01 ފެބުރުއަރީ 2017
ކޮލަމްބޯ (ފެބްރުއަރީ 1) - ހަމްބަންޓޯޓާގައި ގާއިމްކުރާ އިންޑަސްޓްރިއަލް ޒޯން (އެޗްއައިއެޒް) އަށް ފަސް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.
ކޮލަމްބޯ (ފެބްރުއަރީ 1) - ހަމްބަންޓޯޓާގައި ގާއިމްކުރާ އިންޑަސްޓްރިއަލް ޒޯން (އެޗްއައިއެޒް) އަށް ފަސް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.
ހަމްބަންޓޯޓާ ޕޯޓް ސަރަހައްދުގައި ގާއިމްކުރާ އިންޑަސްޓްރިއަލް ޒޯނުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ 10،000 ވަޒީފާ އުފެއްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އިންޑަސްޓްރިއަލް ޒޯނުގައި އިންވެސްޓްކުރަން ޝައުގުވެރި ވަނީ ހަމައެކަނި ޗައިނާ ނޫން ކަމަށާއި ޖަޕާން، ދެކުނު ކޮރެއާ، އިންޑިއާ، މެލޭޝިއާ އަދި ޔޫރަޕުގެ ގައުމުތަކުން ވެސް އިންވެސްޓް ކުރަން ޝައުގުވެރިވާ ކަމަށް މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ލަންކާ އަކީ އިންވެސްޓްމަންޓް ޕްލެޓްފޯމަކަށް ހަދަން،" ކަރުނަނަޔަކަ ވިދާޅުވި އެވެ.
ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ ކުންފުންޏަކަށް ދިނުމަށް މިދިޔަ މަހު 8 ވަނަ ދުވަހު ވަނީ މަލްޓި-ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކަރުނަނަޔަކަ ވިދާޅުވީ ލަންކާ އަށް ބޭރުގެ އިންވެސްޓްމަންޓް ހޯދުމަށް އެންމެ ބޮޑަށް ދަތިވެފައި ވަނީ ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ ސަބަބުން ކަމަށެވެ. އަދި ގިނަ ޕްރޮޖެކްޓްތައް ޗައިނާގެ ކުންފުނިތަކަށް ދީގެން ކުރީ ސަރުކާރުގެ އޮފިޝަލުން ނާޖާއިޒް ފައިދާ ނަގާފައިވާ ކަމަށް ވެސް މާލީ ވަޒީރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ދިވެހި ކުންފުންޏަކުން ލަންކާގައި ބޮޑު އިންވެސްޓްމަންޓެއް
ޗައިނާގެ އިންވެސްޓްމަންޓާ ދެކޮޅަށް ލަންކާގައި މުޒާހަރާ
ޗައިނާ އިން ލަންކާއަށް ކުރި އިންވެސްޓްގެ ބަދަލު ހޯދަނީ
ޗައިނާއިން ލަންކާގެ ކަނޑާއި ވައިގެ ބަނދަރު ހަދައިދެނީ
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ދަރަނީގެ ލުއިތަކަކަށް ލަންކާއިން ޗައިނާގައި އެދިއްޖެ
ހަމްބަންޓޯޓާ ބަނދަރުގެ ކޮންޓްރޯލް ޗައިނާއަކަށް ނުދެން
އިންވެސްޓްކުރަން އާދޭ! ނޫނީ ފުރުސަތު އޮތީ ޗައިނާއަށް
ޔޫއެންޕީގައި އެތެރޭގެ ކޯޅުމެއް ނެތް: ރަވީ
ހަމްބަންޓޯޓާގައި ޗައިނާގެ މަރުކަޒު ހަދާ ވާހަކަދޮގުކޮށްފި