30 ސެޕްޓެމްބަރ 2022
ގައުމީ އެއާލައިން، މޯލްޑިވިއަން އިން މި އަހަރު އަލަށް ގަނެފައިވާ ތިން ބޯޓު އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން އިން މި އަހަރު އަލަށް ގަނެފައިވާ ތިން ބޯޓު އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގައުމީ އެއާލައިންގެ ފްލީޓަށް އިތުރުކުރާ އާ ބޯޓުތައް އެ މުއްދަތުގައި ރާއްޖެ ގެނެވޭނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ.
މޯލްޑިވިއަންގެ އާ ބޯޓުތައް އުފައްދަނީ ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނިންނެވެ.
މޯލްޑިވިއަންގެ އޭޓީއާރު-72 މަރުކާގެ ބޯޓެއް ފްރާންސްގެ ޓުލޫސް-ބްލެންޔެކް އެއާޕޯޓުން ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯ އާންމުކުރީ "ޔޫރޯސްޕޮޓް" ކިޔާ ޕޭޖަކުންނެވެ.
އަލަށް ގެންނަ ބޯޓުތަކުގެ ތެރޭގައި ހިމެނެނީ އޭޓީއާރު 72 ސީރީޒްގެ ދެ އެއާކްރާފްޓާއި އޭޓީއާރު-42 ސީރީޒްގެ ބޯޓެކެވެ. އެ ބޯޓުތައް ގަތުމަށް ޖުމުލަ 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
އޭޓީއާރު 72 މަރުކާރުގެ ބޯޓުތަކުން 74 މީހުންނަށް ދަތުރުކުރެވޭއިރު އޭޓީއާރު 42 މަރުކާރުގެ ބޯޓުތަކުގެ ޖާގައަކީ 50 އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެފައިވާ ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު ވެސް މޯލްޑިވިއަން އަށް އޭޓީއާރުގެ އިތުރު ތިން ބޯޓު ހޯދާނެ އެވެ. އެތެރޭގެ އުދުހުންތަކުގައި އެ އެއާލައިނުން ބޭނުންކުރާ ހުރިހާ ބޯޓެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯނު ނަގައިގެން ވިޔަސް ބޯޓުތައް ބަދަލުކުރުން ލަސްވެއްޖެ، ދެން އޮތީ އެ މަރުހަލާ! https://t.co/EAg9x6HpHc
— Mihaaru (@Mihaarunews) September 19, 2022
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ
ފުރަތަމަ ޕައިލެޓްގެ އިންޖީނަކީ ހިތްވަރާއި އަހުލާގު
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
ނައުފަލް: ބޮއިންގެ ބޮޑެތި ބޯޓުތަކުގެ އިންޖީނިއަރު!
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި
ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލައެއް ބަލަނީ
މާފަރު އެެއާޕޯޓަށް ދަތުރުތައް ފަށައިފި
މޯލްޑިވިއަން އަށް އޭ 330 ގެ ދެ ބޯޓު ގެންނަނީ
"ޕީޕީއެމްގެ އޮފީހުގައި މޯލްޑިވިއަންގެ ޑެސްކެއް ހިންގި"
ބޯޓަށް ދިމާވި މައްސަލައާ ގުޅިގެން މޯލްޑިވިއަން މައާފަށް އެދެފި