05 އޮކްޓޯބަރ 2022
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ ގައި ރޭ އިޓަލީގެ ނަޕޯލީން ނެދަލެންޑްސްގެ އަޔަކްސް އަތުން 6-1 ގެ ބޮޑު މޮޅެއް ހޯދިއިރު އެ ގްރޫޕުގައި ހިމެނޭ އިންގްލެންޑުގެ ލިވަޕޫލުން، ސްކޮޓްލެންޑުގެ ރޭންޖާސް އަތުން 2-0 އިން މޮޅުވެ ހަމަޖެހުމެއް ހޯދައިފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ ގައި ރޭ އިޓަލީގެ ނަޕޯލީން ނެދަލެންޑްސްގެ އަޔަކްސް އަތުން 6-1 ގެ ބޮޑު މޮޅެއް ހޯދިއިރު އެ ގްރޫޕުގައި ހިމެނޭ އިންގްލެންޑުގެ ލިވަޕޫލުން، ސްކޮޓްލެންޑުގެ ރޭންޖާސް އަތުން 2-0 އިން މޮޅުވެ ހަމަޖެހުމެއް ހޯދައިފި އެވެ.
މި ނަތީޖާތަކާ އެކު މި ގްރޫޕުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. ލިވަޕޫލް އޮތީ ހަ ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އަޔަކްސް ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ރޭންޖާސް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
ނަޕޯލީން ވަނީ ރޭ އަޔަކްސްގެ ދަނޑުގައި ކުޅުނު މެޗުގައި މި ސީޒަނުގައި އެ ޓީމުން ދައްކަމުން އަންނަ މޮޅު ކުޅުން ތަކުރާރުކޮށްފަ އެވެ. މުހިއްމު ބައެއް ކުޅުންތެރިން ޓީމު ދޫކޮށް ދިޔަ ނަމަވެސް ޒުވާން އާ ކުޅުންތެރިންތަކެއް ގެނެސް ޓީމު ވަރުގަދަކުރި ނަޕޯލީ އޮތީ މިވަގުތު އިޓާލިއަން ލީގުގެ ވެސް އެއް ވަނައިގަ އެވެ.
ޗެމްޕިއަންސް ލީގުގައި މީގެ ކުރިން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ. ފުރަތަމަ މެޗުން ލިވަޕޫލް އަތުން 4-1 އިން މޮޅުވިއިރު ދެ ވަނަ މެޗުން ރޭންޖާސް އަތުން މޮޅުވީ 3-0 އިންނެވެ.
ރޭގެ މެޗުން ނަޕޯލީ މޮޅުވީ މެޗުގެ ކުރީކޮޅު އަޔަކްސްގެ މުހައްމަދު ކުޑޫސް އެ ޓީމަށް ލީޑު ހޯދައިދީފައިވަނިކޮށް ފަހަތުން އަރަ އެވެ. މި މެޗުގައި ނަޕޯލީގެ އިޓަލީ ފޯވާޑް ޖިއަކޯމޯ ރަސްޕަޑޯރީ ދެ ލަނޑު ޖެހި އެވެ. އަނެއް ހަތަރު ލަނޑު ޖެހީ ޖިއޮވާނީ ޑި ލޮރެންޒޯ، ޕިއޮޓްރޭ ޒިއެލިންސްކީ، ޚުވިޗާ ކުވަރަސްހޭލިއާ އަދި ޖިއޮވާނީ ސިމިއޯނީ އެވެ.
ރޭ އަމިއްލަ ދަނޑުގައި ރޭންޖާސް އަތުން ލިވަޕޫލަށް ލިބުނު މޮޅަކީ، ޕްރިމިއާ ލީގުގައި ނަތީޖާ ދަށްވެ ކޯޗު ޔާގެން ކްލޮޕަށް ޕްރެޝަރު ބޮޑުވެފައިވަނިކޮށް ހަމަޖެހުމުގެ ނޭވާއެއްލާން ލިބުނު ފުރުސަތެކެވެ.
މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލް ހަތް ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް އެވެ. ދެ ވަނަ ގޯލް 53 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ މުހައްމަދު ސަލާހެވެ.
"މިއީ އަހަރެމެން ބޭނުންވި ނަތީޖާ. ވަރަށް މޮޅު، ވަރުގަދަ ކުޅުމެއް ޓީމުން ދެއްކީ،" ކްލޮޕް ބުންޏެވެ.
މޮޅުވީ ލިވަޕޫލް، އެއް ވަނަ ނަޕޯލީ އަށް
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
ނަޕޯލީން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި
ލިވަޕޫލް ބަލިވުމުގެ ފައިދާ ނަޕޯލީން ނަގައިފި
ނަޕޯލީން ފަހު ވަގުތު ލިވަޕޫލް ބަލިކޮށްފި
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި
މެސީ ނެތި ތިން އަހަރަށްފަހު ބާސާއަށް ކުއާޓާގެ ޖާގައެއް
އާޖެންޓީނާގެ ޒުވާން ނިކޯ ރެއާލުގައި ވިދާލައިފި