08 ޖެނުއަރީ 2017
ކޮލަމްބޯ (ޖެނުއަރީ 8) - ލަންކާގައި ޗައިނާ އިން ބަނދަރެއް ހަދާ އިންޓަސްޓްރިއަލް ޒޯނެއް ހެދުމާ ދެކޮޅަށް ކުރި މުޒާހަރާތަކެއްގައި ވަރަށް ގިނަ މީހުންނަށް އަނިޔާ ލިބިއްޖެ އެވެ.
ކޮލަމްބޯ (ޖެނުއަރީ 8) - ލަންކާގައި ޗައިނާ އިން ބަނދަރެއް ހަދާ އިންޓަސްޓްރިއަލް ޒޯނެއް ހެދުމާ ދެކޮޅަށް ކުރި މުޒާހަރާތަކެއްގައި ވަރަށް ގިނަ މީހުންނަށް އަނިޔާ ލިބިއްޖެ އެވެ.
މުޒާހަރާކޮށްފައި ވަނީ ވެރިރަށް ކޮލަމްބޯގެ އިރު ދެކުނުން 150 މޭލު ދުރުގައި އޮންނަ ހަމްބަންޓޯޓާ ބަނދަރު ސަރަހައްދުގެ އަވަށްތަކުގެ މީހުން އެ ހިސާބުން ނެރެލެފާނެ ކަމަށެވެ. އަވަށްތަކުގެ މީހުން ބުނީ އެ ސަރަހައްދު މިހާރު ޗައިނާގެ ކޮލޮނީއަކަށް ވެއްޖެ ކަމަށެވެ.
ލަންކާ ސަރުކާރުން މިހާރު ނިންމާފައި ވަނީ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ކުންފުންޏަކަށް 99 އަހަރަށް ދިނުމަށެވެ. އަދި އެ ސަރަހައްދުގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމްކޮށް ޗައިނާގެ ކުންފުނިތަކުން ފެކްޓަރީ ގާއިމްކުރަން ދައުވަތު ދޭން ވަނީ ނިންމައިފަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ ސަރަހައްދު ތަރައްގީ ކުރާއިރު އެ ތަނުން ބަދަލު ކުރާ މީހުންނަށް އަލުން ބިން ދޭނެ ކަމަށެވެ.
ހަމްބަންޓޯޓާ ބަނދަރުގެ މައްސަލާގައި ހަމަނުޖެހުންތައް ބޮޑުވުމުން ވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ބައިވެރިވެވަޑައިގަންނަވަން އޮތް ރަސްމިއްޔާތެއް ވެސް ފަސްކޮށްފަ އެވެ. ހަމަނުޖެހުން ހިންގި މީހުން ދުރުކުރަން ފުލުހުން ވަނީ ކަރުނަ ގޭސް ވެސް ބޭނުންކޮށްފަ އެވެ.
ހަމްބަންޓޯޓާ ބަނދަރުގެ އިތުރުން ޗައިނާ އިން ދަނީ ލަންކާގައި އިންފްރާސްޓްރަކްޗާ ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ. ލަންކާ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން އެ ގައުމުގެ ތަރައްގީ އަށް ޗައިނާ އިން ވަނީ މިލިއަން ޑޮލަރުން އިންވެސްޓްކޮށްފަ އެވެ.
ލަންކާގައި ކަނޑު ހިއްކައިގެން ޕޯޓް ސިޓީއެއް ގާއިމް ކުރުމަށް ވެސް ޗައިނާއާ ވަނީ ހަވާލުކޮށްފަ އެވެ.
އިންވެސްޓްކުރަން އާދޭ! ނޫނީ ފުރުސަތު އޮތީ ޗައިނާއަށް
ލަންކާގެ އިންޑަސްޓްރިއަލް ޒޯނަށް 5 ބިލިއަން ޑޮލަރު
ޗައިނާ އިން ލަންކާއަށް ކުރި އިންވެސްޓްގެ ބަދަލު ހޯދަނީ
ސްކޭމް ހިންގާ 230 މީހަކު ލަންކާއިން ހައްޔަރުކޮށްފި
ލަންކާއަށް އެހީވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފި
ޗައިނާއިން ލަންކާގެ ކަނޑާއި ވައިގެ ބަނދަރު ހަދައިދެނީ
ވެރިކަން ވައްޓާލީ ޗައިނާއާ ހެދި: ގޮޓާބަޔަ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ޗައިނާގެ ރިސާޗް ވެސަލްތަކަށް ލަންކާ 1 އަހަރަށް ބަންދު
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ