޑިއާ ސިފައިން ބޭލުމުގެ ދެވަނަ މަޝްވަރާ އިންޑިއާގައި
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
އިންޑިއާއާ ދެކޮޅު ހަރަކާތަކީ ނޭއްގާނީ ކަމެއް: އަދާލަތު
އިންޑިއާ ފަސްޓުން އިންޑިއާ އައުޓަށް: މިވީ ކިހިނެއް؟
އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން: ޔާމީން
"އިންޑިއާ އައުޓް" ވަރުގަދަ ކުރަން ޔާމީންގެ އިރުޝާދު!
ރައީސް ޔާމީންގެ މަންދޫބެއް އިންޑިއާއަށް
އެމެރިކާ-އިންޑިއާ އެއްކޮޅުގައި، އަނެއް ކޮޅުގައި ޗައިނާ
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އިންޑިއާއަށް