30 ސެޕްޓެމްބަރ 2022
މުނާސަބަތުތައް ފާހަގަަކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމުކުރުމުގައި ކުރާ ހޭދަތައް މަދުކޮށް އިގްތިސާދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.
މުނާސަބަތުތައް ފާހަގަަކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމުކުރުމުގައި ކުރާ ހޭދަތައް މަދުކޮށް އިގްތިސާދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އަދި މި ގޮތަށް ކުރާ ހޭދަތަކަށް ބޭނުންވާ ފައިސާ ސްކޫލްތަކުގެ ޕީޓީއޭ މެދުވެރިކޮށާއި އެކި ފަރާތްތަކުން ހިލޭ އެހީ އާއި ސްޕޮންސަރުގެ ގޮތުގައި ހޯދާކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެފައިވެ އެވެ.
އެފަދަ ކަންކަމަށް ހޭދަކުރުމަށް ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ހޯދުމާއި ބެެލެނިވެރިން ލައްވައި ބޮޑެތި ހޭދަތައް ކުރުވުމަކީ މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫންކަމަށާއި އެ ކަންކަން އެ ގޮތަށް ކުރުމުގެ ސަބަބުން މިނިސްޓްރީއަށް ޝަކުވާ ލިބެމުންދާ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.
"ސްކޫލްތަކުން ރާވާ ހިންގޭ ކޮންމެ ހަރަކާތަކީ އެ ކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތަަކަށް ހެދުމާއި ބެލެނިވެރިން ދަރިވަރުންނަށް ޓަކައި ކުރާ ކޮންމެ ހޭދައަކީ އެ ކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މި މިނިސްޓްރީން އަބަދުވެސް ބާރު އަޅަމެވެ."
"ސްކޫލްތަކުން ރާވާ ހިންގޭ ކޮންމެ ހަރަކާތަކީ އެ ކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތަަކަށް ހެދުމާއި ބެލެނިވެރިން ދަރިވަރުންނަށް ޓަކައި ކުރާ ކޮންމެ ހޭދައަކީ އެ ކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މި މިނިސްޓްރީން އަބަދުވެސް ބާރު އަޅަމެވެ." މިނިސްޓަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެ އެވެ.
މީގެ އިތުރުން، ހޭދަތައް ކުރުމުގައި އިގްތިސާދުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ބާރުއަޅައި ހިތްވަރު ދޭން ޖެހޭ ކަމަށާއި މުޅި ދުނިޔެ އިގްތިސާދީ ބަނަ ވިލާގަނޑެއްގެ ތެރޭގައި އޮތް މިފަދަ ދުވަސްވަރެއްގައި ހަރަދު ކުޑަ ކުރުމާއި އިސްރާފުކުރުން މަދުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދީ ހިތްވަރު ދިނުމުގައި ތައުލީމީ ނިޒާމުގެ ތެރެއިން ނަމޫނާ ދެއްކިދާނެ ކަމަށް އެ ސިޓީގައި ވެ އެވެ. އެހެންކަމުން ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާތައް ބަދަލުކުރުމާއި އެކިއެކި ހަފްލާތައް ބޭއްވުމަށް ބޮޑެތި ހޭދަތައް ނުކުރުމަކީ މިނިސްޓްރީގެ އިލްތިމާސެއް ކަމަށް ވިދާޅުވެފައި ވެ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ މި ގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން އެއް ކްލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައި އަޅާކިޔުމާއި ދޭދޭ ސްކޫލްތަކުން ކުރާ މިފަދަ ކަންކަމުގެ ސަބަބުން ސްކޫލްތައް އަޅާކިޔުމަށް މަގުފަހިވާ ކަމަށެވެ. އަދި ސްކޫލް ތެރޭގައި ދަރިވަރުން ދަރަޖަކުރެވި ލޭބަލް ކުރުމަށް މަގުފަހިވުމާއި މުޖުތަމައު ތެރޭގައި ތައުލީމީ ނިޒާމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަގުފަހިވާ ކަަމަށް ވިދާޅުވެފައި ވެ އެވެ.
އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން މާލޭގެ ގިނަ ސްކޫލްތަކެއްގައި ކުލަގަދަ ހަރަކާތްތައް މިހާރު ބާއްވަ އެވެ. އަދި އެއް ސްކޫލް އަނެއް ސްކޫލާ ވާދަވެރިކަން މިފަދަ ހަރަކާތްތަކުން ބައެއް ފަހަރަށް ފެނެ އެވެ.
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވޭނީ އަންނަ މަހުގެ 14 ގައި
ނިއު ނޯމަލްގައި ކިޔަވައިދިނުން: އެންމެ ބޮޑު ގޮންޖެހުން
ހަތަރު ދަންފަޅިއަށް ކިޔަވައިދޭން ޖެހިދާނެ: މިނިސްޓަރު
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަ: މިނިސްޓަރު