27 ޑިސެމްބަރ 2019
ކޮލަމްބޯ (ޑިސެމްބަރު 27) - ހަމްބަންޓޯޓާ ބަނދަރުގެ ފުރިހަމަ ކޮންޓްރޯލް ޗައިނާ އަށް ދޫކޮށްލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސްރީ ލަންކާ އިން ދޮގުކޮށްފި އެވެ.
ކޮލަމްބޯ (ޑިސެމްބަރު 27) - ހަމްބަންޓޯޓާ ބަނދަރުގެ ފުރިހަމަ ކޮންޓްރޯލް ޗައިނާ އަށް ދޫކޮށްލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސްރީ ލަންކާ އިން ދޮގުކޮށްފި އެވެ.
ހަމްބަންޓޯޓާ ބަނދަރު އޮޕަރޭޓް ކުރާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓްސް ގްރޫޕް (އެޗްއައިޕީޖީ) ގެ ސަބްސިޑަރީއެއް ކަމަށްވާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ސާވިސަސް (އެޗްއައިޕީއެސް) ގެ ސީއީއޯ ރަވިންދްރާ ޖަޔަވިކްރަމާ ވިދާޅުވީ ބަނދަރު ހިންގަނީ ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
"ހަމްބަންޓޯޓާ ބަނދަރަށް ވަންނަ ހުރިހާ ބޯޓެއް ޖެހޭނެ ކޮލަމްބޯގެ ހާބަމާސްޓާ އިން ހުއްދަ ހޯދަން. ހަމްބަންޓޯޓާ ބަނދަރަށް ވަދެ ނުކުމެވާ ހުރިހާ ބޯޓެއް ގައިޑްކުރާ ޕައިލެޓުންނަކީ ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީގެ ސީދާ މުވައްޒަފުން،" ޗައިނާގެ ޒިންހުއާ އަށް ދެއްވި އިންޓަވިއުއެއްގައި ޖަޔަވިކްރަމާ ވިދާޅުވި އެވެ.
ޗައިނާ މާޗަންޓްސް ޕޯޓް ހޯލްޑިން އާއި ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއާ އެކު ހަދާފައިވާ ޗޮއިންޓް ވެންޗާއެއް ކަމަށްވާ އެޗްއައިޕީޖީ އަށް ހަމްބަންޓޯޓާ ބަނދަރު 2017 ވަނަ އަހަރު ވަނީ 99 އަހަރަށް ދީފަ އެވެ. ބަނދަރު ޗައިނާ އަށް ދީފައި ވަނީ 1.1 ބިލިއަން ޑޮލަރަށެވެ.
ހަމްބަންޓޯޓާ ބަނދަރު ދޭން ޖެހުނީ ޗައިނާ އިން ނަގާފައިވާ ލޯނުތަކަށް ލަންކާ އިން ފައިސާ ދައްކަން ދަތިވުމުންނެވެ.
ޗައިނާއިން ލަންކާގެ ކަނޑާއި ވައިގެ ބަނދަރު ހަދައިދެނީ
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ދަރަނީގެ ލުއިތަކަކަށް ލަންކާއިން ޗައިނާގައި އެދިއްޖެ
ދިވެހި ކުންފުންޏަކުން ލަންކާގައި ބޮޑު އިންވެސްޓްމަންޓެއް
ހަމްބަންޓޯޓާގައި ޗައިނާގެ މަރުކަޒު ހަދާ ވާހަކަދޮގުކޮށްފި
ބަނދަރު ހަވާލު ކުރަން ޗައިނާ އިން ޕްރެޝަރެއް ނުކުރޭ
ހަމްބަންޓޯޓާ ބަނދަރު އަސްކަރީ ކަމަކަށް ބޭނުމެއް ނުކުރާނެ
ހަމްބަންޓޯޓާ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި
ޓްރިންކޮމަލީގައި ވެސް ލަންކާ އިން ބަނދަރެއް ހަދަނީ
ލަންކާގެ އިންޑަސްޓްރިއަލް ޒޯނަށް 5 ބިލިއަން ޑޮލަރު