Roadha Mihaaru
ފުޓްސަލް ދަނޑު އަޅަން ހަވާލުކުރުން ކޯޓުން ހުއްޓުވައިފި

މާލޭގައި ދެ ފުޓްސަލް ދަނޑު އަޅަން ހަވާލުކުރުން ކޯޓުން ހުއްޓުވައިފި

06 އޮކްޓޯބަރ 2022

މާލޭގެ ދެ ތަނެއްގައި ފުޓްސަލް ދަނޑު އަޅަން ކުރިން ހެދި އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން ކުރާ މަަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ދެ ތަނެއްގައި ފުޓްސަލް ދަނޑު އަޅަން ކުރިން ހެދި އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން ކުރާ މަަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ތައިސޭ ކޮށްޓާއި ސިނަމާލެ ފްލެޓްތަކާ އިންވެގެން އޮތް ހުސްބިމުގައި ފުޓްސަލް ދަނޑެއް އަޅަން ސިޓީ ކައުންސިލުން މިދިޔަ މަހުގެ ފަހުކޮޅު އިއުލާން ކޮށްފައި ވަނިކޮށް އެ މަސައްކަތް މަޑުޖައްސާލަން ކޯޓުން އިއްޔެ އެންގީ އެ މަޝްރޫއު ކުރިން ހަވާލު ކޮށްފައި އޮތް ކޯލައިން މޯލްޑިވްސް ކުންފުނިން ދައުވާ ކުރުމުންނެވެ.

އެ މަސައްކަތަށް އެހެން ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކުރީ ކޯލައިންއާ އެކު މިދިޔަ އަހަރުގެ ފަހުކޮޅު ހަދާފައި އޮތް އެއްބަސްވުން އެ ކައުންސިލުން މިދިޔަ މަހު ބާތިލްކުރުމަށްފަހު އެވެ.

އެ މައްސަލަ ކޯލައިންއިން ކޯޓަށް ހުށަހެޅުމަށްފަހު، ކައުންސިލްގެ ނިންމުން އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.

ގާޒީ ހާފިޒާ އަބްދުއްސައްތާރު އިއްޔެ ނެރުއްވި އަމުރުގައިވަނީ ދަނޑު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން އެއްވެސް ކަމެއް ނުކުރުމަށާއި އަދި ކޯލައިންއާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވާފަދަ ކަމެއް ނުކުރުމަށް ސިޓީ ކައުންސިލަށް އަންގާ ކަމަށެވެ.